ޕީއެންސީގެ އައު ލީޑާޝިޕް ރަސްމީކޮށް އެކުލަވާލައި، މަގާމުތަކަށް އިންތިހާބުވި ބޭފުޅުން ހުވާކުރައްވައިފި
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އައު ލީޑަރޝިޕް ރަސްމީކޮށް އެކުލަވާލައި، އެކި މަގާމުތަކަށް އިންތިހާބުވި ބޭފުޅުން މިއަދު ހުވާކުރައްވައިފިއެވެ. މި ބޭފުޅުން މަގާމުގެ ހުވާކުރެއްވީ އެ ޕާޓީގެ މަތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ. ޕީއެންސީގެ ލީޑަރޝިޕްގެ އިސް މަގާމުތަކަށް ބަލާއިރު، ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޒް ހުސެއިން މުހައްމަދު ލަތީފް، ޕީޖީ ލީޑަރު އިބްރާހީމް ފަލާހް، އަބްދ...