މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކުޑަހުވަދޫގައި ބޭއްވި ބީޗު ހޭންޑްބޯޅަ މުބާރާތުގެ ތަށި ކުޅުދުއްފުއްޓަށް

ކުޑަހުވަދޫގައި ބޭއްވި ބީޗު ހޭންޑްބޯޅަ މުބާރާތުގެ ތަށި ކުޅުދުއްފުއްޓަށް

ދ.ކުޑަހުވަދޫގައި ބޭއްވި “ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024” ގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ފެމެލީ ބޭކާސް ޓީމުން ހޯދައިފިއެވެ. މި މުބާރާތަކީ ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޑަހުވަދޫގައި ބާއްވާފައިވާ މުބާރާތެކެވެ. ދެ ޖިންސަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ފިރިހެން 5 ޓީމް އަދި އަންހެން 4 ޓީމް ވަނީ ބައިވެރިވެފައެވެ. ކުޅުދުއްފުށި ފެމެލީ ބޭކާސް ޓީމަކީ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ރަށުން ބޭރުން ބައިވެރިވި […]

އިބްރާހިމް ޚަލީލް
އިންޑިއާއިން ރަޝިޔާއާއެކު ވިޔަފާރި ފުޅާކުރުމަށް ބޮޑު ބަނދަރެއް އަޅަނީ

އިންޑިއާއިން ރަޝިޔާއާއެކު ވިޔަފާރި ފުޅާކުރުމަށް ބޮޑު ބަނދަރެއް އަޅަނީ

އިންޑިއާއިން ރަޝިޔާއާއެކު ވިޔަފާރި އިތުރަށް ފުޅާކުރުމަށް ހުޅަނގު ސަރަޙައްދުގައި ބޮޑު ބަނދަރެއް އަޅަން ނިންމައިފިއެވެ. މި ބަނދަރު އެޅުމުގެ މަޤްޞަދަކީ ރަޝިޔާއާއެކު ކުރެވޭ ވިޔަފާރި އިތުރުކުރުމެވެ. މި ބަނދަރު 2030 ވަނަ އަހަރާ ހަމައަށް ބޭނުންކުރެވޭ ހާލަތަށް ގެނެވޭނެ ކަމަށް ބެލެވެއެވެ. މަހާރާޝްޓްރާގެ ވަދަވާން ސަރަޙައްދުގައި އެޅުމަށް ނިންމާފައި މި ބަނދަރު އެޅުމުން އިންޓަނޭޝަނަލް ނޯތު-ސައުތު ޓްރާންސްޕޯޓޭޝަން ކޮރިޑޯ އަދި އިންޑިއާ-މިޑްލް އީސްޓް ޔޫރަޕް އިކޮނޮމިކް ކޮރިޑޯ މެދުވެރިކޮށް ކުރެވޭ ވިޔަފާރި އިތުރުވ...

އަޙްމަދު ދާއޫދު
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތިން ހާދިސާއެއް

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތިން ހާދިސާއެއް

ދިވެހިރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތިން ހާދިސާއެއް ހިނގައި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ހިނގި ކަނޑުމަތީގެ 3 ހާދިސާއެއްގައި އެތަނުގެ ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މިފަދަ 6 ހާދިސާއެއްގެ ރިޕޯޓް ރޭ ވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވާކަމަށް އެ އިދާރާއިން ބުންޏެވެ. ނަމަވެސް މި ހާދިސާތަކުގެ އިތުރު ތަފްސީލެއް އެމްއެ...

ޔުމްނާ ޢަލީ
ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާތަކުގައި އިއްޔެ އެކަނި ވެސް 90 މަރު

ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާތަކުގައި އިއްޔެ އެކަނި ވެސް 90 މަރު

ބަންގްލަދޭޝްގައި ސަރުކާރާ ދެކޮޅަށް ކުރިއަށްދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި އިއްޔެ (އާދީއްތަ ދުވަހު) އެކަނިވެސް މަދުވެގެން 90 މީހުން މަރުވެއްޖެއެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާކުރާ ފަރާތްތަކާ ދެމެދު ހިނގި ވަރުގަދަ ހަމަނުޖެހުންތަކެއްގައި މި މީހުން މަރުވުމުގެ އިތުރުން އެތައްބަޔަކަށްވަނީ އަނިޔާވެފައެވެ. މި ހަމަނުޖެހުންތައް ފެށިފައިވަނީ ސަރުކާރުގެ ވަޒީފާތަކުގައި ކޯޓާ ނިޒާމު ނައްތާލުމަށް އެދި ދަރިވަރުން ފެށި މުޒާހަރާތަކަކާ ގުޅިގެންނެވެ. ނަމަވެސް މިހާރު މި މުޒާހަރާތައް ބަދަލުވެފައިވަނ...

އަޙްމަދު ދާއޫދު
މާރަންދޫގައި އަރަބި ކިޔަވަން ޝައުގުވެރިވާ ބަޔަކު ތިބިތޯ ބަލަނީ

މާރަންދޫގައި އަރަބި ކިޔަވަން ޝައުގުވެރިވާ ބަޔަކު ތިބިތޯ ބަލަނީ

ހއ.މާރަންދޫގައި ތިބި އަރަބި ކިޔަވަން ޝައުގުވެރިވާ ފަރާތްތަކުން ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން މާރަންދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ތިން މަސްދުވަހުގެ ނިޔަލަށް އަރަބި ދަސްކޮށްދޭ ކުލާސްތަކެއް ހިންގުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. މި ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 18 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވެސް ވަނީ ހުޅުވާލާފައެވެ. މި ކުލާސްތަކުގައި...

އިބްރާހިމް ޚަލީލް
ފަލަސްތީނަށް ތާއީދުކުރާ ޕޯސްޓްތަކަށް ހުރަސްއަޅާތީ ތުރުކީން އިންސްޓަގްރާމް ބްލޮކްކޮށްފި

ފަލަސްތީނަށް ތާއީދުކުރާ ޕޯސްޓްތަކަށް ހުރަސްއަޅާތީ ތުރުކީން އިންސްޓަގްރާމް ބްލޮކްކޮށްފި

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އާއި ފަލަސްތީނަށް ތާއީދުކުރާ ޕޯސްޓްތަކަށް ހުރަސްއަޅާތީ ތުރުކީން އިންސްޓަގްރާމް ބްލޮކްކޮށްފިއެވެ. ތުރުކީގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް އޮތޯރިޓީ (ޓީކޭއެމް) އިން އިއްޔެއިން ފެށިގެން އިންސްޓަގްރާމަށް ނުވަދެވޭގޮތަށް ބްލޮކްކޮށްފައިވާއިރު، މިގޮތަށް ބްލޮކްކުރީ ހަނިއްޔާ އާއި ފަލަސްތީނަށް ތާއީދުކުރާ ޕޯސްޓްތަކަށް އިންސްޓަގްރާމުން ހުރަސްއަޅާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ތުރުކީން އެޅި މި ފިޔަވަޅާ ގުޅިގެން ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ ޓިކ...

އަޙްމަދު ދާއޫދު
ނޫމަރާ ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ނޫމަރާ ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލުން އިންތިޒާމް ކޮށްގެން ފިރިހެން ބޭފުޅުންނަށް ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓް ކުރުމަށް އެ ކައުންސިލުން އެދެއެވެ. މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި، މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުމަށް (9847976، 9874096) މި ނަމްބަރުތަކަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެ ކައުންސިލުން އެދެއެވެ. މި މުބާރާތް [...

އިބްރާހިމް ޚަލީލް
ހައުސިން ޔުނިޓްތަކުގެ ކުލި ގަވާއިދުން ދެއްކުމަށް އިލްތިމާސްކޮށްފި

ހައުސިން ޔުނިޓްތަކުގެ ކުލި ގަވާއިދުން ދެއްކުމަށް އިލްތިމާސްކޮށްފި

މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުލިން ބަޔެއް މައާފުކޮށްދިނުމުން ވެސް ގިނަބަޔަކު ކުލި ނުދައްކާތީ، ހައުސިން ޔުނިޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދައްކަމުން ދިޔުމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި އެއްގޮތަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް މާލެ ސަރ...

ޔުމްނާ ޢަލީ
ބިޔަރު ދަޅުތަކަކާއި ރާފުޅިއަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ބިޔަރު ދަޅުތަކަކާއި ރާފުޅިއަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ބިޔަރު ދަޅުތަކަކާއި ރާފުޅިއަކާއެކު ހުޅުމާލެއިން ބިދޭސީއެއް ހައްޔަރުކޮށްފިއެވެ. އެ މީހާހައްޔަރުކުރިކަން ހާމަކޮށް ފުލުހުން ބުނީ އެމީހާއަތުން 48 ދަޅު ބިޔަރާއި ރާފުޅިއެއް ފެނިފައިވާ ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ މިރޭ ދިހައެއް ޖަހާކަށް ހާއިރު ހުޅުމާލޭގައި ހުންނަ އަމީނު އެވެނިއު ފްލެޓްތައް ކައިރިންނެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަކަަމަށް ފުލުހުން ބުންޏެވެ. ރާއްޖޭގައި ހިންގާ އެކިއެކި ކުށްތަކުގައި ބިދޭސީން ޝާމިލްވުން އިތުރުވެފައިވާއިރު، މީގެ ކުރީން ވެސް އެކިފަހަރުމަތީން ވަނީ ބަނގުރަލާއި...

ޔުމްނާ ޢަލީ
އެލްޖީއޭގެ ސީއީއޯ މަގާމުން ޒުލްފާ ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް

އެލްޖީއޭގެ ސީއީއޯ މަގާމުން ޒުލްފާ ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާ، އެ މަގާމުން ވަކިކުރުމަށްފަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކޮށްފިއެވެ. މި ބަދަލު ގެނައި ސަބަބު މިވަގުތު ސާފުވެފައެއް ނުވެއެވެ. އެލްޖީއޭގެ އިސްވެރިއަކަށް ޒުލްފާ ހަމަޖެއްސެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެލްޖީއޭ އަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. ޒުލްފާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެ...

