މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ރައީސް މުޢިއްޒު އައިއައިޔޫއެމްގައި ތަޤުރީރުކުރައްވައިފި

ރައީސް މުޢިއްޒު އައިއައިޔޫއެމްގައި ތަޤުރީރުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) ގައި މިއަދު ތަޤުރީރުކުރައްވައިފިއެވެ. އައިއައިޔޫއެމް އިން “އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް” ގެ ދާއިރާއިން ރައީސް މުޢިއްޒަށް އެރުވި ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނަރަރީ ޑިގްރީއާ ހަވާލުވެވަޑައިގަތުމަށްފަހު، “އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން” މ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ މަގުތައް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ %83 މަސައްކަތް ނިމިއްޖެ: މިނިސްޓްރީ

ކުޅުދުއްފުށީގެ މަގުތައް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ %83 މަސައްކަތް ނިމިއްޖެ: މިނިސްޓްރީ

ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް %83 އަށް ނިމިއްޖެކަމަށް ކޮންޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ. ސަރުކާރުން، ކުޅުދުއްފުށީގެ މަގުތައް ތަރައްޤީ ކުރުމުގެ ދެވަނަ ފޭސްގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓްކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. އަދި މިހާތަނަށް ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ރަށުގެ އަމީނީމަގު ހިމެނޭހެން 13 ބޮޑު މަގެއް ޒަމާނީ ފެންވަރަށް ފެތޭނެހެން ތަރައްޤީކޮށްފައިވެއެވ...

އައިޝަތު އައިނީ އާމިރު
ރައީސަށް މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި

ރައީސަށް މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި

މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު މިއަދު އަރުވައިފިއެވެ. މި ޝަރަފު ރައީސް މުއިއްޒަށް އެރުވީ އެމަނިކުފާނު މިހާރު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ރައީސް މުއިއްޒަށް މި ޝަރަފު އެރުއްވީ އައިއައިޔޫއެމްގެ ކޮންސްޓިޓިއުޝަނަލް ހެޑް، ޓެންކޫ އަޒީޒާ އައިމިނާ މައިމޫނާއެވެ. މި ޝަރަފު އެރުވީ ޑޮކްޓަރ އޮފް ފިލޮސޮފީއި...

ޔުމްނާ ޢަލީ
ޝަމްއާން ބަންދުކުރަން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުކޮށްފި

ޝަމްއާން ބަންދުކުރަން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ. މިދިޔަ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން […]

ހުސައިން ހަބީބް
ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މީހާ ހައްޔަރުކޮށްފި

ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މީހާ ހައްޔަރުކޮށްފި

މިދިޔަ އާދީއްތަ ދުވަހު މާލޭގެ ކެފޭއެއްގެ ބިއްލޫރި ރެކެއް ތަޅާލި މައްސަލާގައި ހިމެނޭ މީހާ މިއަދު ހައްޔަރުކޮށްފިއެވެ. އާދީއްތަ ދުވަހު ފުލުހުން ބުނިގޮތުގައި މާލޭގެ ކެފޭއެއްގެ ބިއްލޫ ރެކެއް ތަޅާލި މައްސަލައެއް އެދުވަހުގެ ހެނދުނު 8:56 ގައި އެ އިދާރާއަށް ރިޕޯޓްކޮށްފައިވެއެވެ. އެ މައްސަލާގައު ތުހުމަތުކުރެވޭ 49 އަހަރުގެ މުޙައްމަދު ރަޒީން (މ. ސްޓާރ / ކ. މާލެ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ. މިއަދު ހެނދުނު ކޯޓަށް ހާޒިރުކުރެވުނު ރަޒީންގެ ބަންދާމެދު […]

ޔުމްނާ ޢަލީ
ފްލެޓާއި ގޯތި ދޫކުރި މައްސަލާގައި އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލްކޮށްފި

ފްލެޓާއި ގޯތި ދޫކުރި މައްސަލާގައި އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލްކޮށްފި

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. މިދިޔަ އަހަރު އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށާފައިވާ ތަހުގީގުގެ ބޭނުމަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އަކްރަމްގެ ޕާސްޕޯޓް ފުރަތަމަ ހިފެހެއްޓީ މިދިޔަ އަހަރުގެ ޑިސެމްބަރު 20 އިން ފެށިގެން އެއް މަސް ދުވަހަށެވެ. ނަމަވެސް، […]

