ލަންޑަނުގައި ހުންނަ ފަލަސްތީނުގެ އެމްބަސީ ރަސްމީކޮށް ހުޅުވައިފި
އިނގިރޭސިވިލާތުން ފަލަސްތީނު ދައުލަތް ގަބޫލުކުރުމާ ގުޅިގެން، ކުރިން “ޕަލެސްޓީނިއަން މިޝަން ޓު ދަ ޔޫކޭ” ގެ ނަމުގައި ހިންގަމުން އައި އޮފީހުގެ ނަން “އެމްބަސީ އޮފް ދަ ސްޓޭޓް އޮފް ޕަލެސްޓައިން” އަށް ބަދަލުކޮށް، ފުރިހަމަ ސިޔާސީ ދަރަޖައާއެކު ލަންޑަނުގައި ހުންނަ ފަލަސްތީނުގެ އެމްބަސީ ހޯމަ ދުވަހު ރަސްމީކޮށް ހުޅުވައިފިއެވެ. ފަލަސްތީނުން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހުސާމް ޒޮމްލޮޓް އެމްބަސީ ހުޅުއްވައިދެއްވީ ލަންޑަނުގައި ހުންނަ އެމްބަސީގެ ރަސްމީ ނަންބޯޑު ދައްކާލުމުގެ ރަސްމިއްޔާތާ އެކު...