މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޔުނައިޓެޑާއި ސިޓީ އެއްވަރުވިއިރު އެއްވަނާގައި އޮތް ލިވަޕޫލް ބަލިވެއްޖެ

ޔުނައިޓެޑާއި ސިޓީ އެއްވަރުވިއިރު އެއްވަނާގައި އޮތް ލިވަޕޫލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި، މެންޗެސްޓާ ޑާބީ މެޗު އެއްވަރުވިއިރު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ލިވަޕޫލް، ފުލަމްގެ އަތްދަށުވެއްޖެއެވެ. ރޭ ޔުނައިޓެޑްގެ އޯލްޑްޓްރަފޯޑްގައި ކުޅުނު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ސިޓީންނެވެ. މި މެޗުގައި ސިޓީއަށް ލަނޑު ޖަހައިދޭން އެންމެ ރަގަޅު ފުރުސަތެއް ލިބިފައިވަނީ މިދިޔަ ޖެނުއަރީ މަހުސި...

އިބްރާހިމް ޚަލީލް
މެރިން ރިސާރޗް އިންސްޓިޓިއުޓް ގެ ޑީޖީގެ މަގާމަށް ޝިމާލް

މެރިން ރިސާރޗް އިންސްޓިޓިއުޓް ގެ ޑީޖީގެ މަގާމަށް ޝިމާލް

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓު (އެމްއެމްއާރުއައި)ގެ ޑިރެކްޓަރ ޖެނެރަލް (ޑީޖީ) ގެ މަގާމަށް މެރިން ބަޔޮލޮޖިސްޓް މުހައްމަދު ޝިމާލް އައްޔަންކޮށްފިއެވެ. އެމްއެމްއާރުއައިގެ ޑިރެކްޓަރ ޖެނެރަލް މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޝާފިޔާ ނައީމު މިއަހަރުގެ ޖެނުއަރީ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމްއާރުއައިގެ ޑިރެކްޓަރް ޖެނެރަލްއަށް އައްޔަންކުރިއިރު، ޝިމާލް ވަނީ އޮސްޓްރެލިއާގެ ޗާރލްސް ޑާވިން ޔުނިވާސިޓީން ވައިލްޑްލައިފް އެންޑް ކޮންޒަވޭޝަން ބޮޔޮލޮޖީއަށް ޚާއްސަކޮށްގެން ބެޗްލަރ އޮފް...

އައިޝަތު އައިނީ އާމިރު
މިޔަންމާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 3,471 އަށް އަރައިފި

މިޔަންމާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 3,471 އަށް އަރައިފި

މިޔަންމާގައި ކުރިމަތިވި ބޮޑު ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 3,471 އަށް އަރައިފިކަމަށް އެ ޤައުމުގެ ސަރުކާރުގެ މީޑިއާއިން ހާމަކޮށްފިއެވެ. މާރިޗު 28 ވަނަ ދުވަހު ކުރިމަތިވި މި 7.7 މެގްނިޓިއުޑްގެ ބިންހެލުމުގައި 4,671 މީހުން ޒަޚަމްވެފައިވާއިރު، 214 މީހުން ގެއްލިފައިވާކަމަށް ވެސް ބުނެފައިވެއެވެ. ސަލާމަތްކުރުމުގެ މަސައްކަތްތަކުގައި ޝާމިލްވާ މިޔަންމާގެ އަދި ބޭރުގެ ޓީމުތަކުން މިހާތަނަށް ވަޅުލެވިފައިވާ 653 މީހުން ސަލާމަތްކޮށްފައިވާއިރު، 682 މަރުވެފައިވާ މީހުންގެ ހަށިގަނޑު ނަގާފައިވާކަމަށް ވެސް ސަރުކ...

އަޙްމަދު ދާއޫދު
އެމެރިކާއާއެކު މަޝްވަރާކުރުމުގެ މާނައެއް ނެތް: އީރާނު

އެމެރިކާއާއެކު މަޝްވަރާކުރުމުގެ މާނައެއް ނެތް: އީރާނު

އެމެރިކާއާއެކު ސީދާ މަޝްވަރާކުރުމަކީ “މާނައެއް ނެތް” ކަމެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވެއްޖެއެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާއެކު ސީދާ މަޝްވަރާކުރުމަށް އިސްކަންދޭނެ ކަމަށް ވިދާޅުވުމާ ގުޅިގެން އައި ބަޔާނެކެވެ. އާދިއްތަ ދުވަހު ދެއްވި ބަޔާނެއްގައި އަރަޤްޗީ ވިދާޅުވީ، “އދ. ގެ ޗާޓަރާ ޚިލާފަށް ބާރުގެ ބޭނުންކުރުމަށް އަބަދުވެސް އިންޒާރުދޭ އަދި އެކި އޮފިޝަލުން އެކި ގޮތްގޮތަށް ވާހަކަދައްކާ ފަރާތަކާއެކު ސީދާ މަޝްވަރާކުރުމަކީ މާނައެއް ނެތް ކަމެއް” ކަމަށެވެ. މީގ...

އަޙްމަދު ދާއޫދު
ޝަމްއާން ޝަރީއަތް ނިމެންދެން ބަންދަށް

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދަށް

ހައްޔަރު ކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މިދިޔަ މަހު ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތުކޮށެވެ.  ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރުކުރީ އޭނާގެ ބަންދަށް ކުރިން ދިން 15 […]

ހުސައިން ހަބީބް
އެންމެ ބައްޔެއް ވެސް ނުވެ ހަ މެޗު އޮއްވައި ޕީއެސްޖީން ލީގު ކާމިޔާބުކޮށްފި

އެންމެ ބައްޔެއް ވެސް ނުވެ ހަ މެޗު އޮއްވައި ޕީއެސްޖީން ލީގު ކާމިޔާބުކޮށްފި

މި ސީޒަންގައި ފްރާންސް ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ބާކީ ހަ މެޗު އޮއްވައި ފްރާންސް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. ޕީއެސްޖީން ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ކަށަވަރު ކޮށްފައިވަނީ، ރޭ އެންޖާސް އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 55 ވަނަ މިނިޓުގައި ޕީއެސްޖީއަށް ކާމިޔާބު ކޮށްދީފައިވަނީ ޒުވާން މިޑްފީލްޑަރ ޑުއޭ އެވެ. ލީގުގައި ބާކީ […]

އިބްރާހިމް ޚަލީލް
އަނަސްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރި މައްސަލަ ސުޕްރީމް ކޯޓަށް

އަނަސްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރި މައްސަލަ ސުޕްރީމް ކޯޓަށް

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ރ. މީދޫއަށް ނިސްބަތްވާ އަނަސްއަށް ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 2017 ވަނަ އަހަރު ހަމަލާދީ މަރާލި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ. މީގެ […]

ހުސައިން ހަބީބް
ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (ފުރަތަމަބައި)

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (ފުރަތަމަބައި)

ދޯނީގެ މިސްރާބު ހުރީ ރަށާ ދިމާލަށެވެ. އޭރު ކޮޅިގަނޑެއް ނަގަން އުޅޭކަމުގެ ނިޝާންތައް ވަށައިގެން ފެންނަން ފަށައިފިއެވެ. އުދަރެސްމަތި ބައްދާލައިފައިވަނީ ބޯ ކަޅު ވިލާތަކުންނެވެ. ވައި ބާރުވެ، ކަނޑުން ނަގާ ރާޅުތައް ބޮޑެތި ވާން ފަށައިފިއެވެ. ހަސަނާއެކު ދޯނީގައި ތިބި ހަތަރު ފަޅުވެރިން މަސައްކަތް ކުރަމުން ދިޔައީ، ބައެއް އެއްޗެހި ރައްކާކުރެވޭތޯއެވެ. ނަސީބު ދިމާކުރި ގޮތުން ވިލާގަނޑުގެ އެންމެ ގަދައިގައި ނުޖެހި، ރަށުގެ ފަޅުތެރެއަށް ދޯންޏަށް ވަދެވިއްޖެއެވެ. ނަމަވެސް އޭރު ފަޅުތެރެ ވެސް އޮތީ ވަރަށް ބޮޑަށް […]

ސަލާމާ ޢަބްދުލް ޢަލީމް
ރެއާލް ބަލިވުމުގެ ފައިދާ ބާސާއަށް ފުރިހަމައަށް ނުނެގުނު

ރެއާލް ބަލިވުމުގެ ފައިދާ ބާސާއަށް ފުރިހަމައަށް ނުނެގުނު

ސްޕެނިޝް ލަލީގާގެ ތައްޓަށް ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރަމުން އަންނައިރު ރޭ އަމިއްލަ ދަނޑުގައި ރެއާލް، ވެލެންސިއާގެ އަތްދަށުވިއިރު، ރެއާލް ބެޓިސް އިން ބާސާ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. ރޭ ރެއާލުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވެލެންސިއާއިން ވަނީ ފަހުވަގުތު ލަނޑުޖަހައި 2-1 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ 15 ވަނާގައި އޮތް ވެލެންސިއާއަށް މިއީ ލީގުގައި މި ސީޒަންގައި އަވޭ މެޗަކުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ. ރޭ މެޗުގައި ރެއާލުން ވަނީ […]

އިބްރާހިމް ޚަލީލް
ސިހުރު ހަދާކަމުގެ ތުހުމަތުގައި ކެޔޮދޫ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި

ސިހުރު ހަދާކަމުގެ ތުހުމަތުގައި ކެޔޮދޫ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި

ހއ. ހޯރަފުށީގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ސިހުރު ހެދުމުގެ ތުހުމަތުގައި ވ. ކެޔޮދޫ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ / ތިބުރޯޒުގެ، މުޙައްމަދު ޢަބްދުލްކަރީމް (34 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. މި މައްސަލައާ ގުޅިގެން މުޙައްމަދު ޢަބްދުލްކަރީމްގެ ބަންދާމެދު ގޮތެއް ނ...

އަލީ އާދިލް
އިންޑިއާގެ މޯލެއްގެ ހަތަރު ވަނަ ބުރިން ފުންމާލި ކުއްޖަކު މަރުވެއްޖެ

އިންޑިއާގެ މޯލެއްގެ ހަތަރު ވަނަ ބުރިން ފުންމާލި ކުއްޖަކު މަރުވެއްޖެ

އިންޑިއާގެ ޕަންޖާބުގެ ސިޓީއެއް ކަމުގައިވާ މޯހާލީގެ މޯލެއްގެ 4 ވަނަ ފަންގިފިލާއިން ފުންމާލި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. ހޮނިހިރު ދުވަހު ހެނދުނު މޯހާލީގެ މަޝްހޫރު ބެސްޓެކް ސްކުއެއަރ މޯލުގައި ހިނގި މިހާދިސާއާ ގުޅޭގޮތުން ޕޮލިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އަބްހިޖީތް ނަމަކަށް ކިޔާ މި ކުއްޖާ ހެނދުނު 9:14 ގައި މޯލުގެ 4 ވަނަ ފަންގިފިލާގައި ހުރި ބިއްލޫރި ރެއިލިންގ ކައިރީގައި ހިނގާފައި އުޅެނިކޮށް ފެންނަ ވީޑިއޯތަކެއް ވަނީ ފެތުރިފައެވެ. އޭނާ […]