ހުސައިން ހަބީބް
ކުޅުދުއްފުށި އުތުރު ބަނަދަރުން ސަޕްލައި ފެން ދޫކުރުމުގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށި އުތުރު ބަނަދަރުން ސަޕްލައި ފެން ދޫކުރުމުގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށި ސިޓީގެ އުތުރު ބަނދަރުން ސަޕްލައި ފެން ދޫކުރުމުގެ ޙިދުމަތް ސިޓީ ކައުންސިލުން ފަށައިފިއެވެ. އެގޮތުން ފެން ދޫކުރާ ކިއޮސްކް ޤާއިމްކޮށްފައިވަނީ މަސްމާރުކޭޓު ސަރަހައްދުގެ އިތުރުން ރަށުގެ ބަނދަރުގެ އުތުރު ކޮޅުގައެވެ. ފެން ދޫކުރާ އަގުގެ ގޮތުގައި ސިޓީ ކައުންސިލުން ކަނޑައަޅާފައި ވަނީ ކޮންމެ ކިއުބިކް މީޓަރެއްގެ ފެނަށް 135 ރުފިޔާ އެވެ. ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވާގޮތުން، ސަޕްލައި ފެނުގެ ޙިދުމަތް މި ސަރަހައްދުތަކުން ލިބޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 6 އިން ދަންވަރު […]

އައިޝަތު އައިނީ އާމިރު
"އަންހެންވެރިންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފަށައިފި

"އަންހެންވެރިންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފަށައިފި

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އިންތިޒާމުކޮށް ކުރިއަށްގެންދާ “އަންހެންވެރިންގެ ސައްލާ” މަސައްކަތު ބައްދަލުވުން މިއަދު ފަށައިފިއެވެ. މި މަސައްކަތު ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. “އަންހެންވެރިންގެ ސައްލާ” އަކީ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން ސިޓީތަކާ ބެހޭ ވުޒާރާއިން ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެކެވެ. މި ސައްލާގައި މާލެ އަތޮޅާއި، އަރިއަތޮޅު އު...

ޔުމްނާ ޢަލީ
ފަންނީ ކޯސްތަކުގައި ކިޔެވުމަށް، ހއ.އަތޮޅު ކައުންސިލުން މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފަންނީ ކޯސްތަކުގައި ކިޔެވުމަށް، ހއ.އަތޮޅު ކައުންސިލުން މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ.އަތޮޅު ކައުންސިލުން، ކޮލެޖު އަދި ޔުނިވަސިޓީގެ ކޯސްތަކުގައި ކިޔަވާ ހއ.އަތޮޅުގެ ކައުންސިލްތަކުގެ 2 މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމުގެ އެއްބަސްވުންތަކުގައި އިއްޔެ ސޮއިކޮށްފިއެވެ. ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމަށް ހއ. އަތޮޅު ކައުންސިލުން ނިންމީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 149 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިގޮތުން މި އަހަރު އެ ކައުންސިލުން ހިންގުމަށް ނިންމާފައިވާ ޙަރަކާތްތަކ...

ޔުމްނާ ޢަލީ
ގެއްލިގެން ހޯދަމުންދިޔަ ދޯނި ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ދޯނި ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ، ފަސް މީހުންނާއެކު ދަތުރުކުރި ދޯނި ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި “ބްރިލިއަންޓް ކެރިއަރ” ނަމަކަށް ކިޔާ ދޯންޏެކެވެ. ފުލުހުން ބުނިގޮތުގައި މި ދޯނި ރޭ ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ފެނިފައިވާކަމަށް ކޯސްޓް ގާޑުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ. ”ދޯނި ވަނީ އިންޖީނު ހުއްޓިފައި. ދޯންޏަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ. ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު.” ފުލުހު...

ޔުމްނާ ޢަލީ
ޤައުމުން ބޭރުގައި އުޅޭ އިރުވެސް އިސްލާމްދީނާއި ދިވެހިވަންތަކަން ހިފެހެއްޓުމަށް ރައީސްގެ އިލްތިމާސެއް

ޤައުމުން ބޭރުގައި އުޅޭ އިރުވެސް އިސްލާމްދީނާއި ދިވެހިވަންތަކަން ހިފެހެއްޓުމަށް ރައީސްގެ އިލްތިމާސެއް

ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި ރައްޔިތުން، އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހިވަންތަކަން ހިފެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ބޭރު ޤައުމުތަކުގައި ދިރިއުޅޭއިރު ބައެއް ފަހަރު ދީނުގެ ހަމަތައް ދޫކޮށްލެވޭ ކަމަށް ފާހަގަކުރައްވައި، އިސްލާމްދީނުގެ...

