ރާއްޖެ "ގްރޭޓަރ އިސްރާއީލް" ތަސައްވުރަށް ރާއްޖެއިން ދެކޮޅުހަދައި ކުށްވެރިކޮށްފި އިސްރާއީލްގެ އިސްތިއުމާރީ ސަރުކާރުން “ވިޜަން އޮފް ގްރޭޓަރ އިޒްރޭލް” ގެ ނަމުގައި އިޢުލާނުކުރި އިސްރާއީލްގެ ވަޒަންވެރިކަމުގެ އަދި އާބާދީ އިތުރުކުރުމުގެ ތަސައްވުރަށް އިންކާރުކޮށް، އެ އެޖެންޑާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ހާމަކުރަށްވައިފިއެވެ. ފަލަސްތީނުގެ ބިންތައް ފޭރިގަނެގެންތިބެ، އިންސާނިއްޔަތުކަމާއި މުޅިން ޚިލާފް، އަނިޔާވެރިކަމާއި ހައްދުފަހަނައަޅައިދިއުމުގެ މިސާލެއްކަމަށްވާ އިސްރާއީލުން އިތުރު ޢަރަބި ޤައުމުތަކުގެ ބިންތައް ފޭރިގަނެ އެމީހުންގެ ގ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ނަތީޖާ ނެރެން ވެރިއަކަށް ލިބޭ މުއްދަތު މާކުރު: އުއްޗު ނަތީޖާ ނެރެން ރާއްޖޭގެ ވެރިއަކަށް ލިބޭ މުއްދަތު މާކުރު ކަމަށާއި، އެކަން ނުކުރެވި ޑޮލަރުގެ އަގުވެސް އަގުދަށަކަށް ނުދާނެ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ. އުއްޗު މިފަދައިން ވިދާޅުވީ ޔޫޓިއުބް ޗެނަލް “ދެނޯ”ގެ އެޕިސޯޑެއްގައި ރާއްޖޭގައި އޮތް ޑޮލަރުގެ މައްސަލައަށް އޮތް ހައްލަކީ ކޮބައިތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އުއްޗުގެ ޖަވާބުގައި ފާހަގަކުރެއްވިގޮތުގައި ރާއްޖެއަކީ އާބާދީ ކުޑަ ނަމަވެސް، ޖިއޮގްރަފީގެ ގޮތުން ވަރަށް ބޮޑު ސަރަހައްދެއްގައ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ޢުމުރާނީ މަސައްކަތްތަކުގެ ތެރެއިން ބޮޑުހިލަޖެހުމާ ގުޅިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައި: ރައީސް ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޢުމުރާނީ މަސައްކަތްތަކުގެ ތެރެއިން ބޮޑު ހިލަޖެހުމާ ގުޅިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ ކަންކަން މިހާރު ހަމަޖެހި، މަސައްކަތް ދާދިއަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފަހުމަންޒިލުގެ ގޮތުގައި މިއަދު ހެނދުނު އެ އަތޮޅު މާޅޮހަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މާޅޮހު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި ބ. މާޅޮހުގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފަހުމަންޒިލުގެ ގޮތުގައި މިއަދު ހެނދުނު ވަނީ މާޅޮހަށް ވަޑައިގެންފައެވެ. މާޅޮހުގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށީ ރައީސްގެ މި ދަތުރުފުޅުގެ ތެރެއިންނެވެ. މި މަރުކަޒުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި، ކޮމިޝަނަރ އޮފް [... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މާޅޮހުގައި އަޅާ އައު މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި ބ. މާޅޮހުގައި މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަދު ސްމީކޮށް ފަށައިފައެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 13 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހެނދުނު މާޅޮހަށް ވަޑައިގެންފައިވާއިރު، މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މި ދަތުރުފުޅުގެ ތެރެއިން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި މިސްކިތުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޭދޫ ވަށާ މަގުގައި ސޯލާ ލައިޓު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ ށ.ފޭދޫ ވަށާ މަގުގައި ސޯލާ ލައިޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްށާއި، ޖަމްޢިއްޔާތަކާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމާއަތްތަކަށް ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުންތަކުން މ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ފާސްކޮށްފައި އޮތީ ރައްޔިތުންގެ ބާރު ކަނޑުވާލަން: އާތިފް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައި އޮތީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށް، މޭޔަރ އާޠިފް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިންނަކީ ތަންދޮރު ނުދަންނަ ބައެއް ނޫން ކަމަށެވެ. “ބަޔަކަށް އޮޅުވާލެވެން ނެތްހާ ސާފުކޮށް މުޅި ނިޒާމު ބަލިކަށ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ބ.އަތޮޅު ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ބ. މާޅޮހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މާޅޮހުން އޭޓީއެމްގެ ޚިދުމަތް ލިބެން ފެށުމާއެކު ބ.އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިގެން ދިޔައީކަމަށް ސަރުކާރުން ބުންޏެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 13 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހެނދުނު މާޅޮހަށް ވަޑައިގެންފައިވާއިރު، މާޅޮހުގައި ބީއެމްއެލުން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވީ އެމަނިކުފާނ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ސައިކަލު ދުއްވަން ދަސްކޮށްދޭން އުޅުނީ ރާބޮއެގެން ހުރެ, 40 އެތިފަހަރުން ހައްދު ޖަހައި, ޖޫރިމަނާއެއް ރާ ބޮއެގެން ހުރެ, މީހުންނަށް ސައިކަލުން ދުއްވަން ދަސްކޮށްދޭން އުޅުނު މީހެއްގެ ގައިގައި 40 އެތިފަހަރުން ހައްދު ޖަހައި, 7,200ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ މާޗް މަހު ހުޅުމާލެއިން ދިވެހި ފިރިހެނަކު ހުއްޓުވީ އެލް ބޯޑު ނުޖަހައި ސައިކަލު ދުއްވަން ދަސްކޮށްދޭން ހުއްޓަ އެވެ. އަދި އޭނާ ހުއްޓުވިއިރު ބަނގުރާ ބޮއެގެން ހުރި ކަމަށް ޝައްކުވެގެން ފާސް ކުރިއިރު ޖީބުން ބަނގުރާ ހުރި ފުޅިއެއް ފެނުނެވެ. އަދި ހައްޔަރު ކުރުމުން ބަނގުރާ […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ މާލެއިން ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފި މާލެއިން ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފިއެވެ. މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. ހުޅުމާލޭގެ ވެސް މަދު ސަރަހައްދަކަށް ފިޔަވައި ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯ އިން ބުންޏެވެ. ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުންޏެވެ. މާލޭގެ 34 އިންސައްތަ ކަސްޓަމަރުންނަށް ކަރަންޓްގެ ޚިދުމަތް ލިބެމުން އަންނަކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ދަރަވަންދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި ބ. ދަރަވަންދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 12 ވަނަ މަންޒިލުގެ ގޮތުގައި ރޭ ވަނީ ދަރަވަންދޫ އަށް ވަޑައިގެންފައެވެ. ދަރަވަންދޫ އަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވާފައިވާއިރު، އެރަށުގައި ހުންނަ ބ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި، 8 ކުލާސްރޫމާއި، އޮފީހެއް އެޅުމުގެ އެއްބަސްވުމުގައި ވަނީ ރޭ ސޮއިކުރަށްވާފައެފެ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ބައެއް ޢަރަބި ޤައުމުތަކުގެ ބިންތައް ފޭރިގަނެ އިސްރާއީލްގެ އަތްދަށަށް ގެންދަން ނަތަންޔާހޫ ވައުދުވެއްޖެ ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އިންސާނިއްޔަތުކަމާއި މުޅިން ޚިލާފް، އަނިޔާވެރިކަމާއި ހައްދުފަހަނައަޅައިދިއުމުގެ މިސާލެއްކަމަށްވާ އިސްރާއީލުން އިތުރު ޢަރަބި ޤައުމުތަކުގެ ބިންތައް ފޭރިގަނެ އެމީހުންގެ ގްރޭޓަރ އިސްރާއީލް، ”ބޮޑު އިސްރާއީލް”ގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އަންގާރަ ދުވަހު އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދުވެއްޖެއެވެ. މިކަން އޭނާ ސިފަކޮށްފައި ވަނީ “ތާރީޚީ އަދި ރޫޙާނީ މިޝަނެއް” ގޮތުގައެވެ. އަދި ފަލަސްތީނު ދައުލަތަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކާއި އަދި މިހާރުގެ ޖޯ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (5) ކުރީގެ އަދަދާއި ގުޅޭ: ” ތައިބާ ވެސް ޖެހޭނީ އަހަރެންގެ ވޯކް ގަބޫލު ކުރަން. މިހާރު އަދި ކޮމްޕެނީން އެބަ ފޮނުވާ ރާއްޖެތެރޭ ރަށްރަށަށް މީހުން ވެސް. ހަމަސް ދުވަހަށް ފަހަރެއްގައި އަހަރެން ވެސް ދާން ޖެހިދާނެ.” ޒިޔާދު ބުންޏެވެ. އެއާއެކު އަހަންނަށް ލިބުނީ ގޮތް ނޭނގޭ އުފާވެރިކަމެކެވެ. ޒިޔާދު މާލެއިން ބޭރަށް ދާން ޖެހިދާނެޔޭ ބުނުމުން އަހަރެންގެ ހިތަށް ލިބުނު ހިތްހަމަޖެހުމާމެދު އަހަންނަށް އެ ދަނޑިވަޅުގައި ވިސްނާލެވުނެވެ. ހަގީގަތުގައި ވެސް އަހަރެން މި ހުރީ ބްރޭކްއެއް […] ސަލާމާ ޢަބްދުލް ޢަލީމް · 1 އަހަރު ކުރިން
ރާއްޖެ ދަރަވަންދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ: ރައީސް ބ. ދަރަވަންދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ 12 ވަނަ މަންޒިލުގެ ގޮތުގައި ދަރަވަންދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ދަރަވަންދޫގައި ޤާއިމުކުރެވިފައިވާ އެއަރޕޯޓަކީ އެންމެ ކާމިޔާބު ސަރަޙައްދީ އެއަރޕޯޓްތަކުގެ ތެރެއިން އެއް އެއަރޕޯޓްކަމަށެވެ. ނަމަވެސް، އެއަރޕޯޓްގެ ތަރައްޤީ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން