Skip to main content
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ޅ.އަތޮޅުގައި ހިންގި ޑްރަގް ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި
Raajje

ޅ.އަތޮޅުގައި ހިންގި ޑްރަގް ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި

ޅ. އަތޮޅުގެ ދެ ރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިދީފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ އެ އަތޮޅު ނައިފަރާއި އޮޅުވެލިފުށީގައެވެ. ފުލުހުން ވިދާޅުވީ، ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިންގި [...

އަތުލައިގަތް ބަނގުރާ ނެޓްވޯކްގެ އިސް މީހާ ހައްޔަރުކޮށްފި
Raajje

އަތުލައިގަތް ބަނގުރާ ނެޓްވޯކްގެ އިސް މީހާ ހައްޔަރުކޮށްފި

މާލޭގައި ފުޅާދާއިރާއެއްގައި ޤަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް ޢަމާޒުކޮށް، ފުލުހުން ހިންގި އޮޕަރޭޝަންގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް އަތުލައިގަތް ބަނގުރާ ފުޅިތަކުގެ މައްސަލައާ ގުޅުންހުރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މިކަމާގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް ލިބުނު މަޢުލޫމާތުން އެނގޭ ގޮތުގައި، އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވަނީ ހ. ކަރޯގެ، 53 އަހަރުގެ މުޙައްމަދު ރަޝްވާން ޢައްބާސްއެވެ. މާލޭގައި ފުޅާދާއިރާއެއްގަ...

ގުރައިދޫ ގޭތެރޭގައި ހިންގި ޒުވާބެއްގައި ތޫނު އެއްޗަކުން ހަމަލާދީފި
Raajje

ގުރައިދޫ ގޭތެރޭގައި ހިންގި ޒުވާބެއްގައި ތޫނު އެއްޗަކުން ހަމަލާދީފި

ކ. ގުރައިދޫ ގެއެއްގެ ތެރޭގައި އުފެދުނު ޒުވާބެއްގެ ތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ. މި މާރާމާރީގައި އަނިޔާވި މީހާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ. ފުލުހުން ބުނީ، ގުރައިދޫގެ ގެއެއްގެ ތެރޭގައި އުފެދުނު ޒުވާބެއްގެ ތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު 14 ވަނަ ދުވަހުގެ ރޭ 20:36 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގައި ތޫނު އެއްޗަކުން ހަމަލާދީފައިވަނީ...

ގަވާއިދާ ޚިލާފަށް ޕާކުކުރާނަމަ ދެން ފިޔަވަޅު އަޅާނީ ޑިޖިޓަލް މެސެޖަކުން
Raajje

ގަވާއިދާ ޚިލާފަށް ޕާކުކުރާނަމަ ދެން ފިޔަވަޅު އަޅާނީ ޑިޖިޓަލް މެސެޖަކުން

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފިޔަވަޅު އަޅަން ފެށުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ނިންމައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިއީ ގާނޫނު ނަންބަރު 16/2026 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 93 ވަނަ މާއްދާގެ ދަށުން، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ނިންމި ނ...

ސައިކަލަށް ފޮއްޓެއް އަރުވައިގެން ދުއްވާލިތަނާ ކޮންޓްރޯލް ނުވެ ދެ މީހުންނާއެކު މޫދަށް
Raajje

ސައިކަލަށް ފޮއްޓެއް އަރުވައިގެން ދުއްވާލިތަނާ ކޮންޓްރޯލް ނުވެ ދެ މީހުންނާއެކު މޫދަށް

ގދ. ތިނަދޫ ސިޓީގައި ސައިކަލަކަށް ފޮއްޓެއް އަރުވައިގެން ދުއްވާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ، ދެ މީހުންނާއެކު ސައިކަލު ބަނދަރު މޫދަށް ވެއްޓޭ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ތިނަދޫ ޑީ.އެމް.އެން ކެފޭ ކުރިމަތިން ބަނދަރާ ދިމާލަށް ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ 2026 އޮކްޓޫބަރު 13 ވަނަ ދުވަހުގެ ހަވީރު 17:28 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ފުލުހުން […]

3 މީހުން އަރުވައިގެން ދުއްވީ އެތައް ރެކޯޑެއް އޮތް މީހެއް، ހޮސްޕިޓަލުން ދޫކޮށްލުމާއެކު ހައްޔަރު!
Raajje

3 މީހުން އަރުވައިގެން ދުއްވީ އެތައް ރެކޯޑެއް އޮތް މީހެއް، ހޮސްޕިޓަލުން ދޫކޮށްލުމާއެކު ހައްޔަރު!

ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތިން މީހުން އަރުވައިގެން ސައިކަލު ދުއްވި މީހާ ހޮސްޕިޓަލުން ފަރުވާއަށްފަހު ދޫކޮށްލުމާއެކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިރުމަތީގެ / ލ. މާމެންދޫ، މުޙައްމަދު ސައިފް (27އ) އެވެ. ފުލުހުން ވިދާޅުވީ ސައިފް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލުމުން، އޭނާ ހައްޔަރުކޮށްފައިވަނީ 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމ...

އެޕާޓްމަންޓަކަށް ވަދެ މީހުން ހިފަހައްޓައި ފޭރުނު ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
Raajje

އެޕާޓްމަންޓަކަށް ވަދެ މީހުން ހިފަހައްޓައި ފޭރުނު ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް

މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އެމީހުން ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން މި މައ...

ކަޅުބާޒާރުގައި ބޭރު ފައިސާ މާރުކުރަމުންދިޔަ ބަންގްލަދޭޝްގެ ތިން މީހަކު އަތުލައިގެންފި
Raajje

ކަޅުބާޒާރުގައި ބޭރު ފައިސާ މާރުކުރަމުންދިޔަ ބަންގްލަދޭޝްގެ ތިން މީހަކު އަތުލައިގެންފި

ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާމިރު ޙުސައިން އާއި، އެމްޑީ މީޒާނުއްރަޙްމާން އަދި ސިރާޒް ޚާން އެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ތިން މީހުން ބަންދުކޮށްފައިވަނީ 2026 އޮކްޓޫބަރު 12 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މި މީހުން އަތުލައިގަނެވިފައިވަނީ ދިވެހިރާއްޖޭގައި ގަވާއ...

24 ގަޑިއިރު ތެރޭ އިތުރު ހަތަރު މީހަކަށް އިންޒާރު، ޒިގްޒެގްކޮށާއި 100 ކމ އިން މަތީ ބާރުމިނުގައި ދުއްވި
Raajje

24 ގަޑިއިރު ތެރޭ އިތުރު ހަތަރު މީހަކަށް އިންޒާރު، ޒިގްޒެގްކޮށާއި 100 ކމ އިން މަތީ ބާރުމިނުގައި ދުއްވި

މަގުމަތީގެ އަމާންކަން ގެއްލޭގޮތަށާއި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ރެކޯޑް އޮންނަ މީހުން ޕްރޮފައިލްކޮށް ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު ހަތަރު މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތާއި އިންޒާރު ދީފިއެވެ. މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދު...

ކުޅުދުއްފުށީގައި ކުރިއަށްދިޔަ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޯސް ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ކުރިއަށްދިޔަ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޯސް ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ 11 ވަނަ ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ހޯމަ ދުވަހު ކުޅުދުއްފުށީގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ނާޒިމާ ޢަލީއެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް އެޑިޔުކޭޝަނ...

800 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ހައްޔަރުކުރި ތިން ބިދޭސީންގެ ބަންދުގެ މުއްދަތު ޖަހައިފި
Raajje

800 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ހައްޔަރުކުރި ތިން ބިދޭސީންގެ ބަންދުގެ މުއްދަތު ޖަހައިފި

މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި ބިދޭސީ ތިން މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން މީހުންނެވެ. އެއީ އަލް އަމީން (34އ) އާއި، ޕޮލިން (43އ) އަދި އެމް.ޑީ. ރަކިބް ހޮސެން (25އ) އެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލް އަމީން އަދި ޕޮލިން ފަ...