ޔުމްނާ ޢަލީ
ޗެޓްޖީޕީޓީ-4އޯ މޮޑެލް އަޕްޑޭޓް ކުރިފަހުން އިތުރު މައްސަލަތަކެއް

ޗެޓްޖީޕީޓީ-4އޯ މޮޑެލް އަޕްޑޭޓް ކުރިފަހުން އިތުރު މައްސަލަތަކެއް

އޯޕަން އޭއައި ކުންފުނިން ޖީޕީޓީ-4އޯ އަޕްޑޭޓްކުރުމުން ނުރަނގަޅު ނަތީޖާއަކާ ކުރިމަތިވެއްޖެއެވެ. އޯޕަން އޭއައި ކުންފުނިން ވޭތުވެދިޔަ ހޮނިހިރު ދުވަހު ޖީޕީޓީ-4އޯ މޮޑެލް އަޕްޑޭޓް ކުރިއެވެ. މި އަޕްޑޭޓްގެ ބޭނުމަކީ ޗެޓްޖީޕީޓީގެ ހިލޭ ވަރޝަން ބޭނުންކުރާ ފަރާތްތަކަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އޭގެ ބުއްދި އަދި ޝަޚްޞިއްޔަތު ފުރިހަމަކުރުމަށެވެ. ނަމަވެސް، އާދީއްތަ ދުވަހު ކުންފުނިން ހާމަކުރި ގޮތުގައި މި އަޕްޑޭޓަކީ އުންމީދުކުރިވަރަށް ކާމިޔާބު ނުވި އަޕްޑޭޓެކެވެ. އޯޕަން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން އ...

އަޙްމަދު ދާއޫދު
ސްޕެއިން އާއި ޕޯޗުގަލް އަށް ދިމާވި ކަރަންޓު ބޮޑު މައްސަލައަށްފަހު ކަރަންޓް ދޭންފަށައިފި

ސްޕެއިން އާއި ޕޯޗުގަލް އަށް ދިމާވި ކަރަންޓު ބޮޑު މައްސަލައަށްފަހު ކަރަންޓް ދޭންފަށައިފި

ސްޕެއިން އަދި ޕޯޗުގަލްއަށް ދިމާވެފައިވާ ބޮޑު ކަރަންޓު ކެނޑުމަކަށްފަހު، ހޯމަ ދުވަހުގެ ހަވީރު ވަނީ ބައެއް ސަރަޙައްދުތަކަށް ކަރަންޓު އަލުން ފޯރުކޮށްދޭން ފަށާފައެވެ. މި ކަރަންޓު ކެނޑުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމު ހުއްޓި، ވައިގެ ދަތުރުތައް ލަސްވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މި ކަރަންޓު ކެނޑުމުގެ އަސަރު ވަގުތީގޮތުން ފްރާންސްއަށްވެސް ކޮށްފައިވާކަން ރިޕޯޓުތަކުން ދައްކައެވެ. މި ކަރަންޓު ކެނޑުމުގެ ސަބަބު ބެލުމަށް ސަރުކާރުތަކުގެ ފަރާތުން މަސައްކަތްކުރަމުންދާއިރު، މިހާތަނަށް މިކަން ދިމާވި ސަބަބެއ...

އަޙްމަދު ދާއޫދު
ޣައްޒާއިން މިހާތަނަށް 18،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފި

ޣައްޒާއިން މިހާތަނަށް 18،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފި

ޣައްޒާއިން މިހާތަނަށް 18،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފި ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން އާދީއްތަ ދުވަހު ބުނެފިއެވެ. މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންގެ އިތުރުން 12,400 އަންހެނުން ވެސް ޝަހީދުވެފައިވާ ކަމަށެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ން ފެށިގެން ހިނގަމުންދާ މި ހަނގުރާމައިގައި 2,180 އާއިލާ މުޅިން ނެތިގޮސްފައިވާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ 5,070 އާއިލާއިން މިހާރު ދިރިއުޅެނީ އެންމެ މެންބަރެއް ކަމަށެވެ....

އަޙްމަދު ދާއޫދު
އުރީދޫން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ފަށައިފި

އުރީދޫން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ފަށައިފި

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗް ގެންގުޅުއްވާ ކަސްޓަމަރުންނަށް އީސިމްގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ. އުރީދޫ މޯލްޑިވްސްއިން މިއަދު ބުނެފައިވަނީ، މިހާރު ކުރިއަށްދާ ޚާއްޞަ އޮފަރގެ ދަށުން ޚިދުމަތް ނަންގަވާ ފަރާތްތަކަށް 6 މަސްދުވަހުގެ ހިލޭ އެޕަލް ވޮޗް ސެލިއުލަރ ޚިދުމަތް ލިބޭނެ ކަމަށެވެ. މި ޚާއްޞަ އޮފަރގެ މުއްދަތަށްފަހު، މަހަކު 200 ރުފިޔާއަށް ޚިދުމަތް ލިބޭނެއެވެ. އުރީދޫއިން އިތުރަށް ހާމަކޮށްފައިވަނީ، އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް […]

އިބްރާހިމް އަސްވާޤް