މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޓްރަމްޕްގެ ސުންގަޑި ހަމަވުމުގެ ކުރިން އިޒްރޭލުން އީރާނުގެ ރޭލުތަކާއި ރޭލު ސްޓޭޝަންތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި

ޓްރަމްޕްގެ ސުންގަޑި ހަމަވުމުގެ ކުރިން އިޒްރޭލުން އީރާނުގެ ރޭލުތަކާއި ރޭލު ސްޓޭޝަންތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ދެއްވާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، އީރާނުގެ މަދަނީ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭނެކަން ހާމަކޮށް، އީރާނުގެ ރައްޔިތުން ރޭލު ބޭނުން ނުކުރުމަށާއި ރޭލު ސްޓޭޝަންތަކާއި ކައިރި ނުވުމަށް އިޒްރޭލު ސިފައިން އިންޒާރުދީފިއެވެ. “ތިޔަބޭފުޅުންގެ ސަލާމަތަށްޓަކައި، މިވަގުތުން ފެށިގެން އީރާނު ގަޑިން 21:00 (ޖީއެމްޓީން 17:30) އާ ހަމައަށް، މުޅި އީރާނުގައި ރޭލު ބޭނުންކުރުމާއި ރޭލުގައި ދަތުރުކުރުމުން ދުރުހެލިވުމަށް އަހަރެމެން އެދެން،” އިޒްރޭލު ސި...

ނާޒިމާ އަލީ
ޝާހިދު އެމްޑަބްލިއުއެސްސީގެ ޑީއެމްޑީކަމުން ވަކިކޮށްފި

ޝާހިދު އެމްޑަބްލިއުއެސްސީގެ ޑީއެމްޑީކަމުން ވަކިކޮށްފި

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ޝާހިދު އެ މަޤާމުން ވަކިކޮށްފިއެވެ. ޝާހިދު މި މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ އެމްޑަބްލިޔުއެސްސީގެ ބޯޑުން ބޭއްވި ބައްދަލުވުމެއްގައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެ ކުންފުންޏެއްގެ ބޯޑަށެވެ. އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީގެ މަޤާމަށް ޝާހިދު އައްޔަނުކޮށްފައިވަނ...

ޔުމްނާ ޢަލީ
ދެ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި އިންޑިއާ ދެމީހަކު ހައްޔަރުކޮށްފި

ދެ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި އިންޑިއާ ދެމީހަކު ހައްޔަރުކޮށްފި

ދެ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެ އަންހެނުންނެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ޖެނިފަރ ޕައުލް އާއި 23 އަހަރުގެ އުލްފަތު ރަސޫލް އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މި ދެމީހުން ހިފަހައްޓާފައިވަނީ އެމީހުންގެ އަތުން ދެ ކިލޯއަށްވުރެ ގިނ...

އަލީ އާދިލް
ފުނަދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީ އަށް

ފުނަދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީ އަށް

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގައި ށ. ފުނަދޫ ކައުންސިލްގެ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިޚާބުގައި ފުނަދޫގެ ގޮނޑިތަކަށް އިދިކޮޅު އެމްޑީޕީން ވާދަކޮށްފައެއްނުވެއެވެ. މި ގޮނޑިތަކަށް ޕީއެންސީގެ ކެންޑިޑޭޓުންނާއި ވާދަކުރީ މިނިވަން ކެންޑިޑޭޓުންނެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން ފުނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ...

ޔުމްނާ ޢަލީ
ޕީޖީ އޮފީހުގެ މުވައްޒަފުން އަންގާރަ ދުވަހު ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފި

ޕީޖީ އޮފީހުގެ މުވައްޒަފުން އަންގާރަ ދުވަހު ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ ގޮންޖެހުންތަކުގެ ސަބަބުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހަކު ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފިއެވެ. ޕީޖީ އޮފީހުން ރޭ ހާމަކުރި ގޮތުގައި މި ނިންމުމަކީ އިޤްތިޞާދީ އަސަރުތައް ކުޑަކުރުމަށް ދައުލަތުން އަޅަމުންދާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން ނިންމި ނިންމުމެކެވެ. ޚަރަދު ކުޑަކުރުމަށް އެޅި މުހ...

