އިނގިރޭސި ފޯވާޑް ޓޯނީގެ މައްޗަށް މާރާމާރީގެ ދައުވާ އުފުލައިފި
އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑް އައިވަން ޓޯނީ، ލަންޑަންގެ ނައިޓްކްލަބެއްގައި މާރާމާރީ ހިންގުމާއި ގުޅިގެން، އޭނާގެ މައްޗަށް މާރާމާރީގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށް އިނގިރޭސި ފުލުހުން ހުކުރު ދުވަހު ބުނެފިއެވެ. އިނގިރޭސިވިލާތުގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، ޓޯނީގެ މައްޗަށް ޖުލައި 31 ވަނަ ދުވަހު ދައުވާ އުފުލާފައިވަނީ “ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބޭ ފަދަ މާރާމާރީއެއް ހިންގުމުގެ” ކުށުގައެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޑިސެމްބަރު މަހު ލަންޑަންގެ ސޯހޯ ޑިސްޓްރިކްޓްގައި ހުންނަ ނައިޓްކްލަ...