މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ދެކުނު އެފްރިކާގައި ހަ އަހަރުގެ ދަރިފުޅު ވިއްކާލި މައްމަގެ މައްޗަށް ކުށް ސާބިތުވެއްޖެ

ދެކުނު އެފްރިކާގައި ހަ އަހަރުގެ ދަރިފުޅު ވިއްކާލި މައްމަގެ މައްޗަށް ކުށް ސާބިތުވެއްޖެ

ދެކުނު އެފްރިކާގައި ހަ އަހަރުގެ ދަރިފުޅު ވިއްކާލި މައްމަގެ މައްޗަށް ކުޑަކުދިން ޓްރެފިކްކުރުމާއި ވަގަށް ނެގުމުގެ ކުށް ސާބިތުވެއްޖެއެވެ. ކުޑަކުއްޖާ ވިއްކާލި މައްސަލައިގައި އެ ކުއްޖާގެ މަންމައާއި އިތުރު ދެ މީހަކު ކުށްވެރިވެރިވެފައިވާ ކަމަށް ކޯޓުން ހުކުމް ކޮށްފައިވާއިރު، މި މައްސަލައަކީ ފާއިތުވި އަހަރު އެ ކުއްޖާ ގެއްލުނު ފަހުން ޤައުމީ ސަމާލުކަން ލިބުނު މައްސަލައެކެވެ. ޖޮޝްލިން ސްމިތު (6 އަހަރު) ގެއްލުނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު، ވެސްޓަން ކޭޕް ޕްރޮވިންސްގެ ސަލްދާނާ […]

އަޙްމަދު ދާއޫދު
ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ހިއްސާކުރާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވެފައިވަނީ، އޭ.އައިގެ ޒަމާނުގެ ފުރުޞަތުތަކާއި ގޮންޖެހުންތަކާ ދުނިޔެ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި، ޑިމޮކްރަސީގެ އެއް ތަނބު ކަމުގައިވާ ނޫސްވެރިކަމުގެ މިނިވަންކަން...

ޔުމްނާ ޢަލީ
އާޖެންޓީނާގެ ދެކުނަށް ބާރުގަދަ ބިންހެލުމެއް އައުމާއެކު ޗިލީގައި ސުނާމީގެ އިންޒާރު

އާޖެންޓީނާގެ ދެކުނަށް ބާރުގަދަ ބިންހެލުމެއް އައުމާއެކު ޗިލީގައި ސުނާމީގެ އިންޒާރު

އާޖެންޓީނާގެ ދެކުނަށް ބާރުގަދަ ބިންހެލުމެއް އައުމާއެކު ޗިލީގައި ސުނާމީގެ އިންޒާރު ދީފިއެވެ. ޗިލީގެ އިދާރާތަކުން ސުނާމީގެ އިންޒާރު ދީފައިވާއިރު، އެންޓާކްޓިކާ އަދި މެގަލަންސް ސަރަޙައްދުގެ ގޮނޑުދޮށުގެ އެންމެހައި ސަރަޙައްދުތައް ހުސްކުރުމަށް ވަނީ އަމުރުކޮށްފައެވެ. މިއީ ހުކުރު ދުވަހު އާޖެންޓީނާގެ ދެކުނަށް އައި ރިކްޓަރ ސްކޭލް 7.4 ގެ ބޮޑު ބިންހެލުމެއް އައުމާ ގުޅިގެން ނެރުނު އަމުރުތަކެކެވެ. ޔޫ.އެސް ޖިއޮލޮޖިކަލް ސަރވޭގެ ރިޕޯޓުގައިވާ ގޮތުން، މި ބިންހެލުން އައީ ހުކުރު ދުވަހު ޖީއެމްޓީ އިން 12:58 ގައެވެ. މި [...

އަޙްމަދު ދާއޫދު
ޤައުމީ ބީޗް ހޭންޑްބޯލް ޓީމް އޮމާނަށް، ރާއްޖެ ތަމްސީލުކުރަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ޓީމެއް

ޤައުމީ ބީޗް ހޭންޑްބޯލް ޓީމް އޮމާނަށް، ރާއްޖެ ތަމްސީލުކުރަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ޓީމެއް

އޮމާންގައި ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ ބީޗް ހޭންޑްބޯލް އޭސިއަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ޤައުމީ ބީޗް ހޭންޑްބޯލް ޓީމް މާދަމާ ފުރުމަށް ހަމަޖެހިއްޖެއެވެ. މެއި 6 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަން ވާދަކުރަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ޓީމެކެވެ. މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޓީމު އެކުލަވާލައި ޓީމުގެ ފަރިތަކުރުންތައްވެސް ކުރިޔަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީގައެވެ. ހޭންޑްބޯލް އެސޯސިއޭޝަން އިން ފާހަގަކޮށް ބުނެފައިވަނީ މިފަދަ ޓީމެއް އެކުލަވާލަނ...

އައިޝަތު އައިނީ އާމިރު
ރައީސް މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސް މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިރޭ ބުނެފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވީ، މި ބައްދަލުވުން އޮންނާނީ މާދަމާ (3 މެއި 2025) ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ. 17 އޭޕްރިލް 2025 ގައި  “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މެއި 3 ގައި […]

ޔުމްނާ ޢަލީ
ރައީސް ދަރިކަނބަލުންގެ ނަމުގައި ފަތުރަނީ ފޭކު ސްކްރީންޝޮޓެއް: އާޒިމާ

ރައީސް ދަރިކަނބަލުންގެ ނަމުގައި ފަތުރަނީ ފޭކު ސްކްރީންޝޮޓެއް: އާޒިމާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސްކްރީންޝޮޓަކީ ދޮގު އެއްޗެއްކަމަށް އެ އާއިލާގެ ޤާނޫނީ ވަކީލު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެއެވެ. އާޒިމާ ޝަކޫރު މިފަދައިން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އާޒިމާ ވިދާޅުވެފައިވަނީ، އިއްޔެ ރޭ ހައްޔަރުކުރެވުނު ޕްރޮޓެސްޓަރަކާ ބެހޭގޮތުން ޔާސްމީން މުޙައްމަދު މުޢިއްޒުގެ އިންސްޓަގްރާމުން ކަމަށް ބުނެ ދައުރުވަމުންދާ ސްކްރީންޝޮޓަކީ ދޮގ...

ޔުމްނާ ޢަލީ
ފަންނުވެރި އަންހެން ލީޑަރުންނަށް ޙާއްސަކޮށްގެން ކުޅުދުއްފުށީގައި ބޭއްވި ޕްރޮގަރާމް ނިންމާލައިފި

ފަންނުވެރި އަންހެން ލީޑަރުންނަށް ޙާއްސަކޮށްގެން ކުޅުދުއްފުށީގައި ބޭއްވި ޕްރޮގަރާމް ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ބޭއްވި “އިސްވާރު – ވިމެން އިން ލޯކަލް ގަވަނެންސް” ޕައިލެޓް ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައި، މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މަހު 24 އިން 30 އަށް ބޭއްވި މި 7 ދުވަހުގެ ޕްރޮގަރާމުގައި އުތުރުގެ އަތޮޅުތަކުން 35 ފަންނުވެރި އަންހެން ލީޑަރުން ބައިވެރިވެފައިވެއެވެ. އެގޮތުން މި ޕްރޮގަރާމް ހިންގައި ކުރިއަށް ގެންދިޔައީ، ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޔޫއެންޑީޕީ، ލޯކަލް ގަވަރމަންޓ އޮތޯރިޓީ، މޯލްޑިވްސް އިންސިޓިޓިއުޓް އޮފް ލޯކަލް ގަވަނަންސްގެ […]

