Skip to main content
Topic Archive

#ޔޫރޯ ފުޓްބޯޅަ މުބާރާތް

28 Stories filed
ފަސޭހަކަމާއިއެކު ތުރުކީ ބަލިކޮށް ޕޯޗުގަލް ދެވަނަ ބުރަށް
Sports

ފަސޭހަކަމާއިއެކު ތުރުކީ ބަލިކޮށް ޕޯޗުގަލް ދެވަނަ ބުރަށް

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ރޭ ތުރުކީއާއި ޕޯޗުގަލް ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުރާތުގެ ދެވަނަ ބުރުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ. ރޭ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. ޕޯޗުގަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއި އެކުއެވެ. ފުރަތަމަ ލަނޑު 21 ވަނަ […]

އެމްބާޕޭއާއި ނުލައި ފްރާންސަށް ނެދަލެންޑްސް ބަލި ނުކުރެވުނު
Sports

އެމްބާޕޭއާއި ނުލައި ފްރާންސަށް ނެދަލެންޑްސް ބަލި ނުކުރެވުނު

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ރޭ ނެދަލެންޑްސްއާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. ގްރޫޕް ސްޓޭޖްގައި ފްރާންސާއި އޮސްޓްރިއާ ބައްދަލުކޮށް ފްރާންސް މޮޅުވި މެޗުގައި އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ބަދަލުކުރިއެވެ. އަނިޔާއިން މުޅިން ސަލާމަތް ނުވިނަމަވެސް މާސްކް ބޭނުން ކޮށްގެން އެމްބާޕޭއަށް ރޭގެ މެޗުގައި ކުޅެވޭނެކަމަށް ފްރާންސްގެ މެޑިކަލް ޓީމުން ކަށަވަރު ކޮށްދިނުމާއިއެކު، ރޭ މެޗަށް ފްރާންސުން [...

ޔުކްރެއިން މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ
Sports

ޔުކްރެއިން މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި މިރޭ ޔުކްރެއިންއާއި ސްލޮވާކިއާ ބައްދަލުކުރި މެޗުން، ޔުކްރެއިން މޮޅުވުމުން އެ ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. މިރޭ މެޗު ޔުކްރެއިން އިން ކާމިޔާބުކުރީ ސްލޮވާކިއާއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު (2-1) ޖަހައިގެންނެވެ. މިރޭ މެޗުން ޔުކްރެއިން މޮޅުވުމުން ގްރޫޕް އީގައި ހިމެނޭ ހަތަރު ޓީމްގެ ތެރެއިން ތިން ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އެ ޓީމްތަކަކީ ރޮމޭނިއާ، ޔުކްރެއިންގެ އިތުރުން ސްލޮވާކިއާއެވެ. […]

އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް
Sports

އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާއި ސްޕެއިން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް، ދެވަނަ ބުރުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފަހިކޮށްފައެވެ. މެޗުގެ ވަރަށް ކުރީކޮޅު އިޓަލީގެ އޭރިއާ ތެރެއިން ތަނަވަސްވީ ފުރުސަތެއްގައި ސްޕެއިންގެ މިޑްފީލްޑަރ ޕެޑްރީ ގޮންޒާލޭޒް ބޮލުން ޖެހި ބޯޅަ އިޓަލީގެ […]

ޔޫރޯއަށް ފަހު ޖިރޫޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ
Sports

ޔޫރޯއަށް ފަހު ޖިރޫޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ

ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް އޮލިވަ ޖިރޫޑް، އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފިއެވެ. ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށާއި އާސެނަލްއަށް ވެސް ކުޅުނު އުމުރުން 37 އަހަރުގެ ޖިރޫޑް ފްރާންސުން ޔޫރޯއަށް ނެގި ސްކޮޑުގައި ހިމަނާފައިވާއިރު، އޭނާއަކީ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފްރާންސަށް ކުޅެދިން 131 މެޗުގައި 57 ލަނޑު ޖަހާފައެވެ. ފްރާންސް ޓީމާއިއެކު […]

