ޓްރަމްޕްގެ ސަރުކާރުން ވަކިވިކަން މަސްކް އިއުލާންކޮށްފި
ޓެކް ބިލިއަނަރު އީލޮން މަސްކް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަކިވެވަޑައިގެންނެވިކަން އިއުލާން ކުރައްވައިފިއެވެ. އޭނާ ވަނީ ފެޑެރަލް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް މަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. މިކަން އޭނާ އިއުލާން ކުރެއްވީ ބުދަ ދުވަހުގެ ހަވީރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައެވެ. “ޚާއްސަ ސަރުކާރުގެ މުވައްޒަފެއްގެ ގޮތުގައި އަޅުގަނޑުގެ މުއްދަތު ހަމަވުމާ ގުޅިގެން، ބޭކާރު ޚަރަދުތައް ކުޑަކުރުމަށް ފުރުސަތު...