އަލަށް އުފެދޭ ސަރުކާރު ގާއިމްވުމުން ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ދެމުން އަންނަތަން ރައްޔިތުންނަށް ފެންނާނެ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.
މާލޭގެ މޭޔަރުގެ ހައިސިއްޔަތުން ފަހު ފަހަރަށް ކައުންސިލްގެ މުއައްޒަފުންނާ ބައްދަލު ކުރެއްވުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހަގީގީ މާނާގައި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ފޯރިކޮށްދޭތަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.
"ދެން އޮތް ދުވަސްތަކަކީ މި ނިމިގެން ދިޔަ ދެ އަހަރާ ބަޔަށް ވުރެ ވެސް މާ ފުރިހަމަ ގޮތެއް ގައި ހިދުމަތް ދޭނެ ދުވަސްތަކަކަށް ވާނެ. އެހީތެރިކަން ފޯރު ކޮށްދިނުމަށް މި ހުރީ ތައްޔާރަށް. އެކަމުގެ ޔަގީންކަން އަރުވަން" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރާއި ބައި ތެރޭގައި ކައުންސިލުން ބޮޑެތި ގޮންޖެހުންތަކަކާއެކު ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެ ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ ކައުންސިލްގެ މަސައްކަތްތައް މިހާރަށް ވުރެ މާ ރަނގަޅަށް ފުރިހަމަ ވާނެ ކަމަށެވެ.
"މަގުތައް ހުންނާނީ ހެދިފައި. ޕާކިން އެތައް ބިލްޑިންއެއް އެޅި ބޮޑު ހައްލެއް އޮންނާނީ ގެނެވިފައި. އެތައް ކަމެއް ހުންނާނީ ނިމިފައި" މުއިއްޒު ވިދާޅުވި އެވެ.
އެކަންކަން ހައްލު ނުވީ މުއިއްޒު ވިދާޅުވި ގޮތުގައި އެންމެ ފަހު ހުއްދަ ދޭން ޖެހޭ ބޭފުޅުން އެ ހުއްދަ ނުދިނުމުންނެވެ. ސަރުކާރުގެ ފަރާތުން އެ އެއްބާރުލުން ލިބުނު ނަމަ ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައި އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހަމަ އެހެންމެ ކޮންމެ ކައުންސިލެއްގެ ވެސް ހުރިހާ މަސައްކަތެއް ބާރު މިނުގައި ކުރިޔަށް ގެންދެވޭ ގޮތަށް ސަރުކާރުން ކަންކަން ފަހި ކޮށްދެއްވާނެ ކަމަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.
މުއިއްޒު ވިދާޅުވީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ރައްޔިތުންނަން ފެންނާނެ ކަމަށް
އިސްމާއިލް މޫސާ
10:54
ޚުލާޞާ
އަލަށް އުފެދޭ ސަރުކާރު ގާއިމްވުމުން ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ދެމުން އަންނަތަން ރައްޔިތުންނަށް ފެންނާނެ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ. މާލޭގެ މޭޔަރުގެ ހައިސިއްޔަތުން ފަހު ފަހަރަށް ކައުންސިލްގެ މުއައްޒަފުންނާ ބައްދަލު ކުރެއްވުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހަގީގީ މާނާގައި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ފޯރިކޮށްދޭތަން ރައްޔިތުންނަށް ފެން...
ބައިތައް
ރާއްޖެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!