ޕޯޗުގަލް ޓީމާއިއެކު ރޮނާލްޑޯ ހަވަނަ ޔޫރޯއަށް
Sports

ޕޯޗުގަލް ޓީމާއިއެކު ރޮނާލްޑޯ ހަވަނަ ޔޫރޯއަށް

އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕޯޗުގަލް އިން ނެގި ސްކޮޑުގައި، ތަޖުރިބާކާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފިއެވެ. މިއީ އުމުރުން 39 އަހަރުގެ ރޮނާލްޑޯ ކުޅޭ ހަވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. ކުރިއަށް އޮތް މުބާރާތުގައި ރޮނާލްޑޯ ކުޅެފިނަމަ އޭނާ ވެގެންދާނީ ހަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ. ސައުދީ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ ފުރަތަމަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެފައި ވަނީ 2004 ވަނަ […]

ގްރީސް އިން ފްރާންސް ހުއްޓުވައިފި
Sports

ގްރީސް އިން ފްރާންސް ހުއްޓުވައިފި

ޔޫރޯ 2024، ކޮލިފައިންގެ ގްރުޕް ބީގައި ރޭ ގްރީސްއާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ގްރީސްގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗަށް ފްރާންސް ނުކުތްއިރު އެ ޓީމް އޮތީ ގްރޫޕް ބީގެ އެއްވަނަ ކަށަވަރުކޮށް އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ކަށަވަރު ކޮށްފައެވެ. ވުމާއިއެކު މި މެޗަށް ނެރުނު ފުރަތަމަ އެގާރާގައި ފްރާންސް ޓީމުން، އެ ޓީމްގެ ކެޕްޓަން އެމްބާޕޭ ވެސް ހިމަނާފައި […]

ޔުކްރެއިން އަތުން ޕޮއިންޓެއް ހޯދައިގެން ޗެމްޕިއަން އިޓަލީ ޔޫރޯއަށް
Sports

ޔުކްރެއިން އަތުން ޕޮއިންޓެއް ހޯދައިގެން ޗެމްޕިއަން އިޓަލީ ޔޫރޯއަށް

ޔުއެފާ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ސީގައި ރޭ ޔުކްރެއިންއާއި އިޓަލީ ބައްދަލުކުރި މެޗު އެއްވަރު ވުމުން އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކޮލިފައި ވެއްޖެއެވެ. ޔުކްރެއިންގައި ހިގަމުންދާ ހަނގުރާމައިގެ ސަބަބުން ޔުއެފާއިން އެ ގައުމުގައި މެޗުތައް ކުޅުން މެދުކަނޑާލާފައި އޮތުމުން، ރޭ ޔުކްރެއިންގެ ހޯމް މެޗު ކުޅެފައި ވަނީ ޖަރުމަނުގައެވެ. މި މެޗު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. […]

ލުކަކޫގެ ހަތަރު ލަނޑުން ބެލްޖިއަމުން އަޒަރުބައިޖާން ބަލިކޮށްފި
Sports

ލުކަކޫގެ ހަތަރު ލަނޑުން ބެލްޖިއަމުން އަޒަރުބައިޖާން ބަލިކޮށްފި

ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް އެފްގައި ރޭ ބެލްޖިއަމްއާއި އަޒަރުބައިޖާން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބެލްޖިއަމުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި ބެލްޖިއަމުން ކާމިޔާބު ކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މި ހަތަރު ލަނޑުވެސް ޖަހައިދިނީ މިވަގުތު ފޯމްގައި ހުރި ފޯވާޑް ލުކަކޫއެވެ. މި ލަނޑުތަކާއިއެކު ކޮލިފައިންގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 14 އަށް […]

ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޕޯޗުގަލް އިން ކޮލިފައިން ނިންމާލައިފި
Sports

ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޕޯޗުގަލް އިން ކޮލިފައިން ނިންމާލައިފި

