މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ބެލިންހަމް އާއި ޑެމިރާލް ސަސްޕެންޑް ކޮށްފި

ބެލިންހަމް އާއި ޑެމިރާލް ސަސްޕެންޑް ކޮށްފި

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ މެޗުތަކުގައި ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރުމުގައި އަމަލުކުރި ގޮތުގެ ސަބަބުން، ޔުއެފާއިން އެ މައްސަލަ ބެލުމަށް ފަހު ތުރުކީގެ ޑިފެންޑަރ ޑެމިރާލްއާއި އިންގްލެންޑްގެ ޖޫޑް ބެލިންހަމް ސަސްޕެންޑް ކޮށްފިއެވެ. ދެވަނަ ބުރުގައި އިންގްލެންޑާއި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތުހަމަވެ ދެއްކި އިތުރު ވަގުތުގެ ކުޅުން ފެށުނު އިރު ވެސް ލީޑުގައި އޮތީ ސްލޮވާކިއާއެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ވެސް ފަހުވަގުތު އިންގްލެންޑް ސަލާމަތްވީ […]

އިބްރާހިމް ޚަލީލް
އައިއޯއެސް 18ގެ މޫސުމީ އެޕްލިކޭޝަނަށް ދެ އައު ފީޗަރެއް

އައިއޯއެސް 18ގެ މޫސުމީ އެޕްލިކޭޝަނަށް ދެ އައު ފީޗަރެއް

އައިއޯއެސް 18ގެ މޫސުމީ އެޕްލިކޭޝަނަށް ދެ އައު ފީޗަރެއް އިތުރުކުރެވޭނެކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެޕަލް އިން ފާއިތުވި މަހު ބޭއްވި ވޯލްޑްވައިޑް ޑިވެލޮޕަރސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) 2024 ގައި އައިއޯއެސް 18 ތަޢާރަފުކުރިއެވެ. މި ކޮންފަރެންސްގައި އައިފޯނުގެ އޮޕަރޭޓިންގ ސިސްޓަމަށް ގެނެވޭ އެންމެ ބޮޑު އަޕްޑޭޓާއެކު ލިބޭނެ ގިނަ އައު ފީޗަރތަކެއް ދައްކާލިއެވެ. ނަމަވެސް، ކޮންފަރެންސްގައި ނުދައްކާ ބައެއް ފީޗަރތައް މިހާރު ދަނީ ފާހަގަކުރެވެމުންނެވެ. 9ޓު5މެކް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އައިއޯއެސ...

އަޙްމަދު ދާއޫދު
މާލޭގެ ސްޕާއަކުން ދިވެއްސަކާއި ތައިލެންޑް ތިން އަންހެނުން ހައްޔަރުކޮށްފި

މާލޭގެ ސްޕާއަކުން ދިވެއްސަކާއި ތައިލެންޑް ތިން އަންހެނުން ހައްޔަރުކޮށްފި

ހަށިވިއްކާކަމުގެ ތުހުމަތުގައި މާލޭގެ ސްޕާއަކުން ދިވެއްސަކާއި ތައިލެންޑް ތިން އަންހެނުން ހައްޔަރުކޮށްފިއެވެ. ފުލުހުން ރޭގައި ބުނީ މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކާކަމަށް އެ އިދާރާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި މައުލޫމާތާއި ގުޅިގެން ފުލުހުން ރޭ ހިނގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލާފާސްކޮށްފައިވާކަމަށް ފުލުހުންބުންޏެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ ދިވެހި ފިރިހެނަކާއި ތައިލެނ...

