48 ގަޑިއިރަށް ހަނގުރާމަ ހުއްޓާލުމަކަށް އެމެރިކާއިން ހުށަހެޅި
ތިންވަނަ ގައުމެއް މެދުވެރިކޮށް އޭޕްރީލް 2 ވަނަ ދުވަހު އެމެރިކާއިން އީރާނަށް 48 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމަކަށް ހުށަހެޅި ކަމަށް އީރާނުގެ ސެމީ-އޮފިޝަލް ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފިއެވެ. މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ އެ އެޖެންސީން ހުކުރު ދުވަހު ބުނެފައިވަނީ، މި ހުށަހެޅުން އެމެރިކާއިން ހުށަހެޅީ ސަރަހައްދީ ގައުމެއް މެދުވެރިކޮށް ކަމަށެވެ. “އެކުވެރި ގައުމެއް މެދުވެރިކޮށް، އޭޕްރީލް 2 ވަނަ ދުވަހު އެމެރިކާއިން ވަނީ 48 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމަކަށް ހުށަހަޅާފައި،” މަސްދަރުން ފާރްސް...