އައިޝަތު އައިނީ އާމިރު
ޝަހީމް އަދާލަތު ޕާޓީ އަށް އަލުން ސޮއިކުރަށްވައިފި

ޝަހީމް އަދާލަތު ޕާޓީ އަށް އަލުން ސޮއިކުރަށްވައިފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފިއެވެ. މި ސަރުކާރު އެންމެ ހިންގުންތެރި އެއް ވަޒީރުކަމުގައި ގިނަބަޔަކު ފާހަގަކުރާ ޝަހީމް މިކަން ޢިއުލާންކުރެއްވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. “މާތް ﷲ ގެ ހަޟްރަތުން ވާގި އެދި އަދާލަތު ޕާޓީ އަށް މެމްބަރުކަމުގެ ފޯމު ހުށަހަޅައިފިން،” އެ ޕޯސްޓްގައި ޝަހީމް ވިދާޅުވެފަވެއެވެ. ޝަހީމް އަކީ އަދާލަތު ޕާޓީގެ އެންމެ އިސް މުއައްސިސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޕީޕީ...

ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް: ރައީސް 

ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް: ރައީސް 

ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި، ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ވަރލްޑް ޓޫނާ ޑޭގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ ‘އެކްސް’ އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުޢިއްޒު އެ ޕޯސްޓުގައި، މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެއާއިދުވާލު މަސައްކަތްކުރާ އެންމެހައި ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނި...

ޔުމްނާ ޢަލީ
ވާވޭގެ އޭއައި ގާބިލްކަން އިތުރުވާތީ އެންވީޑިއާއިން ކަންބޮޑުވުން ފާޅުކޮށްފި

ވާވޭގެ އޭއައި ގާބިލްކަން އިތުރުވާތީ އެންވީޑިއާއިން ކަންބޮޑުވުން ފާޅުކޮށްފި

ވާވޭ ޓެކްނޮލޮޖީސް ކޯޕަރޭޝަންގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޤާބިލިއްޔަތު އިތުރުވަމުންދާތީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގ، ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ އެމެރިކާގެ ކޮންގްރެސްގެ ސީނިއަރ ކޮމިޓީ މުވައްޒަފެކެވެ. ބުރާސްފަތި ދުވަހު ބޭއްވުނު މި ސިއްރު ބައްދަލުވުމުގައި، އެންވިޑިއާގެ އިސްވެރިންނާއި އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މެންބަރުން ބައިވެރިވިއެވެ. މި...

އަޙްމަދު ދާއޫދު
އިނގިރޭސި ދެ ޓީމުން ޔޫރޮޕާ ލީގުގެ ފައިނަލާއި ގާތަށް ޖެހިލައިފި

އިނގިރޭސި ދެ ޓީމުން ޔޫރޮޕާ ލީގުގެ ފައިނަލާއި ގާތަށް ޖެހިލައިފި

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތައް ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، އިނގިރޭސި ޕްރިމިއާ ލީގަށް ނިސްބަތްވާ ދެ ޓީމްކަމަށްވާ ޓޮޓެންހަމްއާއި މެންޗެސްޓާ ޔުނައިޓެޑުން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ރޭ ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ޖަހައިދިނީ ކަސެމީރޯއެވެ. ޔުނައިޓެޑްގެ ދެވަނަ ލަނޑު 37 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
ޣައްޒާގައި 423،000 އަށްވުރެ ގިނަ މީހުން ހިޖުރަކުރަން މަޖުބޫރުވެއްޖެ: އދ

ޣައްޒާގައި 423،000 އަށްވުރެ ގިނަ މީހުން ހިޖުރަކުރަން މަޖުބޫރުވެއްޖެ: އދ

ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ 423،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ތަނެއް ނެތި ހިޖުރަކުރަން މަޖުބޫރުވެއްޖެ ކަމަށް އދ.އިން ބުނެފިއެވެ. ޣައްޒާގައި އިސްރާއީލުގެ ހަނގުރާމަވެރި ޢަމަލުތައް އިތުރުވަމުން ދާއިރު، އެ ސަރަހައްދުގައި އިންސާނީ އެހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އދ އިން ބުރާސްފަތި ދުވަހު ވަނީ އިންޒާރު ދީފައެވެ. އދ ގެ ތަރުޖަމާނު ސްޓެފާން ދުޖާރިކް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، “އިންސާނީ އެހީގެ މަސައްކ...

