މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ރައީސް ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނަށް

ރައީސް ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މިއީ އެ ގައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް، ރައީސް ކުރަށްވާ ދަތުރުފުޅެއް ކަމަށެވެ. މި ފެބްރުއަރީ މަހުގެ 9 އިން 13 އަށް ކުރެއްވުމަށް ނިންމަވާފައިވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު، ޖަރުމަނުގެ ރައީސް ސްޓައިނ...

ޔުމްނާ ޢަލީ
ހއ. އާއި ހދ. އަތޮޅުގައި "ރައްކާ ރޯޑް ޝޯ" ގެ ހަރަކާތްތަކެއް

ހއ. އާއި ހދ. އަތޮޅުގައި "ރައްކާ ރޯޑް ޝޯ" ގެ ހަރަކާތްތަކެއް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުން އެކަމަށް ހޭލުންތެރިކުރުވުމަށް ފުލުހުން ކުރިއަށް ގެންދާ “ރައްކާ ރޯޑް ޝޯ” ގެ ހަރަކާތްތައް ހއ. އަތޮޅާއި ހދ. އަތޮޅުގައި ފަށައިފިއެވެ. މި ފެބުރުވަރީ މަހުގެ 7 އިން 12 އަށް ކުރިއަށްދާ މި ޕްރޮގްރާމަކީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އަޕަރ ނޯތު ޕޮލިސް ގުޅިގެން ހިންގާ ހަރަކާތެކެވެ. މި ހަރަކާތްތަކުގެ ތެރެއިން ހއ. އަދި ހދ. އަތޮޅުގެ ފަސް ސުކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޓްރެފިކް މޮނީޓާސް ޕްރޮގްރާމް […]

ޔުމްނާ ޢަލީ
ތެލެސީމިއާ ބާވަތްތައް ދެނެގަންނަން ހަދާ ޑީއެންއޭ ލެބޯޓްރީ ހުޅުވައިފި

ތެލެސީމިއާ ބާވަތްތައް ދެނެގަންނަން ހަދާ ޑީއެންއޭ ލެބޯޓްރީ ހުޅުވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާގެ އެކި ބާވަތްތަކުގެ ޓެސްޓްތައް ހެދޭނެ ޑީ.އެން.އޭ ލެބޯރެޓަރީއެއް މޯލްޑިވްސް ބްލަޑް ސަރވިސަސް (އެމް.ބީ.އެސް) ގައި އިއްޔެ ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ޤާއިމުކުރި މި ލެބޯރެޓަރީގެ ސަބަބުން، މީގެ ކުރިން ރާއްޖެއިން ބޭރުން ހޯދަންޖެހޭ ލޭގެ ތަފާތު ތަޙުލީލުތައް މިހާރު ރާއްޖޭގައި ހެދުމުގެ މަގު ފަހިވެގެންދާނެއެވެ. މި ލެބޯޓްރީގައި ބޭނުންކުރާ އޮޓަމޭޓެޑް މެޝިންތަކުގެ އެހީގައި ތެލެސީމ...

ޔުމްނާ ޢަލީ
ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން، މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ. މި މަހުގެ 7 ވަނަ ދުވަހު ބޭއްވި މި ޕްރޮގްރާމަކީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި، މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރަމުންދާ ޑްރައިވަރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި...

ޔުމްނާ ޢަލީ
ރާއްޖޭގެ ފުރަތަމަ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް ރައްޔިތުންގެ މަޖިލީހުން އިފްތިތާހުކޮށްފި

ރާއްޖޭގެ ފުރަތަމަ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް ރައްޔިތުންގެ މަޖިލީހުން އިފްތިތާހުކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްފިއެވެ. މި ޕޯޓަލްގެ ސަބަބުން ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، އެ ޕެޓިޝަންތަކަށް ތާއީދުކޮށް ސޮއިކުރުމުގެ އިތުރުން، ހުށަހަޅާފައިވާ ޕެޓިޝަންތައް ކުރިއަށްދާ ގޮތް ފަސޭހަކަމާއެކު ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޕެޓިޝަން ހުށަހަޅާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، މި ނިޒާމު ފަރުމާކޮށްފައިވަނީ ސަރުކާރުގެ...