ޔުމްނާ ޢަލީ
ލޭބަރ ޕާޓީން އިނގިރޭސިވިލާތުގެ އިންތިޚާބުގައި ބޮޑު މަޖޯރިޓީއެއް ހޯދައިފި

ލޭބަރ ޕާޓީން އިނގިރޭސިވިލާތުގެ އިންތިޚާބުގައި ބޮޑު މަޖޯރިޓީއެއް ހޯދައިފި

އިނގިރޭސިވިލާތުގައި ބޭއްވުނު ކުއްލި އިންތިޚާބުގައި ލޭބަރ ޕާޓީން ބޮޑު މަޖޯރިޓީއެއް ހޯދައިފިކަމަށް އެގްޒިޓް ޕޯލްގެ ނަތީޖާއިން ދައްކައިފިއެވެ. އިއްޔެ ބޭއްވުނު އިންތިޚާބުގައި ލޭބަރ ޕާޓީއަށް ހައުސް އޮފް ކޮމަންސްގެ 410 ގޮނޑި ލިބޭނެކަމަށް ލަފާކުރެވެއެވެ. އިނގިރޭސި ބްރޯޑްކާސްޓަރުންނަށް އައިޕީއެސްއޯއެސް ޔޫކޭއިން ތައްޔާރުކޮށްދިން އެގްޒިޓް ޕޯލްގައި ދައްކާގޮތުން، ލޭބަރ ޕާޓީއަށް ޕާލިމަންޓުގައި 170 ގޮނޑީގެ މަޖޯރިޓީއެއް ލިބޭނެއެވެ. މިއީ 14 އަހަރު ދުވަހު ކޮންޒަވޭޓިވް ޕާޓީގެ ވެރިކަން ނިމުމަކަށް އައުމެވެ. ވޯޓުލުނ...

އަޙްމަދު ދާއޫދު
ޕެނަލްޓީގައި އެކުއެޑޯ ބަލިކޮށް އާޖެންޓީނާ ސެމީއަށް

ޕެނަލްޓީގައި އެކުއެޑޯ ބަލިކޮށް އާޖެންޓީނާ ސެމީއަށް

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިއަދު ހެނދުނު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި އެކުއެޑޯ ބައްދަލުކުރި މެޗު، ޕެނަލްޓީގައި ކާމިޔާބުކޮށް ސެމީ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ. މި އަހަރުގެ ކޮޕައެމެރިކާ މުބާރާތުގެ ނޮކައުޓް މެޗުތައް ރާވާލާފައި އޮތީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާއިރު ދެ ޓީމް އެއްވަރު ވެއްޖެނަމަ އިތުރު ވަގުތުގެ ދެ ހާފް ނުކުޅެ ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރޭ ގޮތަށެވެ. ނަމަވެސް ފައިނަލް މެޗު އެއްވަރު ވެއްޖެނަމަ އިތުރު ވަގުތު […]

އިބްރާހިމް ޚަލީލް
އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 58 މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 58 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 58 މީހަކު ޝަހީދުކޮށްލައި ، މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 38،011 އަށް އަރައިފިކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ. ސިއްހީ ވުޒާރާގެ ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް 87،445 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އާއިލާތަކަށް އަމާޒުކޮށް ހިންގި 4 “މަރުގެ އަނިޔާވެރި ޢަމަލު” ގައި 58 މީހުން މަރުވެ، 179 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. “އަދިވެސް ގިނަ ބަޔަކު ވަނީ […]

އަޙްމަދު ދާއޫދު
ހދ.އަތޮޅު ކައުންސިލްގެ ނައިބް ރައީސް ވަކިކުރަން ހުށައަޅައިފި

ހދ.އަތޮޅު ކައުންސިލްގެ ނައިބް ރައީސް ވަކިކުރަން ހުށައަޅައިފި

މަގާމުގެ މައްސޫލިއްޔަތު އަދާކުރުމުގައި އިހުމާލުވަމުންދާ ކަމަށްބުނެ، ހދ.އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަބްދުއްސައްތާރު ހަސަން، އެ މަގާމުން ވަކިކުރަން ހުށަހަޅައިފިއެވެ. ހދ.އަތޮޅު ކައުންސިލުގެ ރައީސްއަކީ މުހައްމަދު ސިރާޖުއެވެ. ރައީސް ޗުއްޓީއަށް ވަޑައިގަތުމުން އަތޮޅު ކައުންސިލް ހިންގުމުގެ ޒިންމާ ނަންގަވާ އެންމެ އިސްފަރާތަކީ ނައިބް ރައީސް އަބްދުއްސައްތާރު ހަސަންއެވެ. އޭނާއަކީ ހަނިމާދޫ ކައުންސިލްގެ ރައީސް އެވެ. ނައިބް ރައީސް، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑުތަނުން އިހުމާލުވެ އަތޮޅު ކައު...

އިބްރާހިމް ޚަލީލް
ބިދޭސީންގެ މައުލޫމާތު އެއްކުރަން ކައުންސިލްތަކުގެ މުވައްޒަފުން ތަމްރީނު ކުރަނީ

ބިދޭސީންގެ މައުލޫމާތު އެއްކުރަން ކައުންސިލްތަކުގެ މުވައްޒަފުން ތަމްރީނު ކުރަނީ

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭނީންގެ މައްސަލަ ޙައްލުކުރުމަށްް ސަރުކާރުކާރުން ހިންގަމުންދާ ”އޮޕަރޭޝަން ކުރަނގި” މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން މި މަސައްކަތަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް ފަށަން ސަރުކާރުން ތައްޔާރުވެއްޖެއެވެ. މިގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރުގެ ނައިބު އަޝްރަފް މުޙައްމަދު ޢަލީ ވަނީ މިކަން ހާމަކުރަށްވާފައެވެ. އ...

ޔުމްނާ ޢަލީ
ރީޖަނަލް ހޮސްޕިޓަލް ތަކުގައި ދެ ދަންފަޅިއަށް ހިދުމަތް ދޭން ފަށަން ނިންމައިފި

ރީޖަނަލް ހޮސްޕިޓަލް ތަކުގައި ދެ ދަންފަޅިއަށް ހިދުމަތް ދޭން ފަށަން ނިންމައިފި

ރީޖަނަލް ހޮސްޕިޓަލްތަކުގައި ކިއު ކުޑަކުރުމަށް، ދެ ދަންފަޅިއަށް ހިދުމަތްދޭން ފަށަން މިނިސްޓްރީ އޮފް ހެލްތުން ނިންމައިފިއެވެ. މިގޮތުން މީގެކުރިން އެއް ދަންފަޅިއަށް ސްޕެޝަލިސްޓުންގެ ހިދުމަތްދެމުން އައި ގދ.ތިނަދޫ ގައި ހުންނަ ޑރ.އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ލ.އަތޮޅު ރީޖަނަލް ހޮސްޕިޓަލާއި ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މި ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މި ބ...

އިބްރާހިމް ޚަލީލް
ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ކުރިއަރ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މަޢުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލެއިން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި، މި ޖުލައި މަހުގެ 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ކުރިއަރ ސާވިސް މެދުވެރިކޮށް އޭނާ ހަވާލުވި ޕާރުސަލް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ކ...

އަލީ އާދިލް
ތިލަދެކުނު ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ތިލަދެކުނު ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ތިލަދެކުނު ފުޓްބޯޅަ މުބާރާތް 2024” ހޯސްޓްކުރާނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. ހދ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން މި އަހަރު ސެޕްޓެމްބަރ މަހު ބާއްވާ މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ، އަތޮޅުގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ކްލަބް ޖަމިއްޔާތަކަށެވެ. މިކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހު 11 ވަނަ ދުވަހުގެ ކުރިން، އެކަމަށްޓަކައި ހާއްސަ ކުރެވިފައިވާ އޮންލައި...

