ރާއްޖެ ދަރުމަވަންތަ ހޮސްޕިޓަލް މަޝްރޫއުއަށް ޖީއެސްޓީ ދައްކަން ޖެހޭނީ ސަރުކާރުން: ކޯޓު ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުއާ ގުޅިގެން، ޗައިނާގެ ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައްކަން ދައްކަންޖެހޭ ފައިސާ ދައުލަތަށް ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް ހަވާލުކުރީ ޗައިނާގެ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. ޗައިނާގެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރީ 140 މިލިއަން ޑޮލަރަކީ ޖީއެސްޓީ ނުހިމަނައި ހަމައެކަނި މަޝްރޫއުގެ އަގު ކަމަށް ބުނެ އެވެ. އެހެންވެ، އެ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ފުވައްމުލަކުގައި ފަތުރުވެރިއެއްގެ އަގު ބޮޑު މުދާ ފޭރިގަތް މައްސަލައެއް ބަލަނީ ޏ. ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅެނިކޮށް ފަތުރުވެރިއެއްގެ ޑްރޯން އާއި އަތް ދަބަސް ފޭރިގަތް މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. އެ ހާދިސާ އިއްޔެ ހިނގި ގޮތް ކިޔައި ދިން ފަތުރުވެރިޔާގެ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ވަނީ އާންމުކޮށްފައެވެ. ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދާފައިވާ ކަމަށެވެ. އޭނާ ލަފާކުރަނީ އެއީ 15 […] މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި ވޯލްޑް ޓްރެވަލް އެވޯޑުގައި އިންޑިއަން އޯޝަން ބައިން ރާއްޖެއަށް 9 ނޮމިނޭޝަން ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެއެވެ. ޑަބްލިއުޓީއޭ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ ނޮމިނޭޓްވެފައިވަނީ: • ލީޑިން ޑެސްޓިނޭޝަން • ލީޑިން ޑައިވް ޑެސްޓިނޭޝަން • ލީޑިން ޓުއަރިސްޓް ބޯޑް • ލީޑިން ބީޗް ޑެސްޓިނޭޝަން • ލީޑިން އެޑްވެންޗާ ޓުއަރިޒަމް ޑެސްޓިނޭޝަން • ލީޑިން ކްރޫޒް ޑެސްޓިނޭޝަން • ލީޑިން ހަނީމޫން ޑެސްޓިނޭޝަން • ލީޑިން ގްރީން ޑެސްޓިނޭޝަން • ލީޑިން ވެޑިން ޑެސްޓިނޭޝަން 1993 ވަނަ އަހަރު […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ރީހެބަށް ނުގޮސް މެތަޑޯން ފަރުވާ ކުރިއަށް ގެންދެވޭ ގޮތް ހަމަޖައްސާނަން: ރައީސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތް ކުރަން ދޭ “މެތަޑޯން މެއިންޓެނެންސް ތެރަޕީ” ރިހަބަށް ނުގޮސް ދެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ގެ މިއަދުގެ ސެގްމަންޓުގައި މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރި ސުވާލުގައި އެދުނީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރުވާގައި ތިބޭ އިރު ވެސް، ކުރީގެ މައްސަލައެއްގައި ޑްރަގް ކޯޓުން ހުކުމް ކޮށްފި ނަމަ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޔާމީންގެ ދައްތައަށް ފުލުހުންގެ ވަޒީފާދޭން އެންގުމުން ދައުލަތުން ސުޕްރީމް ކޯޓަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ދައްތަ އައިޝަތު ރަޝީދަށް ފުލުހުންގެ ވަޒީފާ އަނބުރާ ދޭން ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ފުލުހުންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުއްޓާ އޮގަސްޓް، 2017 ގައި އައިޝަތު ވަޒީފާއިން ވަކިކުރީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަދި ޔާމީން ރަޝީދުގެ އެކުވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވުމުން ކަމަށް ބުނެ އެވެ. އެ މައްސަލާގައި އޭނާއަށް