ފުޓްބޯޅައިގެ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް އިޓަލީގެ ކޯޗުކަމާ މަންޗިނީ ހަވާލުވެއްޖެ
ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިނުވެ އިޓަލީގެ ފުޓްބޯޅަ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮއްވައި، އެ ގައުމަށް 2020 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިން ކޯޗު ރޮބާޓޯ މަންޗިނީ އަނެއްކާވެސް ޓީމާ ހަވާލުވެއްޖެއެވެ. މިއީ ގައުމީ ޓީމުގެ ކޯޗުކަމުން އޭނާ ކުއްލި ގޮތަކަށް ވަކިވިތާ ތިން އަހަރު ފަހުންނެވެ. އިޓަލީގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ޖިއޮވާނީ މަލާގޯ އަންގާރަ ދުވަހު އިއުލާންކުރެއްވި ގޮތުގައި، މަންޗިނީއާއެކު ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ތަޖުރިބާކާރު ކޯޗު ކްލައުޑިއޯ [...