އަޙްމަދު ދާއޫދު
ފަލަސްތީނުގެ މެޑިކަލް މުވައްޒަފުންތަކެއް ޝަހީދުކޮށްލި ވީޑިއޯއެއް

ފަލަސްތީނުގެ މެޑިކަލް މުވައްޒަފުންތަކެއް ޝަހީދުކޮށްލި ވީޑިއޯއެއް

ޣައްޒާގެ ދެކުނުގައި މާރޗް 23 ވަނަ ދުވަހު ފަލަސްތީނު 15 މެޑިކަލް މުވައްޒަފުން ޝަހީދުކޮށްލި މައްސަލައިގައި އިސްރާއީލް ސިފައިން ހަދާފައިވާ ދޮގު ހާމަކޮށްދޭ ވީޑިއޯއެއް ނިއު ޔޯކް ޓައިމްސްއިން ހޮނިހިރު ދުވަހު ޝާއިޢުކޮށްފިއެވެ. މި މައްސަލައިގައި އިސްރާއީލް ސިފައިން ފުރަތަމަ ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، މެޑިކަލް މުވައްޒަފުންގެ ވެހިކަލްތައް “ޝައްކުވާ ގޮތަކަށް” ކުރިއަށް ދިޔަ ކަމަށާއި، ހެޑްލައިޓްތަކާއި އިމަޖެންސީ ސިގްނަލްތައް ނުދައްކާ ކަމަށެވެ. އަދި މި ހަރަކާތް ކުރިން ކޯޑިނޭޓް ނުކުރާ ކަމަށެވެ. މީގެ އިތ...

އަޙްމަދު ދާއޫދު
އިޒްރޭލުން ގާޒާގެ ސްކޫލަކަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިޒްރޭލުން ގާޒާގެ ސްކޫލަކަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އަނިޔާވެރި އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ދާރުލް އަރްޤަމް ސްކޫލަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަމަލާގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރުވެ އެތަކެއް ބަޔަކު ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން، ސަޢޫދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ގާޒާގައި ހިންގާ ބޭސްފަރުފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް އިޒްރޭލުން ދިން ހަމަލާވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށް...

އަލީ އާދިލް
އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އަލުން ގުޅުން: ނަޝީދު

އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އަލުން ގުޅުން: ނަޝީދު

އެންމެ ރަނގަޅު ގޮތަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާ ދަ ޑިމޮކްރެޓްސް އަލުން ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މީސްމީޑިއާގަައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ނަޝީދު ވިދާޅުވީ ރާއްޖެއާ އެމްޑީޕީއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ގުޅުން ކަމަށެވެ. އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް ނަޝީދު މިފަދައިން ޕޯސްޓެއް މި ކުރެއްވިއިރު ކުރިއަށް އޮތް ރިޔާސީ […]

އަލީ އާދިލް
ދެ ހަފްތާގެ މުއްދަތަށް ބެޓްރީ ދެމިހުންނަ ސްމާޓް ވޮޗެއް

ދެ ހަފްތާގެ މުއްދަތަށް ބެޓްރީ ދެމިހުންނަ ސްމާޓް ވޮޗެއް

ދެ ހަފްތާގެ މުއްދަތަށް ބެޓްރީ ދެމިހުންނަ ސްމާޓް ވޮޗެއް އެމެރިކާގައި ނެރެފިއެވެ. އެމޭޒްފިޓް ކުންފުނިން އެންމެ ފަހުން ތައްޔާރުކުރި ސްމާޓް ވޮޗް، އެމޭޒްފިޓް ބިޕް 6 ނެރެފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. މި ސްމާޓް ވޮޗްގައި 1.97 އިންޗީގެ އެމޯލެޑް ސްކްރީނެއް ހިމެނޭއިރު، ބްލޫޓޫތު މެދުވެރިކޮށް ފޯނު ކޯލްތައް ކުރެވޭނެއެވެ. މީގެ އިތުރުން ހިތުގެ ވިންދު، ނިދި، ލޭގައި އޮކްސިޖަން ހުރި މިންވަރު އަދި ސްޓްރެސް ފަދަ ސިއްހީ މަޢުލޫމާތުތައް ބެލޭނެއެވެ. މި ސްމާޓް ވޮޗްގައި […]

އަޙްމަދު ދާއޫދު