ކުޅިވަރު ސީޒަންގެ ފުރަތަމަ މެޗުގައި ލިވަޕޫލުން ބޯންމައުތުގެ މައްޗަށް ކުރިހޯދައިފި އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަން (2025/2026) ގެ ފުރަތަމަ މެޗު ރޭ ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ބޯންމައުތުގެ މައްޗަށް ކުރި ހޯދައިފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ލިވަޕޫލުންނެވެ. މި ލަނޑު 37 ވަނަ މިނެޓުގައި ޖަހައިދިނީ މި ސީޒަނަށް ލިވަޕޫލާއި ގުޅުނު އެކިޓީކޭއެވެ. އޭނާ މި […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަޖިލީހުގެ ރައީސް ކޭއާރުއެޗް އަށް އިޙްތިރާމުގެ ޒިޔާރަތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް އަބްދުއްރަހީމް އަބްދުﷲ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ޒިޔާރަތުގައި މަޖިލީހުގެ ރައީސް ވަނީ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނަޒީމާ އަލީ އާއި ސީނިއަރ މެނޭޖްމަންޓް ޓީމާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ހޮސްޕިޓަލުގެ މަސައްކަތްތަކާއި ކުރިއަށް ގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މަޖިލީހުގެ ރައީސް ވަނީ ހޮސްޕިޓަލުގެ އެކި ބައިތަކަށް ޒިޔާރަތްކުރައްވާ، ހޮސްޕިޓަލުގެ... އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ ނޫސްވެރިކަމުގެ އިނާމަށް 92 ހުށަހެޅުން، މިހާތަނަށް ލިބުނު އެންމެ ގިނަ ހުށަހެޅުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 92 ހުށަހެޅުން ލިބިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ. މިއީ މި އިނާމަށް މިހާތަނަށް ކުރިމަތިލީ އެންމެ ގިނަ އަދަދުކަން މަޢުލޫމާތު ލިބިފައިވެއެވެ. ނޫސްވެރިންގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމުގެ މަޤްޞަދުގައި ދެމުން އަންނަ މި އިނާމަށް މި އަހަރު 14 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އެވެ. މީގެ ތެރޭގައި ތަހުގީގީ ނޫސްވެރިކަމާއި، އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ […] އަލީ އާދިލް · 1 އަހަރު ކުރިން
ރިޕޯޓް އިސްރާއީލުން ފަލަސްތީނުގައި ޔަހޫދީން ވަޒަންވެރި ކުރުމުގެ އައު ޕްލޭނާމެދު ދުނިޔެ ދެކޭގޮތް އިސްރާއީލުން ފޭރިގަނެފައިވާ ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ ބިންތަކުގައި ގެދޮރު ޢިމާރާތްކުރުމުގެ އައު މަޝްރޫޢުއެއްފަށައި، ޔަހޫދީން ވަޒަންވެރިކުރުމުގެ ޕްލޭނެއް އިސްރާއީލްގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވަނީ ބުރާސްފަތި ދުވަހު ޢިއުލާންކޮށްފައެވެ. ”އީވަން (E1) ސެޓްލްމަންޓް ޕްރޮޖެކްޓް” ނަމުން ނަންދީފައިވާ މި މަޝްރޫޢުގެ ދަށުން ފޭރިގެންފައިވާ ހުޅަނގުއައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް 3،400 އަށްވުރެ ގިނަ ގެދޮރު އެޅުމަށް އިސްރާއީލުން ވަނީ ނިންމާފައެވެ. ”އީވަން ސެޓްލްމަންޓް ޕްރޮޖެކްޓ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ސައިކަލަކުންޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކު ނިޔާވެއްޖެ ލ. ކައްދޫގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓް އެ އިދާރާ އަށް ރިޕޯޓްކޮށްފައިވަނީ 15 އޯގަސްޓް 2025 ދުވަހުގެ ރޭ 19:18 ހާއިރު އެވެ. ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ލ. ފޮނަދޫ، ގަމަށް ދަތުރުކުރަމުންދިޔަ ސައިކަލެއް، ލ. ކައްދޫ އެއާޕޯޓަށް ދާ މަގުން ޒެބުރާ ކްރޮސްކޮށް މަގު ހުރަސްކުރަން އުޅުނު ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ޒެބުރާ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ތުރުކީން ހަދިޔާކުރި މަނަވަރު "ދަރުމަވަންތަ" ޤައުމީ ދިފާޢީ ބާރާ ހަވާލުކޮށްފި ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، “ދަރުމަވަންތަ” ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ މިރޭ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިކަމަށްޓަކައި ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ދިފާޢީ ވަޒީރު މުޙައްމަދު ޢައްސާން މައުމޫން އަދި ޗީފް އ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިވެހިން ފަލަސްތީނާއެކު ތިބިކަން އަނެއްކާވެސް ދައްކާލައިފި ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ޖައްބާރު އިސްރާޢީލުން ދެމުންދާ އަނިޔާތަކާއި ދެކޮޅުހަދައި، އެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ރާއްޖޭ އެކި ކަންކޮޅުތަކުގައި މިއަދު ދިވެހިންގެ ޝުޢޫރުތައް ބަންޑުންކޮށްލައިފިއެވެ. ދިވެހިންނަކީ ފެށުނީއްސުރެ އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށް އަޑު އުފުލައި ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ތިބިކަން ސާބިތުކޮށްދެމުން އަންނަ ބަޔެކެވެ. މީގެ ކުރީން ވެސް އިސްރާއީލުން ދެމުންދާ އަނިޔާއާއި ދެކޮޅަށް ފަލަސްތީނަށް އިންސާފު ހޯދައިދީ، ނަސްލު ނައްތާލުމާއި،... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅު މެޑިކަލް ކޭމްޕު ދިއްދޫގައި ފަށައިފި ހއ. އަތޮޅު ކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ މެޑިކަލް ކޭންޕެއް ދިއްދޫގައި މިއަދު ފަށައިފިއެވެ. މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި މެޑިކަލް ކޭމްޕުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ ޚާއްސަ މެޑިކަލް ޓީމެއް ބައިވެރިވެއެވެ. މި މެޑިކަލް ކޭމްޕުގައި ބަލިމީހުން ބެލުމަށް ޓްރީޓޮޕް ހޮސްޕިޓަލުގެ 7 ސްޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ބައިވެރިވާއިރު އޭގެތެރޭގައި ކަށީގެ ބަލިތަކާއި، ކަރުންމަތީގެ ބަލިތަކާއި ހިތުގެބަލިތަކުގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ހިމެނ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދެކުނު ޤުރްއާން މުބާރާތުގެ އެއްވަނަ، ވައިކަރަދޫ ދަރިވަރު އަލްޠާފް ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް ”ތިލަދެކުނު ޤުރްއާން މުބާރާތް 2025” ގެ ދަރިވަރުންގެ ބައިން އެއްވަނަ، ހދ. އަތޮޅު މަދަރުސާގެ ދަރިވަރު އަލްތޯފް މުޙައްމަދު ޝަފީޤު، ކަނބުރު، ހދ. ވައިކަރަދޫ ހޯދައިފި އެވެ. ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ. މަކުނުދޫގަ ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ސަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މި އަހަރުގެ މުބާރާތުގެ ސްކޫލްބައިން، މުޅި މުބާރާތުން އެއްވަނަ އަށް އިނާމް ހަވާލުކޮށްދެއްވީ މި ރަސްމި... އަލީ އާދިލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދެކުނު ޤުރުއާން މުބާރާތުގެ ގަދަ ތިން ވަނަ ކުޅުދުއްފުށި ސިޓީއަށް ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް ”ތިލަދެކުނު ޤުރްއާން މުބާރާތް 2025” ގަދަ ތިން ވަނަ ކުޅުދުއްފުށި ސިޓީއަށް ލިބިއްޖެ އެވެ. ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ. މަކުނުދޫގަ ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ސަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އެއްވަނަ އަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލް އެވެ. ދެވަނަ އަށް ހދ އަތޮޅު ތައުލީމީ މަރުކަޒު ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައިވަނީ އަފީފުއްދީން ސްކޫލް އެވެ. މި މުބާރާތުގައި ހދ.... އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ އިންޑިޔާއަކީ އަބަދުވެސް ރާއްޖޭގެ އިތުބާރުހުރި ތަރައްޤީގެ ބައިވެރިއެއް: ރައީސް އިންޑިޔާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އިތުބާރުހުރި ތަރައްޤީގެ ބައިވެރިއެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އިންޑިޔާގެ 77 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިޔާގެ ރައީސް ދްރޫޕަދީ މުރުމޫ އަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމުގެ ރައްޔިތުންނަށް އަރިސްކުރައްވަމުން، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ދުވަހުގެ ކުލަގަދަ ޖޯޝުން އިންޑިޔާގެ ރައްޔިތުންގެ ރޫޙާއި ކ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާގެ 14،800 ބަލިމީހުން ފުރާނަ ސަލާމަތްކުރުމަށް އެތަނުން ލިބެންނެތް އަވަސް ފަރުވާ ބޭނުންވޭ: ޑަބްލިޔުއެޗްއޯ އިސްރާއީލްގެ އަނިޔާވެރިކަމުގެ ދަށުގައިވާ ޣައްޒާގެ 14،800 އަށްވުރެ ގިނަ ބަލިމީހުން ފުރާނަ ސަލާމަތްކުރުމަށް އެތަނުން ލިބެންނެތް އަވަސް ފަރުވާ ބޭނުންވާކަމަށް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ. ޑަބްލިޔުއެޗްއޯ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރެޔެސަސް ބުދަ ދުވަހު ވިދާޅުވެފައި ވަނީ ޣާއްޒާ ސަރަޙައްދުގައި 14،800 އަށްވުރެ ގިނަ ބަލިމީހުންނަށް ފުރާނަ ސަލާމަތްކުރުމުގެ ސިއްހީ ފަރުވާ ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފަރުވާ މިހާރު ޣައްޒާއިން ލިބެންނެތްކަމަށް އޭނާ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ރަޝިޔާގައި ވަޓްސްއެޕާއި ޓެލެގްރާމް މެދުވެރިކޮށް ކުރެވޭ ކޯލްތައް ބްލޮކްކުރަނީ ރަޝިޔާއިން ޓެލެގްރާމް އަދި ވަޓްސްއެޕް ބައެއް ކޯލްތައް މަނާކުރަން ފަށައިފިއެވެ. މިގޮތަށް މަނާކުރަން ފަށާފައިވަނީ މި ބޭރުގެ ކުންފުނިތަކުގެ މިލްކިއްޔާތުގައިވާ ޕްލެޓްފޯމްތަކުން، ފްރޯޑް އަދި ޓެރަރިޒަމްގެ މައްސަލަތަކުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާ މަޢުލޫމާތު ޙިއްޞާކުރުމަށް އިންކާރުކޮށްފައިވާތީ ކަމަށް ބުދަ ދުވަހު އެ ޤައުމުގެ ޑިޖިޓަލް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފައިވެއެވެ. މިއީ ރަޝިޔާއިން އިންޓަނެޓް ކޮންޓްރޯލް ކުރުމަށް އަޅާ އެންމެ ފަހުގެ ފިޔަވަޅުތައްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ރަޝިޔާގެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފަރުކޮޅު ބެލެހެއްޓުމަށް، ފުނަދޫ ކައުންސިލާއި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއް ށ.ފުނަދޫއާއި އެއްފަޅެއްގައި އޮންނަ ފަޅުރަށެއް ކަމަށްވާ ފަރުކޮޅު ބެލެހެއްޓުމަށް، ފުނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ފުނަދޫގެ އުތުރުން، ފުނަދޫއާއި އެއްފަޅެއްގައި އޮންނަ ފަރުކޮޅަކީ ގުދުރަތީގޮތުން ހިތްގައިމު ސިފަތަކެއް ލިބިފައިވާ ވަރަށް ރީތި ރަށެކެވެ. އެ ރަށް ސަރުކާރުން ހިމާޔަތް ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުއެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ފުނަދޫ ކައުންސިލާއި ދެމެދުވެފައިވާ އެއްބަސް... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިރޭ ތަސްދީޤުކުރައްވައިފިއެވެ. މި ބިލުގައިވާ އިޞްލާޙުގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ހިންގާ ވިޔަފާރީގެ ހަރަކާތްތަކުގެ ދާއިރާ ކަނޑައެޅުމާއި، ދައުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ އުސޫލުތައް މުރާޖަޢާކުރުމާއި، ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު މާލީ މުހިންމު ކަންކަން ނިންމާނެ އުސޫލުތައް ބަޔާން... ޔުމްނާ ޢަލީ · 1 އަހަރު ކުރިން