ރާއްޖެ އާސަންދައިން އައިނު ހަދަންދޭ އެހީ 2000 ރުފިޔާއަށް ބޮޑުކޮށްފި އާސަންދައިން ނަންބަރު އައިނު ހެދުމަށް ދޭ އެހީގެ އަދަދު 2000 ރުފިޔާއަށް ބޮޑުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި އެކަން ރޭ ޢިއުލާންކުރަށްވައިފިއެވެ. މި ނިންމެވުން ރައީސް އިޢުލާންކުރެއްވީ، ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒުގެ މި ނިންމެވުމާ އެކު، ކުރިއަށް އޮތް ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ކޮންމެ ދެ އަހަރަކުން އެއްފަހަރު އާސަންދައިން ލޮލުގެ ނަންބަރު އައިނު ހެދުމަށް 2000 ރުފިޔާގެ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން ފުޅާދާއިރާއެއްގައި މަޝްވަރާކުރަން ޖެހޭ: އާޠިފް ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން ކައުންސިލްތަކާ އާންމު ރައްޔިތުންނާއެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭނެކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މި މަހު 24 އިން 26 އަށް މާލެ ސިޓީގައި ބޭއްވި ކައުންސިލް އެސޯސިއެޝަންގެ އަހަރީ އާންމު ކޮންފަރެންސް ނިންމާލުމަށްފަހު މޭޔަރ އާޠިފް ވިދާޅުވީ މި ކޮންފަރެންސްގައި ޤާނޫނަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ރާއްޖޭގެ ރައްޔިތުން އިތުރަށް ލާމަރުކަޒީ ނިޒާމުގެ ތެރެއަށް ބާރުވެރިކުރުވުމަށް ކުރެވިދާނ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ ''ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމަކީ ޙައްޖު ފުރިހަމައަށް އަދާކުރުމަށް ލިބޭ ފުރުޞަތެއް'' ދިވެހި ހައްޖާޖީންނަށް މިފަހަރު ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމަކީ ޙައްޖު އެންމެ ފުރިހަމައަށް އަދާކުރުމަށް ލިބޭ ފުރުޞަތެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ “ރައްޔިތުންނާއެކު” ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ހައްޖާޖީންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ރައީ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ވެރިއަކަށް ހުންނަވާ ބޭފުޅެއް ހައްޖުވުމަށް ސައޫދީން ދޭ ފުރުސަތަކީ ކޯޓާތެރެއިން ދާ ކަމެއްނޫން: ރައީސް ރާއްޖޭގެ ވެރިކަން ކުރާ ބޭފުޅުންނަށް ހައްޖުވުމަށް ސައޫދީ ޢަރަބިއްޔާއިން ދޭ ފުރުސަތަކީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ތެރެއިން ދޭ ފުރުސަތެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ “ރައްޔިތުންނާއެކު” ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ވެރިކަން ކުރާ ބޭފުޅުންނަށް ސައޫދީ ޢަރަބިއްޔާއިން ދޭ ޚާއްޞަ ފުރުސަތުތަކަކީ ރާއްޖެއަށް ލިބޭ އެއްހާސް ހައްޖު ކޯޓާގެ ތެރެއިން ދޭ ފުރުސ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ތައްޔާރު: ރައީސް ސިއްހީ ދާއިރާގެ ކުރިއެރުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން މި ސަރުކާރު އޮތީ ތައްޔާރަށްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ރޭ ކުރިއަށް ދިޔަ ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފުލާގައި ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ދަޢުވަތަކަށް ކަމަށް ރައީސ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ފްރާންސްގައި އާއްމުން ތަންތާންގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަނީ ފަރަންސޭސިވިލާތުގައި އާއްމުން ތަންތާންގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން ނިންމައިފިއެވެ. ކުޑަކުދިން ގިނައިން އުޅޭފަދަ ބޭރުގެ އާންމު ތަންތަން ކަމަށްވާ މޫދު ސަރަޙައްދާއި، ޕާކުތަކާއި، ބަސް ހުއްޓި އަދި ކުޅިވަރު ކުޅޭ ތަންތަން ފަދަ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ގާނޫނެއް ފަރަންސޭސިވިލާތުން ތައާރަފްކުރަން ވަނީ ނިންމައިފައެވެ. މިކަން ހާމަކުރެއްވީ އެގައުމުގެ ހެލްތު އެންޑް ފެމިލީ މިނިސްޓަރު ކެތްރީން ވަޓްރިން، ބުރާސްފަތި ދުވަހު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައެވެ. “ކު... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޔޫއޭއީގައި ޒަމްޒަމް ފެނުގެ ނަމުގައި އާދައިގެ ފެން ވިއްކި މީހަކު ހައްޔަރުކޮށްފި ޔޫއޭއީގެ ޝާރޖާގައި ސިޓީގައި ޒަމްޒަމް ފެނުގެ ނަމުގައި އަގުބޮޑުކޮށް އާދައިގެ ފެން ވިއްކި މީހަކު ހައްޔަރުކޮށްފިއެވެ. ފުޅާދާއިރާއެއްގައި މި ވިޔަފާރިކޮށްފައިވަނީ ދުބާއީ އާއި އަބޫދާބީ އަށް ފަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ތިން ވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ .ޝާރޖާގައި، ގޯއްޗެއްގެ ތެރޭގައި ގަވާއިދާ ހިލާފަށް ފެންފުޅި އުފައްދާ ކާރުޚާނާއެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޝާރޖާ ސިޓީ މުނިސިޕަލިޓީން، އެ އިދާރާގެ ކޮންޓްރޯލް އެންޑް އިންސްޕެކްޝަން ޑިޕާޓްމަންޓާއި ހެލްތު ކޮންޓްރޯލް އެންޑް ސޭފްޓީ ޑިޕާޓ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ ޑަބްލިއުއެޗްއޯގެ ހާއްސަ އެވޯޑް ރައީސަށް ރައީސް ޑރ. މުހައްމަދު، ދިވެހިރާއްޖޭގައި ދުންފަތާއި ދެކޮޅަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި، ކުރަށްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑު އެމަނިކުފާނަށް އަރުވައިފި އެވެ. ޑަބްލިޔުއެޗްއޯގެ ފަރާތުން ރައީސަށް މި އެވޯޑް އަރުވާފައި ވަނީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ރޭ ކުރިއަށް ދިޔަ ޚާއްޞަ ހަފްލާގައެވެ. ޑަބްލިޔުއެޗްއޯއިން ކޮންމެ އަހަރަކުވެސް، ދުންފަތުގެ އިސްތިޢުމ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެމެރިކާގެ ހުށަހެޅުމަށް ނަތަންޔާހޫ ތާއީދުކޮށްފި ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން ހުށަހެޅި އެމެރިކާގެ ހުށަހެޅުމަށް ނަތަންޔާހޫ ތާއީދުކުރާކަމަށް އޭނާ ބުނެފިއެވެ. ހަނގުރާމަ ހުއްޓާލައި ގައިދީން ބަދަލުކުރުމާ ގުޅޭގޮތުން، އެމެރިކާގެ މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ހުށަހެޅުއްވި އައުޓްލައިނަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ތާއީދުކުރާ ކަމަށް ބުނެފައިވާއިރު، އޭނާގެ ކެބިނެޓްގެ ދެ ވަޒީރަކުވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ. އެމެރިކާގެ ހުށަހެޅުމަށް ނަތަންޔާހޫ ތާއީދުކުރާކަމަށް ބުނީ ، ޣަ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އޭއީސީން ރެކޯޑް ދަމަހައްޓައި ޖެހިޖެހިގެން 3 ވަނަ އަހަރު ސްކޫލްތަކުގެ ފެތުމުގެ މުބާރާތުގެ 1 ވަނަ ހޯދައިފި ކުޅުދުއްފުށި ސިޓީ ކައުންސިލާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ތިންވަނަ ތިލަދުންމަތީ އިންޓަރ ސްކޫލް ފެތުމުގެ މުބާރަތުގެ 1 ވަނަ ހއ. އަތޮޅު އެޑިޔުކޭޝަން ސެންޓަރ (ހއ.އޭއީސީ) އިން ހޯދައިފިއެވެ. މިއީ މި ސްކޫލް މި މުބާރާތުގެ 1 ވަނަ ޖެހިޖެހިން ހޯދި ތިން ވަނަ އަހަރެވެ. މި މެއި މަހު 24 އިން 28 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި މުޅި ޖުމްލަ 16 ސްކޫލަކުން 309 ދަރިވަރުން ވަނީ […] އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ ދިވެހި ޙާޖީންނަށް ޚިދުމަތް ކުރުމަކީ ލިބޭ ޝަރަފެއް: މައްކާ ރޫޓު އިނީޝިއޭޓިވް ދިވެހި ޙާޖީންނަށް ޚިދުމަތް ކުރުމަކީ ލިބޭ ޝަރަފެއްކަމަށް މައްކާ ރޫޓު އިނީޝިއޭޓިވްއިން ބުނެފިއެވެ. ތިން ވަނަ ފްލައިޓުގައި މިއަދު ފުރި ޙައްޖުވެރންގެ ތެރެއިން ބައެއް ޙައްޖުވެރިންގެ ފޮޓޯއާއެކު މައްކާ ރޫޓު އިނީޝިއޭޓިވްގެ ރަސްމީ މީސްމީޑިއާ ވަސީލަތްތައް މެދުވެރިކޮށް މިއަދު އާއްމު ކުރި މެސެޖުގައި ބުނެފައިވަނީ “ތިޔަބޭފުޅުންނަށް ޚިދުމަތްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެކެވެ.” ކަމަށެވެ. މިއީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިން މައްކާއަށް ދަތުރުކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެ... އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ ބަންޑާރަނައިބުގެ އޮފީހުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބުގެ އޮފީހުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިޢުކުރައްވާތާ 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާ... އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ރާއްޖެ އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަންކޮށްފި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހު މިއަދު އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ވަނީ މިއަދު އެކަން ހާމަކޮށްފައެވެ. މަޝްހޫރު ވިޔަފާރިވެރިޔާ، ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހްގެ ދަރިކަނބަލުން މި މަގާމަށް ޢައްޔަނުކޮށްފައި ވަނީ މިއަދު ކަމަށް ޕީސީބީން ވަނީ ބުނެފައެވެ. އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ރާ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ކުރީ ސަރުކާރުގެ ލިސްޓުން ޝަރުތު ހަމަނުވާ މީހުން އުނިކޮށް، ސެޕްޓެމްބަރުގެ ނިޔަލަށް ފްލެޓް ހަވާލުކުރަނީ ހުޅުމާލޭގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރިއަށްދާ 4،000 ފްލެޓްގެ މަޝްރޫޢު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި، ފްލެޓްތައް ހައްގުވެރިންނާ ހަވާލުކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމުގައި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހާމަކުރެއްވި ގޮތުގައި މިހާތަނަށް 1،000 ފްލެޓްގެ އަމަލީ މަސައްކަތް ވަނީ ނިމިފައެވެ. މި ފްލެޓްތަކަށް އަސާސީ ހިދުމަތްތައް ކަމުގައިވާ ފެން، ނަރުދަމާ އަދި ކަރަންޓު ގުޅުމުގެ... އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި މޫސުން ގޯސްވުމާ ގުޅިގެން ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު މިރޭ 23:30 ގެ ނިޔަލަށް އިތުރުކޮށްފިއެވެ. މި ސަރަހައްދުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ. މި ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، ގުގުރުމުގެ އިހްތިމާލު އޮތް ކަމަށް ވެސް އެ އިދާރާއިން […] އަލީ އާދިލް · 1 އަހަރު ކުރިން