ސަރުކާރުގެ ހިންގުމުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް އިޞްލާޙުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
މި ޕޯސްޓްގައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާ ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، އިންތިޚާބުތަކުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަވާ ކަމަށެވެ. އަދި މި ނަތީޖާތަކުން ރައްޔިތުންގެ ޝުޢޫރުތައް ހުރިގޮތް ސާފުވެގެންދާކަން ފާހަގަކުރައްވައި، ސަރުކާރުން އިޞްލާޙުކުރަންޖެހޭ ކަންކަން ހުރިނަމަ އެކަންކަން ރައްޔިތުން އެދޭގޮތަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވިއެވެ.
ރޭ މެންދަމާއި ހަމައަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީންނެވެ، ކައުންސިލްތަކުގެ ނަަތީީޖާާ ލިިބިިފަައިިވާާ 498 ގޮނޑީގެ ތެރެއިން ގިނަ ގޮނޑިތަައްް ލިބިފައިވަނީ ވެރިކަންކުރާ ޕީއެންސީއަށެވެ. އެއީ ޕީއެންސީއަށް 220 ގޮނޑި އަދި އެމްޑީޕީއަށް 207 ގޮނޑި އެވެ. ޑަބްލިޔުޑީސީތަކުގެ ނަަތީީޖާާ ލިިބިިފަައިިވާާ ޖުމްލަ 226 ގޮނޑީގެ ތެރެއިން، ޕީއެންސީއަށް 100 ގޮނޑި ލިބިފައިވާއިރު، އެމްޑީޕީއަށް 83 ގޮނޑި ވަނީ ލިބިފައެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، މެންދަމާއި ހަމައަށް ގުނާފައިވާ 12،000 އަށް ވުރެ ގިނަ ވޯޓުގެ ތެރެއިން، 73 ޕަސެންޓު މީހުން ވޯޓު ދީފައިވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!