ބޮޑު ދެޕާޓީ ބަލިކޮށް، ކުރިނބީ ރައީސްކަން މިނިވަން ކެނޑިޑޭޓް ވިޝާމް ކާމިޔާބުކޮށްފި
ހދ. ކުރިނބީ ކައުންސިލްގެ ރައީސް ހޮވުމަށް އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ބޮޑު ދެ ޕާޓީ ކަމަށްވާ ޕީއެންސީ އާއި އެމްޑީޕީގެ ކެނޑިޑޭޓުން ބަލިކޮށް، މިނިވަން ކެނޑިޑޭޓް ޢަލީ ވިޝާމް އެ ގޮނޑި ކާމިޔާބުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، ޢަލީ ވިޝާމް، ސޫރަޖް، އިންތިޚާބު ކާމިޔާބުކުރީ ޖުމްލަ 234 ވޯޓާއެކުގައެވެ. މިއީ ސައްހަ ވޯޓުގެ 47.56 އިންސައްތައެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ސިޔާހަށް ލިބުނީ […]