ގައުމީ ދުވަހާ ގުޅުވައިގެން އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ނިޕޯން ކުލައިގެ ޚާއްޞަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 31 އޮގަސްޓުން ފެށިގެން 5 ސެޕްޓެންބަރުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮމޯޝަނަކީ ހަމައެކަނި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމުން ލިބޭނެ ޚާއްޞަ ފުރުޞަތެއް ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. މި ޕްރޮމޯޝަންގެ ދަށުން، ހުރިހާ ނިޕޯން ޕެއިންޓްތަކުން 10 ޕަސެންޓުގެ ޚާއްޞަ ޑިސްކައުންޓެއް ލިބޭނެއެވެ.

Ad
rt

މީގެ އިތުރުން، ޕެއިންޓް އެކްސެސަރީޒްގެ ގޮތުގައި ހިމެނޭ ކުލަފިހި، ރޯލާ އަދި ބުރުސް ފަދަ އެހެނިހެން ކުލަލުމުގެ ސާމާނުން 15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެކަމަށްވެސް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.

އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް ހުންނަނީ ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގައެވެ. މި ފިހާރައިން ކޮންސްޓްރަކްޝަނާ ގުޅުންހުރި ހުރިހާ ބާވަތެއްގެ ސާމާނު ބައްލަވައިގަނެވެން ހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮމޯޝަނަކީ ގައުމީ ދުވަހާ ގުޅުވައިގެން އެސްޓީއޯއިން ކަސްޓަމަރުންނަށް ދޭ ޚާއްޞަ ފުރުޞަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިފަދަ ޕްރޮމޯޝަންތަކުން ކަސްޓަމަރުންނަށް އަގުހެޔޮކޮށް ބޭނުންވާ ތަކެތި ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ހުޅުވީ މި އަހަރުގެ އޭޕްރީލް މަހު އެވެ. ކުރިން އެސްޓީއޯ ހުޅުމާލެ ފިހާރަ ހުރި ތަނުގައި ހުޅުވިމި އައު ޝޯރޫމުން، މާލޭގައި ހުންނަ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމަށްވުރެ ފުޅާ ދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދެއެވެ.

މި ޝޯރޫމުން މައިގަނޑު ގޮތެއްގައި ވިއްކަނީ އެސްޓީއޯއިން އިމްޕޯޓްކުރާ، ފެންވަރު ރަނގަޅު މަކިޓާ ބްރޭންޑްގެ އުފެއްދުންތަކެވެ. މީގެ ތެރޭގައި އެކި ބާވަތުގެ ޑްރިލްތަކާއި، ސޭންޑަރުތަކާއި، ސާކިއުލާ ސޯތަކާއި، އަދި މި ސާމާނުތަކަށް ބޭނުންވާ އެހެނިހެން ސްޕެއަރ ޕާޓްސް ހިމެނެއެވެ. އެސްޓީއޯއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޝޯރޫމުން މަކިޓާ އުފެއްދުންތަކުގެ ފުރިހަމަ ރޭންޖް ލިބެން ހުންނާނެއެވެ.

މީގެ އިތުރުން، ނިޕޯން ޕެއިންޓްގެ އުފެއްދުންތައް ވެސް މި ޝޯރޫމުން ލިބެން ހުންނާނެއެވެ. އެކި ސައިޒުގެ ކުލަ ދަޅުތައް ގަންނަން ލިބޭއިރު، ކަސްޓަމަރުންނަށް ކުލަތައް ފަސޭހައިން ބެލޭނެ ގޮތަށް ކަލަރ ފޭނެއް ވެސް ބަހައްޓާފައި ހުރެއެވެ. އަދި ކަސްޓަމަރުން ބޭނުންވާ ވަކި ކުލައެއް އެ ޝޯރޫމުން ވަގުތުން ތައްޔާރުކޮށްދިނުމުގެ ޚިދުމަތް ވެސް ލިބެއެވެ.

މާލޭގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ނުލިބޭ އެހެނިހެން ބްރޭންޑްތަކުގެ އުފެއްދުންތައް އޯޑަރުކުރުމުގެ ފުރުސަތު ވެސް މި ޝޯރޫމުން ތަނަވަސްކޮށްދެއެވެ.