ތަކުރާރުކޮށް ކުރީ ސަރުކާރުގެ ވާހަކަ ދައްކަންޖެހެނީ ވެރިކަން ހިންގުމުގައި ގޯސް ހަދާފައި އޮތީމަ ކަމަށާއި މި ހުރިހާ ގޯހެއްގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީން ކެނދިކުޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ވޭތުވެދިޔަ އެމްޑީޕިގެ ދެ ވެރިކަމުގައި ގައުމަށް ދީފައިހުރި ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވަރަށް ތަފްސީލީގޮތެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ. ވަޒީރު ވިދާޅުވީ އެމްޑީޕީގެ ވެރިކަންތަކުގައި ދިވެހި ރައްޔިތުންގެ އަތުން ބާރުތައް ގެއްލިގެންދާ ފަދަ އެތައް ކަމެއް ކޮށްފައި އެބަހުރި ކަމަށެވެ. ކުރީ ސަރުކާރުން ކޮށްފައިވާ މިފަދަ ކަންކަމުގެ ވާހަކަ ދެއްކުމުން އިދިކޮޅު އެމްޑީޕީން ކަންބޮޑުވާ ނަމަވެސް އެވާހަކަތައް ތަކުރާރުކޮށް ދައްކަންޖެހެނީ އެތައް ގޯސްތަކެއް ހަދާފައި އޮތުމުންކަމަށް ސައީދު ވިދާޅުވި އެވެ. "ކުރީ ސަރުކާރު، ކުރީ ސަރުކާރު، ކުރީ ސަރުކާރު، ހަމަ ގޯސް ހަދާފައި އޮތީމަ ކުރީ ސަރުކާރުގެ ވާހަކަ ދައްކަންޖެހެނީ. މިހުރިހާ ގޯހެއްގެ މިލްކުވެރި ފަރާތަކީ ހައްގުވެރި ފަރާތަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ވާތީ އަޅުގަނޑު މި ވާހަކަ މި ދައްކަނީ،". ސައީދު ވިދާޅުވި އެވެ. މި ސަރުކާރުން ވައުދު ނުފުއްދާކަމަށް ބުނެ އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި ވަޒީރު ވިދާޅުވީ އެމްޑީޕީއަށް ވައުދުވާން އެނގޭ ކަމަށާއި އެހެން ނަމަވެސް ފަސް އަހަރު ނިމިގެންދަނީ އެ ވައުދުތައް ނުފުއްދާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދާނެކަމަށް ސައީދު ވިދާޅުވި އެވެ.

Ad
rt