ވަޒީފާ އަނބުރާ ދޭން […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ވިޔަފާރި އެމްއެމްޕީއާރުސީން މާޓާގައި ރާއްޖެ އިޝްތިހާރު ކޮށްފި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން، މެލޭޝިއަން އެސޯސިއޭޝަން އޮފް ޓުއާ އެންޑް ޓްރެވަލް އޭޖެންޓްސް (މާޓާ) ގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ. މި ފެއާގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 13 ކުންފުންޏަކުން ބައިވެރިވެއެވެ. މި ފެއާ ކުރިއަށްގެންދިޔައީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރްގައި މި މަހުގެ 22 ން 24 އަށެެވެ. މާޓާ ފެއާއިން ފަތުރުވެރިންނަށް ތަފާތު ދަތުރުފަތުރުގެ ތަޖުރިބާތަކާ ބެހޭ މައުލޫމާތު ކިޔައިދިނުމަށް... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ވިޔަފާރި މެލޭޝިއާ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުފަށަނީ މެލޭޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފިއެވެ. މެލޭޝިއާ އެއާލައިންގެ ދަތުރުތައް ފަށަން ނިންމާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މިކަމާއި ގުޅޭ އެއްބަސްވުމެއްގައި މިހާރު ވަނީ އެމްއެމްޕީއާރުސީއާައެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ބައްސާމެވެ. އަދި މެލޭޝިއާ އެއާލައިންގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރ ޑެރެނިޝް އަރެސަންދިރަންއެވެ. މި... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ކުޅިވަރު އިންގްލެންޑް އަތުން ބްރެޒިލް މޮޅުކޮށްދިނީ، ޒުވާން ފޯވާޑް އެންޑްރިކް ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ބްރެޒިލުން އިންގްލެންޑް ބަލިކޮށްފިއެވެ. އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބްރެޒިލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބްރެޒިލުން ކާމިޔާބުކުރި ހަމައެކަނި ލަނޑި 80 ވަނަ މިނެޓުގައި ޖަހައިދިނީ އެންޑްރިކެވެ. އޭނާ ކުޅެން ނުކުމެފައި ވަނީ ދެވަނަ ހާފުގެ ފަހުބައިގައި ބަދަލު ކުޅުންތެރިއެއް ގޮތުގައެވެ. އުމުރުން 17 އަހަރުގެ އެންޑްރިކަކީ މިހާރު ބްރެޒިލް ލީގުގެ ޕަލްމޭރާސް އަށް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވައިކަރަދޫ އަށް އާ ޖަނަރޭޓަރެއް ގެންގޮސް ކަރަންޓު ދޭން ފަށައިފި ހދ. ވައިކަރަދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އެއް އިންޖީނު ހަލާކުވެ އެ ރަށުން ކަރަންޓްގެ ހިދުމަތަށް ބުރޫއަރާފައި ވަނިކޮށް އާ ޖަނަރޭޓަރެއް ގެންގޮސް ރަށަށް 24 ގަޑިއިރު ކަރަންޓު ދޭން ފަށައިފިއެވެ. ފެނަކަ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ގެންދިޔަ 250 ކިލޯވޮޓްގެ ޖަނަރޭޓަރުން ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ. ވައިކަރަދޫ ފެނަކައިން އެ ރަށަށް ކަރަންޓް ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުން އަންނަ ދެ އިންޖީނުގެ ތެރެއިން މައްސަލަ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހި ނިޔާވެއްޖެ ހުޅުމާލެ ދެ ވަނަ ފިޔަވީގައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހި ނިޔާވެއްޖެއެވެ. ފުލުހުން ބުނީ ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ސަރަހައްދުގައި ޕެޓްރޯލް ކުރަން އުޅުނު މީހުންނަށް ޓްރާންސް ފޯމަރެއްގެ ތެރޭގައި ކަރަންޓްގައި ޖެހިފައި އޮތް މީހަކު ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ފުލުހުންނަށް