މީރާ ޝަވަރސް ކުންފުނިން އެކުލަވާލައިފާވާ ދުނިޔޭގެ އެންމެ ގިނައިން އިންސްޓަގްރާމް ކުރެވިފައިވާ ހޮޓެލް ފާހާނާ ، އަގާއި ހޮޓެލް ގެ ލޮކޭޝަން ހިމެނޭ ލިސްޓެއްގައި ދިވެހިރާއްޖޭގެ ރިސޯރޓެއްގެ ފާޚާނާ ހިމެނިއްޖެއެވެ.

ކޮންރެޑް މޯލްޑިވްސްގެ މުރަކަ ސުއީޓްގެ ފާޚާނާ ވެފައިވަނީ މިލިސްޓްގެ އެންމެ އަގުބޮޑު ފާޚާނާ ގެ ގޮތުގައެވެ. ރެއަކަށް 50،076 ޕައުންޑް ދައްކަންޖެހޭ މި ސުއީޓް ގެ ފާޚާނާ ހަދާފައިވަނީ ކަނޑު އަޑީގައެވެ.

Ad
rt

އާންމުގޮތެއްގައި އިންސްޓަގްރާމްގައި ބޭނުންކޮށްފައިވާ ފާޚާނާއާ ގުޅުން ހުރި ފަސް ހޭޝްޓެގް މޮނީޓަރ ކުރުމަށްފަހު އެކުލަވާލެވުނު މި ލިސްޓް ތައްޔާރުކޮށްފައިވަނީ #ބާތުރޫމްސެލްފީ ، #ބާތުރޫމްގޯލްސް ފަދަ ހޭޝްޓެގް މޮނީޓަރ ކުރުމުން އެންމެ ގިނައިން ފޮޓޯ ހިއްސާ ކޮށްފައިވާ ލޮކޭޝަންތައް ބެލުމަށްފަހުއެވެ.

ރާއްޖޭގެ ކަނޑުއަޑީގައި ހަދާފައިވާ ، ފާޚާނާގެ އިތުރުން ޑޭވަންގެ ފާމްއެއްގެ ބޭރުގަ ރަސްޓިކް ސްޓައިލް އަކަށް ތައްޔާރުކޮށްފައިވާ ފާޚާނާއަކާއި ނެމީބިއާގެ ހަނަފަސް ސަހަރާއެއްގައި ހަދާފާއިވާ ފާޚާނާއެއްވެސް ވަނީ މިލިސްޓްގައި ހިމެނިފައެވެ.

ތިރީގައި މިވަނީ އެންމެ އަގުހެޔޮ ހޮޓެލްއިން ފެށިގެން އެންމެ އަގުބޮޑު ހޮޓެލް ހިމެނޭ ގޮތަށް ތައްޔާރުކުރެވުނު ލިސްޓެވެ.

ވިންޑްއައުޓް ފާމް ދި އޯލްޑް ޕިގަރީ - ޑެވަން

ޑާރޓްމުއަރގެ ރަށުތެރޭގެ ރީތި މަންޒަރު ފެންނަގޮތަށް ބޭރުގައި ޓްވިން ރޯލްޓޮޕް ބާރތްޓަބް ބަހައްޓައިގެން ހަދާފައިވާ މި ފާޚާނާ ބޭނުން ކުރުމަށް ރެއަކު 145 ޕައުންޑު ދައްކަންޖެހެއެވެ.

ދަ އުދާޔާ ރިސޯރޓްސް އެންޑް ސްޕާ - ބާލީ

ބާލީގެ އޫބުޑްގަ ރީތި ފެހި ގަސްތަކުތެރޭގައި ހަދާފައިވާ މި ފުރިހަމަ ފާޚާނާ އިން ބާލީމީހުންގެ ސަގާފަތްދައްކުވައިދޭ، މިފާޚާނާ ބޭނުންކުރެވެނީ ރެއަކު 256 ޕައުންޑަށެވެ.

ސޮނޮޕް ލޮޖް - ނެމީބިއާ

ހިތްގައިމު ޑްރެސިންގ ޓޭބަލްއެއް ބެހެއްޓުމަށްފަހު ނާމިބް ސަހާރާގެ މެދުގައި ހަދާފައިވާ މި ރީތި ފާޚާނާ ބޭނުން ކޮށްލުމަށް ރެއަކަށް 806 ޕައުންޑު ދައްކަން ޖެހެއެވެ.

