މަސްވެރިކަމުގެ ދާއިރާއަށް ދޭ 'އާރުވެރި މެޗިންގ ގްރާންޓް'ގެ މައުލޫމާތު ދިނުން މިރޭ ކުޅުދުއްފުށީ ސިޓީގައި
މަސްވެރިކަމާއި މެރިކަލްޗަރ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ “އާރުވެރި މެޗިންގ ގްރާންޓް” އާ ގުޅޭ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް މިރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި ގްރާންޓާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ފަރާތުން މިއަދު އެ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި އާންމުކޮށް ހުޅުވާލައިގެން ބާއްވާ މ...