ދެކުނު ކޮރެއާގެ ސައިންސްވެރިން ސިކުންތު ކޮޅެއްގެ ތެރޭ ލޭމަނާކޮށްދޭ ސްޕްރޭއެއް އުފައްދައިފި
ބޮޑެތި ޒަޚަމްތަކުން އަންނަ ލޭ ވަގުތުން ހުއްޓުވައިދޭނެ ފަދަ އިންގިލާބީ ސްޕްރޭއެއް ދެކުނު ކޮރެއާގެ ދިރާސާވެރިން އީޖާދުކޮށްފިއެވެ. ކޮރެއާ އެޑްވާންސްޑް އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ކޭއޭއައިއެސްޓީ) ގެ ސައިންސްވެރިން އުފެއްދި މި ޕައުޑަރު ސްޕްރޭއަކީ، ލޭގައި ޖެހުމާއެކު އެސްފިޔަޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި މަޑު ޖެލްއަކަށް ބަދަލުވާ އެއްޗެކެވެ. މި ޖެލްގެ ސަބަބުން ޒަޚަމްވެފައިވާ ތަން ބަންދުވެ، ފުން ޒަޚަމެއް ނަމަވެސް ލޭ އައުން ވަގުތުން ހުއްޓުވައިދެއެވެ. މި އައު އީޖާދަކީ މައިގަނޑު ގޮތެއް...