ދަ ޕެނިންސޫލާ - ހޮންކޮންގް

ހޮންކޮންގް ގެ ވިކްޓޯރިއާ ހާރބާ ފެންނަގޮތަށް ހަދާފައިވާ މި ފުރުހިމަ ފާޚާނާގައި މަރބްލް ބޭނުންކޮސްގެން ވަރަށް ބޮޑު ބިލިގާއެއްހަދާފައި ވެއެވެ. އަދި މި ހޮޓެލްގެ އަގަކީ ރެއަކަށް 995 ޕައުންޑެވެ.

ޝަންގްރީލާ ހޮޓެލް އެޓް ދަ ޝާރޑް - ލަންޑަން

ލަންޑަންސިޓީގެ ސްކައިލައިން އެކީގައި ފެންނަ ވިއުއެއް އެކުލެވޭ މި ރީތި ފާޚާނާ ހަދާފައިވަނީ މާރބްލް ބޭނުންކޮށްގެން ވަރަށް ސިމްޕަލް ޑިސައިނަކަށެވެ. މިކޮޓަރީގެ އަގު ރެއަކަށް 1050 ޕައިންޑް އަށް އަރައެވެ

ސިކްސް ސެންސަސް ޒިލް ޕޭސަން - ސީޝެލްސް

ސީޝެލްސްގެ ފެލިސައިޓް އައިލެންޑްގެ ހުންނަ މިރީތި ހޮޓެލްގެ ފާޚާނާ އަކީ ވަރަށް ފުރިހަމަ ވިއުއެއް ފެންނަގޮތަށް ސީލިންގ އިން ތަޅުމާއި ހަމަ އަށް ބިއްލޫރި ޖަހައިގެން ހަދާފައިވާ ފާހާނާ އެއްކެވެ. ވިއުފެންނަހެން އުނދޯއްޔެއް އެލުވާފައިވާ މި ފާޚާނާ ބޭނުން ކޮށްލުމަށް 1948 ޕައުންޑް ދައްކަންޖެހެއެވެ.

ޕުންޓާ ޓްރަގާރާ ހޮޓެލް - ކެޕްރީ

ފަރަގްލިއޯނީ ކްލިފް ކުރިމާތީ ގައި ހަދާފައިވާ މި ލަގްޒަރީ ހޮޓެލްގެ ފާޚާނާ އަކީ އިރުއޮއްސޭ މަންޒަރު ފެންނަގޮތައް ތައްޔާރުކޮށްފައިވާ ފާހާނާ އެއެކެވެ. މިހޮޓެލްގެ އަގަކީ ރެއަކަށް 3004 ޕައުންޑެވެ.

ދަ ސިލޯ ހޮޓެލް - ކޭޕް ޓައުން

ރެއަކަށް 3367 ޕައުންޑް ދައްކަންޖެހޭ މި ފުރިހަމަ ހޮޓެލް ގެ ފާޚާނާ ހަދާފައިވާނީ މައްޝޫރު ޓޭބަލް މައުންޓަން ، ސިގްނަލް ހިލް އަދި ވީ އެންޑް އޭ ވޯޓަރ ފްރަންޓް ފެންނަ ގޮތަށެވެ.

ކޮންރެޑް މޯލްޑިވްސް - ދިވެހިރާއްޖެ

ރަންގަލީގައި ހަދާފައިވާ ކޮންރެޑް މޯލްޑިވްސް ގެ މުރަކަ ސުއީޓް އަކީ ލްގްޒަރީ ފަތުރުވެރިކަން އާއުސްމިންތަކަކަށް ގެންގޮސްދޭނެހެން ހަދާފައިވާ ވަރަށް ރީތީ ކޮޓަރިއެކެވެ. މިރޫމްގެ ފާޚާނާ ހަދާފައިވަނީ ކަނޑުއަޑީގައެވެ. މިފާޚާނާ ބޭނުން ކޮށްލުމަށް ރެއަކަށް 50،076 ޕައުންޑް ދައްކަން ޖެހެއެވެ.