ޗައިނާގެ އޭއައި ''ޑީޕްސީކް'' އެމެރިކާ ސަރުކާރުގެ އިދާރާތަކުގައި ބޭނުންކުރުން މަނާކޮށްފި
ޗައިނާގެ މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި “ޑީޕްސީކް” ގެ އުފެއްދުންތަކާއި ޚިދުމަތްތައް އެމެރިކާ ސަރުކާރުގެ މަދަނީ އިދާރާތަކުގައި ގަތުމާއި ބޭނުންކުރުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މަނާކޮށްފިއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) އިން ވަނީ ސަރުކާރުގެ ސިސްޓަމްތަކުން ޑީޕްސީކްގެ އެންމެހައި ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ވަގުތުން ފޮހެލައި ނައްތާލުމަށް އެންމެހައި ފެޑެރަލް މަދަނީ އިދާރާތަކަށް ލާޒިމު އަމުރެއް ނެރެފައެވެ. ޑީއެޗްއެސް އިން ނެރުނު އެ...