މާލޭ ސްކޭޓް ޕާކާ ދިމާ ބޭރުތޮށިގަނޑުގެ ހިލަތަކުގެ ތެރޭގައި ތާށިވެފައި އޮތް މީހަކު ސަލާމަތްކޮށް، ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ސްކޭޓް ޕާކާ ދިމާ ތޮށިގަނޑު ހިލަތަކުގެ ތެރޭގައި މީހަކު ތާށިވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހަވީރު 17:16 ހާއިރުގައެވެ.

Ad
rt

މި ހާދިސާ ރިޕޯޓުކުރުމާ ގުޅިގެން އެމީހާ ސަލާމަތް ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި ދެ އިދާރާ ގުޅިގެން ކުރި މަސައްކަތުން އެމީހާ ހިލަތަކުގެ ތެރެއިން ވަނީ ސަލާމަތްކޮށްފައެވެ.

މި ހާދިސާގައި ހިލަތަކުގެ ތެރޭގައި ތާށިވެގެން ސަލާމަތްކޮށްފައިވަނީ 50 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ. އޭނާއަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.