އެމީހާ ފެނުނީ ހިޔާ ޓަވަރުގެ އެޗް ތިނެއް ކައިރީ ހުންނަ ޓްރާންސް ފޯމަރެއްގެ ތެރޭގައި ކަރަންޓްގައި ޖެހި އަނިޔާތަކާއެކުގައި ވެއްޓިފައި އޮއްވައި ރޭ ފަތިހު 4:07 […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލަށް ބައިވެރިން ހޮވައިފި ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ފައިނަލަށް ބައިވެރިން ހޮވައިފިއެވެ. ދެވަނަ ބުރުގެ ދެވަނަ ޝޯއިން ޖާގަ ހޯދި ދިހަ ބައިވެރިންނާއިއެކު ރޭ ޝޯ ކުރިއަށް ގެންގޮސްފައިވާއިރު، ރޭ ވަނީ ފައިނަލަށް ބައިވެރިން ހޮވާފައެވެ. ފައިނަލުން ފުރުސަތު ލިބިފައި ވަނީ ރޭ ޝޯގައި އެންމެ މަތިން މާކްސް ހޯދި 5 ބައިވެރިންނަށެވެ. އެ ބައިވެރިންނަކީ: މުބާރާތުގެ ފައިނަލުން ޖާގަ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ސްޓެލްކޯގެ ޓްރާސްފޯމަރުތަކުން ވައްކަންކުރުން ބޮޑުވެއްޖެ ސްޓެލްކޯގެ ޓްރާސްފޯމަރުތަކުން ވައްކަންކުރުން ބޮޑުވެ, އެ ކުންފުނީގެ ފަރާތުން އެ މައްސަލަ ކަމާބެހޭ ފަރާތައް ހުށަހަޅައިފިއެވެ. މިކަމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައިގެން އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މި މައްސަލަ ވަރަށް ބޮޑުވެ އެކަން މިހާރު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ރާއްޖެ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރިސްކު އެލަވަންސް ތައާރަފް ކުރަން މަސައްކަތް ކުރަނީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ހައި ރިސްކް ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބި ކުންފުނިތަކުގައި މިހާރަށްވުރެ ޝާމިލްކަން ބޮޑު ގޮތެއްގައި ރިސްކް އެލަވަންސް ތައާރަފް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ކޮންމެ ދުވަހަކު ވެސް ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރި އެއް ސުވާލަކީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ރިސްކު އެލ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ރަޝިއާ އަށް ދިން ޓެރަރިސްޓް ހަމަލާ ރާއްޖެ އިން ކުށްވެރިކޮށްފި ރަޝިއާގެ ވެރިރަށް މޮސްކޯގައި ކުރިއަށް ގެންދިޔަ ކޮންސާޓަކަށް ރޭ ދިން ޓެރަރިސްޓު ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކްރޮކަސް ސިޓީ ކޮންސަޓް ހޯލަށް ދިން ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ރަޝިއާ ސަރުކާރަށާއި ރައްޔިތުންނަށާއި ހާއްސަކޮށް މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށް ވެސް އެ ޕޯސްޓުގައި ޒަމީރު ވަނީ ވިދާޅުވެފައެވެ. Strongly condemn […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ގިނައިރު ކޮޅަށް ނުހުރެވޭތީ ޝަހީމް އިމާމުވެ ތަރާވީހް ކުރެއްވުން މެދުކަނޑާލައްވައިފި ގިނައިރު ކޮޅަށް ހުރުމަށް ދަތިވާތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ތަރާވީހު ނަމާދުކުރުން މިރެއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައްވައިފިއެވެ. ރޯދަ މަސް ފެށުނީއްސުރެ ޝަހީމް އިމާމުވެ ތަރާވީހް ނަމާދު ކުރައްވަމުން ގެންދެވީ ހުޅުމާލޭ ރަޝީދު މިސްކިތުގައެވެ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެގައި ވިދާޅުވީ ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން، ޑޮކްޓަރުންގެ ލަފާމަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލައްވަން ނިންމަވާފައިވާ ކަ... މުޙައްމަދު · 2 އަހަރު ކުރިން