އީރާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޚަރާޒީ ވަރަށް ބޮޑަށް ޒަޚަމްވެ އަނބިކަނބަލުން އަވަހާރަވެއްޖެ
އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭތާ ފަސްވަނަ ހަފުތާއަށް ދާއިރު، އީރާނުގެ ކުރީގެ ޚާރިޖީ ވަޒީރު ކަމާލް ޚަރާޒީ އަވަހާރަކޮށްލަން ދިން ކަމަށް ބެލެވޭ ހަމަލާއެއްގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ވެ، އޭނާގެ އަނބިކަނބަލުން އަވަހާރަވެއްޖެއެވެ. އީރާނުގެ މީޑިއާތަކުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާނުގައި ހުންނަ ޚަރާޒީގެ ގެއަށް ވައިގެ މަގުން ހަމަލާދީފައިވަނީ އޭގެ ކުރީ ދުވަހުއެވެ. ”ޝަރުގް”، ”އިޢުތިމާދު” އަދި ”ހަމް މީހާން” ފަދަ ނޫސްތަކުން ބުނާ ގޮތުގައި، ސީރިއަސް އަނިޔާތަކަކާއެކ...