އަޙްމަދު ދާއޫދު
ފްރާންސްގެ މިސްކިތެއްގައި މުސްލިމަކު ޝަހީދުކޮށްލުމުން މެކްރޯން ވިދާޅުވީ ނަފްރަތަށް ޖާގަ ނުދެއްވާނެކަމަށް

ފްރާންސްގެ މިސްކިތެއްގައި މުސްލިމަކު ޝަހީދުކޮށްލުމުން މެކްރޯން ވިދާޅުވީ ނަފްރަތަށް ޖާގަ ނުދެއްވާނެކަމަށް

ފަރަންސޭސިވިލާތުގެ ދެކުނުގައި ހުންނަ މިސްކިތެއްގައި މުސްލިމަކު ނަމާދަށް ހުއްޓައި ޝަހީދުކޮށްލާފައިވާއިރު، މި އަނިޔާވެރި މަރާ ގުޅިގެން، ފަރަންސޭސިވިލާތުގައި ނަސްލީ ތަފާތުކުރުމާއި ނަފްރަތަށް ޖާގައެއް ނޯންނާނެ ކަމަށް އެޤައުމުގެ ރައީސް އެމެނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ. މިދިޔަ ހުކުރު ދުވަހު ގާޑް ސަރަޙައްދުގެ ލަ ގްރޭންޑް-ކޯމްބް ރަށުގައި ހުންނަ މިސްކިތެއްގައި ހިނގި މިހާދިސާގައި، ޢުމުރުން 20 އަހަރުގެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން އެތައް ފަހަރު މަތިން ހަމަލާދީ މަރާލާފައެވެ. އަދި ހަމަލާދިން މީހާ އިސް...

އަޙްމަދު ދާއޫދު
އައިޖީއެމްއެޗް އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެ، މިހާރު ފެތުރުން ކޮންޓްރޯލްކޮށްފި

އައިޖީއެމްއެޗް އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެ، މިހާރު ފެތުރުން ކޮންޓްރޯލްކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ) އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނި، އެ ބެކްޓީރިއާ ފެތުރުން ކޮންޓްރޯލްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ. މީސްމީޑިއާ ގައި އައިޖީއެމްއެޗް އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެންއައިސީޔޫގައި ތިބި ނާޒުކު ހާލަތުގައިވާ މަދު ކުދިންތަކެއްގެ ކިބައިން ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެއް ނުވަތަ މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ފެނިފައިވާ ކަމަށެ...

އަލީ އާދިލް
އުރީދޫގެ އުމްރާ ދަތުރު ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި

އުރީދޫގެ އުމްރާ ދަތުރު ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި

އުރީދޫ މޯލްޑިވްސް ގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްދާ “ލިވް އަންލިމިޓެޑް” ކެމްޕެއިންގެ ދަށުން ތަޢާރަފުކުރި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީ ޑްރޯ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި އެވެ. ފުރަތަމަ އުމްރާ ދަތުރުގެ ނަސީބުވެރިޔާއަކީ އަޙްމަދު ސައްދާމް ކަމަށް އުރީދޫއިން ހާމަކޮށްފައިވެއެވެ. މި ޕްރޮމޯޝަންގެ ދަށުން އަދިވެސް 18 އުމްރާ ދަތުރާއި، އެންމެ އަގުހުރި އިނާމުގެ ގޮތުގައި 2 މީހުންގެ ހައްޖު ދަތުރެއް ލިބުމުގެ ފުރުޞަތު އުރީދޫ ކަސްޓަމަރުންނަށް […]

އިބްރާހިމް އަސްވާޤް