މަހުގެ ފުރަތަމަ 10 ދުވަހު މިންގަނޑަށްވުރެ ބާރަށް ދުއްވި 102 މައްސަލައެއް
Raajje

މަހުގެ ފުރަތަމަ 10 ދުވަހު މިންގަނޑަށްވުރެ ބާރަށް ދުއްވި 102 މައްސަލައެއް

މި ހިނގާ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ތެރޭގައި ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ބާރު ސްޕީޑްގައި ދުއްވި 102 މައްސަލައެއް ފުލުހުން ބަލާފައިވާކަން ފުލުހުން މިއަދު އާންމުކުރި މާލެ ސަރަހައްދުގެ ޓްރެފިކް ވައިލޭޝަންތަކުގެ ތަފާސް ހިސާބުން ދައްކައިފިއެވެ. މަހުގެ ފުރަތަމަ 10 ދުވަހު މާލެ ސަރަހައްދުގައި ދެ މީހުންނަށް އެރޭ އުޅަނދުތަކަށް ދެ މީހުންނަށްވުރެ ގިނައިން އަރައިގެން ދުއްވި ހަތަރު މައްސަލައެއް ބަލާފައިވާއިރު، ބްރިޖް ހައިވޭގައި ކަނޑައެޅިފައިވާ މިންގަނޑުން ބޭރުން ދުއްވި 214 މައްސަލައެއް ފުލުހުން ވ...

ސްޓަންޓް ޖައްސަމުން ޒިގްޒެގްކޮށް ދުއްވި ޒުވާނަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތްދީފި
Raajje

ސްޓަންޓް ޖައްސަމުން ޒިގްޒެގްކޮށް ދުއްވި ޒުވާނަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތްދީފި

އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަދި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ތަކުރާރުކޮށް އުޅަނދު ދުއްވާފައިވާ 22 އަހަރުގެ ދިވެހި ފިރިހެނަކު ދިވެހި ފުލުހުންގެ ޚިދުމަތަށް ހާޒިރުކޮށް ނަސޭހަތްދީފިއެވެ. ފުލުހުން ބުނީ މިއީ މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވުން ތަކުރާރުކޮށްފައިވާ މީހުން ފުލުހަށް ހާޒިރުކޮށް ނަސޭހަތްދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، މިގޮތަށް ހާޒިރުކުރެވުނު ފުރަތަމަ މީހާ ކަމަށެވެ. އެ ޒުވާނާގެ ރެކޯޑުތަކުގެ ތަފުސީލު ހާމަކުރަމުން ފުލުހުން ބުނީ، އޭނާގެ އަމަލުތަކ...

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކެއް އަތުލައިގެންފި
Raajje

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކެއް އަތުލައިގެންފި

މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަންގައި ބަލައިފާސްކޮށްފައިވަނީ ހެންވޭރުގައި ހުންނަ ހ. މާދޫގެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރެއިން ފެށިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި، އެ ގޭގެ އެއްވަނަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާ...

އެކްސިޑެންޓް ހިނގި ގޮތް ސައްހަކޮށް ކުރަހައި ތަހުގީގުކުރަން އައު ސޮފްޓްވެއާއެއް
Raajje

އެކްސިޑެންޓް ހިނގި ގޮތް ސައްހަކޮށް ކުރަހައި ތަހުގީގުކުރަން އައު ސޮފްޓްވެއާއެއް

މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އަވަސްކުރުމުގެ ގޮތުން “ސްމާޓް ޑްރޯ” ނަމަކަށް ކިޔާ ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއާއެއް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މި ސޮފްޓްވެއާ ބޭނުންކުރަން ފަށާފައިވަނީ ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް އިތުރަށް މަތިކުރުމުގެ މަގުސަދުގައެވެ. މި ސޮފްޓްވެއާ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ. “ސްމާޓް ޑްރޯ” އަކީ އ...