ރެހެންދި ސްކޫލުން ދިރާސީ އާ އަހަރު ފެށީ ފަތިސްނަމާދުގެ ބޮޑު ޖަމާއަތަކުން ނެވެ.

މިއަދު ފެށި ދިރާސީ އާ އަހަރުގެ ކިޔެވުން ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގެ ގޯތިތެރޭގައި ވަނީ ދަރިވަރުންނާއި މުދައްރިސުން ބޮޑު ޖަމާއަތެއްގައި ފަތިސްނަމާދު ކޮށްފައެވެ.

Ad
rt

އެ ސްކޫލުން ބުނެފައިވަނީ މިގޮތަށް ދިރާސީ އާ އަހަރު ފެށީ ފަތިސްނަމާދުން ދުވަސް ފެށުމަށް ކުދިންނަށް ބާރުއެޅުމުގެ ގޮތުންކަމަށެވެ.

މީގެ އިތުރުން މަޖީދިއްޔާ ސުކޫލުގައިވެސް މިއަދު ކިޔެވުން ފަށާފައިވަނީ ފަތިސް ނަމާދުންނެވެ.

ދިރާސީ އާ އަހަރު ފަށާއިރު، ރައްޖޭގެ ހުރިހާ ސްކޫލެއްގައި ދަނީ ކިޔެވުން ފެށުން ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. ބައެއް ސްކޫލްތަކުގެ އެސެމްބްލީތަކުގައި ސަރުކާރުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.