ޔުމްނާ ޢަލީ
އެޕްސްޓީންއާ ގުޅުން އޮތް މެންޑަލްސަން ސަފީރަކަށް އައްޔަންކުރި މައްސަލާގައި ޔޫކޭގެ ބޮޑުވަޒީރުގެ ޗީފް އިސްތިއުފާ ދެއްވައިފި

އެޕްސްޓީންއާ ގުޅުން އޮތް މެންޑަލްސަން ސަފީރަކަށް އައްޔަންކުރި މައްސަލާގައި ޔޫކޭގެ ބޮޑުވަޒީރުގެ ޗީފް އިސްތިއުފާ ދެއްވައިފި

ޖިންސީ ކުށްތަކެއް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް ޕީޓާ މެންޑަލްސަން، އެމެރިކާގައި ހުންނަވާ އިނގިރޭސި ސަފީރަކަށް އައްޔަންކުރުމާ ގުޅިގެން އުފެދުނު ބޮޑު ފާޑުކިޔުންތަކާ އެކު، ބޮޑުވަޒީރު ކިއަރ ސްޓާމާގެ ޗީފް އޮފް ސްޓާފް މޯގަން މެކްސްވީނީ އާދިއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އިނގިރޭސި ބޮޑުވަޒީރުގެ އެންމެ އިސް ސިޔާސީ މުޝީރުގެ މަގާމުގައި ހުންނެވި މެކްސްވީނީ، ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ މެންޑަލްސަން އެ މަގާމަށް އައްޔަންކުރުމަކީ ނިންމި ނުބައި ނިންމުމެއް...

ނާޒިމާ އަލީ
ރައީސް ޝަރުޢީ ދާއިރާގެ އައު އަހަރު އިފްތިތާޙްކޮށްދެއްވައިފި

ރައީސް ޝަރުޢީ ދާއިރާގެ އައު އަހަރު އިފްތިތާޙްކޮށްދެއްވައިފި

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އައު އަހަރު ކަމަށްވާ “ޤަޟާޢީ އަހަރު 2026” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ. މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގެ މައިގަނޑު މަޤްޞަދަކީ ފާއިތުވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކުރެވުނު މަސައްކަތްތައް ވަޒަންކުރުމާއި، ކުރިއަށް އޮތް އަހަރަށް ކަނޑައަޅާފައިވާ އައު ލަނޑުދަނޑިތައް ހާމަކުރުމެވެ. މި ބައްދަލުވުމުގެ ތެރެއިން ޝަރުޢީ ދާއިރާ އިދާރީގޮތުންނާއި ޝަރުޢީގޮތުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވ...

ޔުމްނާ ޢަލީ
ކިލޯއަކަށް 16 ރުފިޔާ ދޭނެކަމަށް ބުނެ މަސްގަތުމަށްފަހު ކިލޯއަކަށް ދިނީ 6 ރުފިޔާ

ކިލޯއަކަށް 16 ރުފިޔާ ދޭނެކަމަށް ބުނެ މަސްގަތުމަށްފަހު ކިލޯއަކަށް ދިނީ 6 ރުފިޔާ

މަސް ކިލޯއަކަށް 16 ރުފިޔާ ދޭނެ ކަމަށް ބުނެ ރ. މަޑުއްވަރީ އާއި ދުވާފަރުގެ ބައެއް ދޯނިފަހަރުން މަސް ގަތުމަށްފަހު، ކިލޯއަކަށް 6 ރުފިޔާގެ މަގުން ފައިސާ ޖަމާކޮށްދީފައިވާތީ މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ “ރ. މަޑުއްވަރީ މަސްވެރިން” ފޭސްބުކް ޕޭޖު މެދުވެރިކޮށެވެ. އެ ޕޭޖުން ހާމަކޮށްފައިވާ ގޮތުގައި، މަޑުއްވަރީ ބަނދަރުން މަސްގަންނަ “ސޮނީ” ދޯނިން 2026 ޖަނަވަރީ 27 ވަނަ ދުވަހު މަސް ގަނެފައިވަނީ ކިލޯއަކަށް 16 ރުފިޔާ ދޭނެ ކަމަށް […]

ޔުމްނާ ޢަލީ
އެމްޑީޕީގެ ކެމްޕޭން ލޯންޗުކުރުން ބުރާސްފަތި ދުވަހުގެ ރޭ

އެމްޑީޕީގެ ކެމްޕޭން ލޯންޗުކުރުން ބުރާސްފަތި ދުވަހުގެ ރޭ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު 2026 އަށް އިދިކޮޅު އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށް ލޯންޗުކުރާނެ ތާރީޚް އެ ޕާޓީން މިއަދު ޢިއުލާންކޮށްފިއެވެ. އެމްޑީޕީން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭން ލޯންޗުކުރުން އޮންނާނީ މި މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ރެއެވެ. “ހޭވައްލާ ތައްޔާރު” ގެ ނަމުގައި ބާއްވާ މި ކެމްޕޭން ލޯންޗިން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަ...

