ކުނި ވަކިކޮށްގެން މެނޭޖްކުރުމަށް ހޭލުންތެރިކުރުމަށް ކުޅުދުއްފުށީގައި ޕޯސްޓަރ ތައާރަފްކޮށްފި
ކުނި ވަކިކޮށްގެން މެނޭޖްކުރުމާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޕޯސްޓަރު ކުޅުދުއްފުށި ސިޓީގައި ތަޢާރަފް ކޮށްފިއެވެ. މި ޕޯސްޓަރ ތައާރަފްކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަދި ކައުންސިލް މެންބަރުންނާއި މުވައްޒަފުން ވަނީ ކުޅުދުއްފުށީ ކުނިކޮށި ސަރަހައްދައް އިއްޔެ ޒިޔާރާތްކޮށް ވެމްކޯގެ އިސްވެރިންނާއި މުވައްޒަފުންނާއި މެކްސް އާއި ގުޅިގެން މަސައްކަތްކޮށްފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި މަޝްރޫޢު އަކީ ސައުތް އޭޝިއާ ކ...