ޔުއެފާ ޔޫރޯ 2024، ކޮލިފައިންގައި ކުޅުނު އަށް މެޗުވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑާއި އެކު ޕޯޗުގަލް އިން ކޮލިފައިން ނިންމާލައިފިއެވެ. ރޭ ގްރޫޕްގެ ފަހު މެޗުގައި ޕޯޗުގަލް އަމިއްލަ ގައުމުގައި ނުކުތީ އައިސްލެންޑާއި ދެކޮޅަށެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕޯޗުގަލް އެވެ. ކޮލިފައިންގައި ޕޯޗުގަލް އޮތީ ގްރޫޕް ޖޭގައެވެ. 10 މެޗުން 30 ޕޮއިންޓް ހޯދައިގެން އެއްވަނަ ޓީމް ގޮތުގައި ޕޯޗުގަލް ކޮލިފައިވީއިރު، ދެވަނަ ހޯދީ ސްލޮވާކިއާއެވެ. ރޭ ޕޯޗުގަލް […]

ސްޕެއިން މޮޅުވިއިރު، ގަވީއަށް އަނިޔާވެއްޖެ
Sports

ސްޕެއިން މޮޅުވިއިރު، ގަވީއަށް އަނިޔާވެއްޖެ

ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް އޭގެ ފަހު މެޗުގައި ސްޕެއިންއާއި ޖޯޖިއާ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ސްޕެއިނުން ކާމިޔާބުކުރިއިރު، އެ ޓީމްގެ ޒުވާން މިޑްފީލްޑަރ ގަވީއަށް އަނިޔާވެއްޖެއެވެ. ރޭ މެޗަށް ނުކުތްއިރު ވެސް ސްޕެއިން އޮތީ ޔޫރޯއިން ޖާގަ ކަށަވަރު ކޮށްފައެވެ. މި މެޗުގައި ސްޕެއިނުން ވަނީ ހަތަރުވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ފެރާން ޓޯރޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ލެ ނޯމަންޑްއެވެ. ސްޕެއިނުން ލަނޑުޖެހިތާ ހަ […]

ނެދަލެންޑްސް ޔޫރޯއަށް ކޮލިފައިވެއްޖެ
Sports

ނެދަލެންޑްސް ޔޫރޯއަށް ކޮލިފައިވެއްޖެ

ޔުއެފާ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ރިޕަބްލިކް އޮފް އަޔަލެންޑް ބަލިކޮށް ނެދަލެންޑްސް އިން ޔޫރޯއަށް ކޮލިފައި ވެއްޖެއެވެ. ރޭ ނެދަލެންޑްސްގެ ޖޯން ކްރައިފް އެރީނާގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑ 11 ވަނަ މިނެޓުގައި ސްޓެފަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ވުޓް ވެގްހޮސްޓެވެ. ނެދަލެޑްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި […]

ފްރާންސުން ޖިބްރާލްޓާ ކޮޅަށް 14 ލަނޑު
Sports

ފްރާންސުން ޖިބްރާލްޓާ ކޮޅަށް 14 ލަނޑު

ޔުއެފާ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ފްރާންސާއި ޖިބްރާލްޓާ ބައްދަލުކުރި މެޗު، 14-0 ގެ ނަތީޖާއިން ފްރާންސް ކާމިޔާބު ކޮށްފިއެވެ. މިއީ ބައިނަލްއަގުވާމީ މެޗެއްގައި ފްރާންސުން ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ. މި މެޗަށް ނުކުތްއިރު ވެސް ފްރާންސް އޮތީ އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯއަށް ކޮލިފައިވެފައެވެ. ނަމަވެސް އެ ޓީމުން މި މެޗުގެ ފުރަތަމަ އެގާރާގައި ވަނީ އެމްބާޕޭއާއި ގްރިޒްމަން އަދި ކިންގްސްލީ ކޮމަން ފަދަ ކުޅުންތެރިން ހިމަނާފައެވެ. އަމިއްލަ […]