ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމުގެ މުނާސަބާ އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ހުރިހާ ދަރިވަރުންނާއި މުދައްރިސުންނާއި، ސްކޫލްތަކުގެ މުވައްޒަފުންނާއި އަދި ބެލެނިވެރިންނަށް އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ތަހުނިޔާ ފޮނުއްވަވައިފިއެވެ.
އައު ދިރާސިީ އަހަރަށް މަރުޙަބާ! މި ދިރާސިީ އަހަރަކީ ދަރިވަރުންނާއި މުދައްރިސުންނަށް، ބެލެނިވެރިންނާއި މުވައްޒަފުންނަށް ރަޙްމަތާއި ބަރަކާތުގެ އަހަރެއް ކަމުގައި ލައްވާށި! އާމީން.
އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ތަހުނިޔާ މެސެޖުގައި ބުނެފައިވެއެވެ.
އައު ދިރާސިީ އަހަރަށް މަރުޙަބާ! މި ދިރާސިީ އަހަރަކީ ދަރިވަރުންނާއި މުދައްރިސުންނަށް، ބެލެނިވެރިންނާއި މުވައްޒަފުންނަށް ރަޙްމަތާއި ބަރަކާތުގެ އަހަރެއް ކަމުގައި ލައްވާށި! އާމީން.
Greetings and best wishes for a successful, happy and creative new academic year.
— Aishath Ali (@aisthly) January 12, 2020
ދުވަހާ ގުޅުވައިގެން މިނިސްޓަރ ފޮނުއްވި ތަހުނިޔާގައި ވަނީ މި އަހަރުގެ ދިރާސީ އަހަރަކީ ކާމިޔާބު، އުފާވެރި އަދި އުފެއްދުންތެރި އަހަރެއްކަމުގައި ވުން އެދޭކަމަށް ބުނެފައިވެއެވެ.
މިއަހަރު ޖުމްލަ 212 ސުކޫލެއްގައި 73067 ދަރިވަރުން ތައުލީމި ހާސިލް ކުރާނެ އެވެ. އެއްދަންފަޅިއަށް 150 ސްކޫލެއްގައި ކިޔަވައިދޭއިރު މިއަހަރު ސަރުކާރުގެ 170 ޕްރީސުކޫލެއްގައި ވެސް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިއަހަރު 193 ސްކޫލެއްގައި އޯ ލެވެލް 50 ސްކޫލުގައި އޭ ލެވެލް ހަދާނެ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
މިދިޔަ އަހަރު ރާއްޖޭގެ 213 ސުކޫލެއްގައި 70000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ތައުލީމު ހާސިލުކޮށްފައިވާއިރު މިއަހަރު ދަރިވަރުންނަށް 201 ދުވަހު ކިޔަވައި ދިނުމަށް ހަމަޖައްސާފައިވެއެވެ. ފުރަތަމަ ޓާމުގައި 90 ދުވަހު އަދި ދެވަނަ ޓާމުގައި 111 ދުވަހު ކިޔަވައިދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!