އިންގްލެންޑް އަނެއްކާވެސް ފައިނަލަށް
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ދެވަނަ ފަހަރަށް އިންގްލެންޑުން ޖާގަ ހޯދައިފިއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރޭ އިންގްލެންޑުން ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. އިންގްލެންޑަކީ އެންމެ ފަހުން ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ވެސް ފައިނަލުގައި ކުޅުނު ޓީމެކެވެ. ފައިނަލުން އިންގްލެންޑް ބަލިވީ އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. އަންނަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 0000 ޖަހާއިރު ފަށާ މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ އިންގްލެންޑާއި […]