ޔުމްނާ ޢަލީ
މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި

މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ހިނގަމުންދާގޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ފުޅާކޮށް ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް މުޢިއްޒުގެ މި ޒިޔާރަތުގައި މަސައްކަ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް

ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް

ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން ސެންޓަރުގެ ޚިދުމަތް ވަނީ މިވަގުތައް މެދުކަނޑާލާފައެވެ. ”ދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުހާ އަވަހަކަށް ހިދުމަތްތައް އަނބުރާ އިޔާދަ ކުރެވޭނެ ވާހަކަ ދަންނަވަން” ސިޓީ ކައުންސިލުން ބުނެފަވެއެވެ. ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން ވޭސްޓްމެނޭޖްމެން...

ޔުމްނާ ޢަލީ
ސީރިއާއަށް ދިވެހިން ދިއުން މަނާކުރި ނިިންމުން ފަސް އަހަރު ފަހުން އުވާލައިފި

ސީރިއާއަށް ދިވެހިން ދިއުން މަނާކުރި ނިިންމުން ފަސް އަހަރު ފަހުން އުވާލައިފި

ސީރިއާއަށް ދިވެހިން ދަތުރުކުރުން މަނާކޮށްފައި އޮތްއޮތުން ފަސް އަހަރު ފަހުން ދިވެހި ސަރުކާރުން އުވާލައިފި އެވެ.   ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައާ ގުޅިގެން އެ ގައުމަކީ ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ 2019 ވަނަ އަހަރު އެވެ. އެއީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ނިންމި ނިންމުމެކެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި އެކަން ވަނީ އުވާލައިފަ […]

ހުސައިން ހަބީބް
15 އަތޮޅުގެ 19 ރަށެއްގައި ޕަބްލިކް ވަރކްސް ޔުނިޓުތައް މި އަހަރު ގާއިމުކޮށް ނިންމަނީ

15 އަތޮޅުގެ 19 ރަށެއްގައި ޕަބްލިކް ވަރކްސް ޔުނިޓުތައް މި އަހަރު ގާއިމުކޮށް ނިންމަނީ

ރާއްޖޭގެ 15 އަތޮޅެއްގެ 19 ރަށެއްގައި ޕަބްލިކް ވަރކްސް ޔުނިޓުތައް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކޮށް މި އަހަރުގެ މެދުތެރޭގައި ނިންމަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރެވޭ އުމްރާނީ ވަސީލަތްތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމަކީ ނުވަތަ ރަނގަޅު މެއިންޓެނަންސް ޝެޑިއުލެއްގެ ދަށުން މަރާމާތު ކުރުމަކީ، ދެމެ...

ޝިއުނާ އާދަމް
ކުރިއަށް އޮތް 22 މަސް ދުވަހު 110 ރަށުގެ މަގުހެދުމުގެ މަޝްރޫއު ނިންމުމުގެ އަމާޒު

ކުރިއަށް އޮތް 22 މަސް ދުވަހު 110 ރަށުގެ މަގުހެދުމުގެ މަޝްރޫއު ނިންމުމުގެ އަމާޒު

ރާއްޖޭގެ 110 ރަށެއްގެ މަގުހެދުމުގެ މަޝްރޫއު، ކުރިއަށް އޮތް 22 މަސް ދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވީ އެއްގަމު މަގުން ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 6 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި މިދިޔަ...

ޔުމްނާ ޢަލީ
އިހަވަންދޫ ''އިހަވަން ރޯދަ ބާޒާރަށް'' މިއަހަރުވެސް ބޮޑު ތަރުހީބެއް

އިހަވަންދޫ ''އިހަވަން ރޯދަ ބާޒާރަށް'' މިއަހަރުވެސް ބޮޑު ތަރުހީބެއް

އިހަވަންދޫ ކައުންސިލާއި އިހަވަންދޫގެ ވިޔަފާރިވެރިން ގުޅިގެން އެރަށުގައި އިއްޔެ ފެށި “އިހަވަން ރޯދަ ބާޒާރު 2026” އަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށްފިއެވެ. މި ރޯދަ ބާޒާރު މިދިޔަ އަހަރު ވެސް ކުރިއަށް ގެންގޮސްފައިވާއިރު، މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ މި އަހަރުގެ ބާޒާރަށް ވެސް ވަނީ މިދިޔަ އަހަރެކޭ އެއްފަދައިން ގިނަ ބަޔަކު ޒިޔާރަތްކޮށް ބޮޑު ތަރުހީބެއް ލިބިފައެވެ. މިގޮތުން މިދިޔަ އަހަރުވެސް ތިލަދުންމަތީގެ ރަށްތަކުން ގިނަ އަދަދެއްގެ މީހުން ވަނީ އެ ބާޒާރަށް ޒިޔާރަތްކޮށްފައެވެ. މާލެ […]

ޔުމްނާ ޢަލީ