އަލީ އާދިލް
ވިނަރެސް ފްލެޓަށް ކޮންމެ މީހަކަށްވެސް ކުރިމަތިލެވޭނެ ކަމަށް ބުނެ ސްކޭމް މެސެޖެއް!

ވިނަރެސް ފްލެޓަށް ކޮންމެ މީހަކަށްވެސް ކުރިމަތިލެވޭނެ ކަމަށް ބުނެ ސްކޭމް މެސެޖެއް!

ވިނަރެސް ފްލެޓަށް ކޮންމެ މީހަކަށްވެސް ކުރިމަތިލެވޭނެ ކަމަށް ބުނެ ސްކޭމް މެސެޖެއް ދައުރުކުރަން ފަށާފަިވާތީ ސަމާލުވުމަށް ފުލުހުން މިއަދު ވަނީ އާންމުންނަށް އަންގާފައެވެ. ފުލުހުން ބުނީ، ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެކަމަށް ބުނެ ލިންކަކާއެކު ފޮނުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ. މީގެ އިތުރުން، ފުލުހުން ވަނީ މި ލިންކް މެދުވެރިކޮށް ފޭސްބުކް އަދި އިންސްޓަގްރާމް ހެކްކޮށް ފްރެންޑ...

އަލީ އާދިލް
މަތީ ތަޢުލީމާބެހޭ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު

މަތީ ތަޢުލީމާބެހޭ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ބުނީ އެ ވުޒާރާގެ ފަރާތުން ސާނަވީ އިމްތިޙާން (އޯ ލެވެލް) ނިންމާ ދަރިވަރުންނަށް ޙާއްސަކޮށް ދަރުމަވެރިންގެ ގޮތުގައި (ވޮލެންޓިއަރކޮށް) މަސައްކަތްކުރުމުގެ ފުރުސަތު ހުވާލައިފައިވާ ކަމަށެވެ. އެ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތ...

ޔުމްނާ ޢަލީ
ޕާކިސްތާނުގެ ޝެފަކު ރާއްޖޭގައި މީހަކު މަރާލި މައްސަލަ ހުކުމާ ހަމައަށް ދަނީ

ޕާކިސްތާނުގެ ޝެފަކު ރާއްޖޭގައި މީހަކު މަރާލި މައްސަލަ ހުކުމާ ހަމައަށް ދަނީ

ހުޅުމާލޭ ހާންޖީ ރެސްޓްރެންޓްގައި ބިދޭސީއަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ އެތަނުގެ ޝެފެއް ކަމަށްވާ މުހައްމަދު އާބިދުގެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ. ހާންޖީ ރެސްޓޯރެންޓްގައި 2022 ވަނަ އަހަރުގެ ރޯދަ މަހު ހިނގި ހަމަނުޖެހުމެއްގައި އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި، ޕާކިސްތާނުގެ ޝެފެއް ކަމަށްވާ އާބިދުގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވީ އެ މައްސަލާގެ ހުލާސ...

ހުސައިން ހަބީބް
އެލެގްރާ ބޭހުގެ ތިން ބެޗެއް ރާއްޖޭގައި މަނާކޮށްފި

އެލެގްރާ ބޭހުގެ ތިން ބެޗެއް ރާއްޖޭގައި މަނާކޮށްފި

ކުޑަކުދިންނަށް ދޭ ރޯގާ ބޭހެއްކަމަށްވާ އެލެގްރާ ބޭހުގެ ތިން ބެޗެއް އެތެރެކޮށް، ވިއްކައި ބޭނުންކުރުން ރާއްޖޭގައި މިއަދު މަނާކޮށްފިއެވެ. މިކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ އެލެގްރާ ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާތީ އެ ބޭސް ވިއްކާ ކުންފުނިން އެލާޓްކޮށްފައިވާ ކަމަށެވެ. އެއީ އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެނޮފީ އިންޑިއާ ލިމިޓެޑް އިން އުފައްދާފައިވާ...

ޔުމްނާ ޢަލީ
ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ހިމާޔަތްކޮށްފި

ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ހިމާޔަތްކޮށްފި

މާލެ އަތޮޅުގައި ހިމެނޭ ގުދުރަތީ ރީތިކަމާއި މުއްސަނދިކަން ލިބިފައިވާ ބޮޑު ދެ ތިލައެއް ކަމުގައިވާ ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ސަރުކާރުން ހިމާޔަތްކޮށްފިއެވެ. މި ދެ ތިލައަކީ ފީނާ މީހުންނާއި ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގްބޫލު ތަންތަނެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކ. ބޮޑުހިތި ތިލަ ސަރަހައްދާއި ކ. އޮއްކޮބޭ ތިލަ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ […]

އަލީ އާދިލް