ރަސްމާލެއިން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުސަތު މި މަހު 30ގެ ނިޔަލަށް
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހިންގާ “ބިންވެރިޔާ” ހާއްސަ ސްކީމްގެ ދަށުން ރަސްމާލެއިން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ފުރުސަތުގެ ދަށުން ރަސްމާލެއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ ގޯތިތަކެކެވެ. މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހާއްސަކޮށްފައިވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތ...