ސްޓެލްކޯއިން ބޮޑުފޮޅުދޫގައި ޤާއިމްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި
އއ. ބޮޑުފޮޅުދޫގައި ސްޓެލްކޯއިން ޤާއިމްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. މި އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާއި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ އިތުރުން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމްއެވެ. މި ރަސްމިއްޔާތަށް ފަހު، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ ވިދާޅުވީ މިއީ ބޮޑުފޮޅުދޫ ރައްޔިތުންގެ ދުވަސްވީ އުއްމީދެއް ކަމަށެވެ. މިހާރު އެރަށުގައި އިންޖީނުގެ ސްކޫލާއި އިންވެގެން އިނުމުގެ ސަބަބުން ދަރި...