އިބްރާހިމް ޚަލީލް
ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ފުލުހުންގެ މަރުކަޒު، އިސްކަންދަރު ބިލްޑިންގގައެވެ. ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު 91 ފުލުހުން މިއަދު ވަނީ ހުވާކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ އަންހެން 19 ފުލުހުންނާއި ފިރިހެން 65 ފުލުހުން އަދި ސްޕެޝަލް ކޮންޓަބިއުލަރީ ހަތް ފުލުހުންނެވެ. ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ. ފުލުހުންގެ މުއައްސަސާގެ މިޝަންއަކީ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދޭ، އިތުބާރުހިފ...

ޔުމްނާ ޢަލީ
މާލޭގައި ހަށިވިއްކަމުންދިޔަ ވިއެޓްނާމް ދެ އަންހެނަކު ހައްޔަރުކޮށްފި

މާލޭގައި ހަށިވިއްކަމުންދިޔަ ވިއެޓްނާމް ދެ އަންހެނަކު ހައްޔަރުކޮށްފި

މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ވިއެޓްނާމްގެ ދެ އަންހެނަކު ހައްޔަރުކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ އިމިގްރޭޝަންގެ ރަސްމީ ‘އެކްސް’ އެކައުންޓުން ކުރި ޕޯސްޓެއްގައެވެ. އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މާލޭގައި ހަށިވިއްކާ ކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުމާ ގުޅިގެން ރޭ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި ހާއްސަ ރެއިޑް އޮޕަރޭޝަން ހިންގާފައިވަނީ ޓާސްކް ފޯސްއިންނެވެ. ހައްޔަރުކުރެވުނު ދެ އަންހެނުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށ...

އަލީ އާދިލް
ކޯސްޓްގާޑް ބިލްޑިން ހެދުމުގައި މީހެއްގެ ގެއަކަށް ގެއްލުންވެ, ދެ ލައްކަ ރުފިޔާގެ ބަދަލެއް ދޭން ހުކުމްކޮށްފި

ކޯސްޓްގާޑް ބިލްޑިން ހެދުމުގައި މީހެއްގެ ގެއަކަށް ގެއްލުންވެ, ދެ ލައްކަ ރުފިޔާގެ ބަދަލެއް ދޭން ހުކުމްކޮށްފި

ކޯސްޓްގާޑް ބިލްޑިންގް އެޅުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މީހެއްގެ ގެއަށް ގެއްލުންވި މައްސަލާގައި 230،000ރ. ގެ ބަދަލެއް އެ މީހާ އަށް ދިނުމަށް ރެއިންބޯ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ކުރީގެ ކޯސްޓްގާޑް ބިލްޑިން ހުރި ތަނުގައި އަޅާފައިވާ 10 ބުރީގެ އިމާރާތުގެ ސަބަބުން ހ. ބުޗާގެއާގެ އަށް ގެއްލުންވާތީ އެ ގޭގެ ވެރިފަރާތެއް ފާތިމަތު ނަތާޝާ މުހައްމަދު ސިވިލް ކޯޓުގައި ދައުވާކުރީ ޑިފެންސް މިނިސްޓްރީގެ އިތުރުން ރެއިންބޯ ކޮންސްޓްރަކްޝަނާ ދެކޮޅަށެވެ. އިމާރާތުގެ މަސައްކަތް […]

ހުސައިން ހަބީބް
މާލޭގެ ގެއެއްގައި އަލިފާން ރޯވެ، އަނިޔާވި ދެ މީހަކަށް ފަރުވާދެނީ

މާލޭގެ ގެއެއްގައި އަލިފާން ރޯވެ، އަނިޔާވި ދެ މީހަކަށް ފަރުވާދެނީ

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އަނިޔާވި ދެ މީހަކަށް ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މާފަންނު ފުލޫނިޔާ މަގުގައި ހުރި ގެއެއްގެ ތިންވަނަ ފަންގިފިލާގައެވެ. މި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގައި ދެ މީހަކަށް އަނިޔާވެގެން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ.އެންޒިއަންގޭގެ 3 ވ...

ޔުމްނާ ޢަލީ