''އަދިވެސް އިތުރު ޗުއްޓީ ބޭނުން''، ސިޓީ ބަލިކުރުމަށްފަހު ޑެމްބެލޭގެ މަޖާ ސަމާސާއެއް!
ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީގެ މައްޗަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން 4-2 އިން ހޯދި މޮޅަށް ފަހު، ކޯޗު ލުއިސް އެންރީކޭ ކައިރިން އަދިވެސް އިތުރު ޗުއްޓީއަކަށް އެދިދާނެ ކަމަށް ބުނެ އުސްމާން ޑެމްބެލޭ މަޖާ ސަމާސާއެއް ކޮށްފިއެވެ. ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ ޑެމްބެލޭ ވަނީ ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި މޮޅު ކުޅުމެއް ދައްކައި، ލަނޑެއް ޖެހުމުގެ އިތުރުން އިތުރު ލަނޑެއް ޖަހަން އެހީތެރިވެދީފައެވެ. ފަހުގެ ބައިނަލްއަގުވާމީ މެޗުތަކުގެ […]