''ދައުރުކުރަނީ ގެފުޅުގެ އަސްލު އުރަކޮޅުގެ ފޮޓޯއެއް ނޫން''
ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅު (ކިސްވާ) ބިމަށް ވައްޓާލާފައި އޮތް ކަމަށް ބުނެ، ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ހަގީގީ ފޮޓޯއެއް ނޫންކަން “އިންސައިޑް ދަ ހަރަމައިން” އިން ކަށަވަރުކޮށްދީފިއެވެ. އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓައިން އޭނާގެ ގޭގެ ތަޅުން މަތީގައި ގެފުޅުގެ އުރަކޮޅުން ބަޔެއް ފަތުރައިގެން ހުންނަ މަންޒަރު ފެންނަ ކަމަށްބުނާ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ފޮޓޯއާއި މެދު އިސްލާމީ އުންމަތް ވަނީ ވަރަށް ބޮޑަށް ނުރުހި ނުތަނަވަސް ވެފައެވެ. މި […]