ޔުމްނާ ޢަލީ
އަހަރެން ބޭނުންވަނީ އީރާނުގެ ތެޔޮ، އެކަމަކު ރައްޔިތުން ބޭނުންވަނީ ސިފައިން އަނބުރާ ގައުމަށް ގެންނަން: ޓްރަމްޕް

އަހަރެން ބޭނުންވަނީ އީރާނުގެ ތެޔޮ، އެކަމަކު ރައްޔިތުން ބޭނުންވަނީ ސިފައިން އަނބުރާ ގައުމަށް ގެންނަން: ޓްރަމްޕް

އޭނާގެ ނިޔަތަކީ އީރާނުގެ ތެޔޮ ވަޅުތައް ކޮންޓްރޯލް ކުރުން ކަމަށާއި، ނަމަވެސް އެމެރިކާގެ ރައްޔިތުން ބޭނުންވަނީ ހަނގުރާމަ ހުއްޓާލައި ސިފައިން އަނބުރާ ގައުމަށް ގެންނަންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ވައިޓް ހައުސްގައި ހޯމަ ދުވަހު ބޭއްވި “އީސްޓަރ އެގް ރޯލް” ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ވާހަކަދައްކަވަމުން، ޓްރަމްޕް ވަނީ އެހެން ވިދާޅުވުމަށްފަހު އެމެރިކާގެ ސިފައިން އަނބުރާ ގެންނަން އެދޭ މީހުންނަކީ ބަދުނަސީބު ބަޔެއްކަމަށް ވިދާޅުވެފައެވެ. ބޮޑު “އީސްޓަރ ބަނީ” މަސްކޮޓެއްގެ ކ...

ނާޒިމާ އަލީ
ޔޫއޭއީގެ ސަފީރުކަމުން މުންދު ވަކިކޮށްފި

ޔޫއޭއީގެ ސަފީރުކަމުން މުންދު ވަކިކޮށްފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު މަގާމުން ވަކިކުރައްވައިފިއެވެ. މުންދުއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. މުންދުގެ އިތުރުން، މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮ، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް ވަނީ މިއަދު މަގާމުން ވަކިކުރައްވާފައެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިނ...

ޔުމްނާ ޢަލީ
އީރާނަށް އޮޅުވާލަން ހިންގި ކެމްޕޭނު ފަޅާއަރުވާލުމުން ކޯފާވެ، ޓްރަމްޕްގެ އިންޒާރު ނިއުޔޯކް ޓައިމްސް އަށް

އީރާނަށް އޮޅުވާލަން ހިންގި ކެމްޕޭނު ފަޅާއަރުވާލުމުން ކޯފާވެ، ޓްރަމްޕްގެ އިންޒާރު ނިއުޔޯކް ޓައިމްސް އަށް

އީރާނުގައި ވައްޓާލި އެމެރިކާގެ ”އެފް-15 އީ” މަތިންދާބޯޓުގެ ފަޅުވެރިން ސަލާމަތްކުރުމަށް ހިންގި ސިއްރު އޮޕަރޭޝަނުގެ ތަފްސީލީ ރިޕޯޓެއް ޝާއިއުކުރުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕް ނިއުޔޯކް ޓައިމްސްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކޯފާވެ ހުންނަވާ އިންޒާރު ދެއްވައިފިއެވެ. ހޯމަ ދުވަހުގެ ރޭ ބޭއްވި ބްރީފިންގްގައި ޓްރަމްޕް ވިދާޅުވީ، އެ ނޫހުން ހާމަކުރި މައުލޫމާތުތަކުގެ ސަބަބުން އީރާނަށް އޮޅުވާލުމަށް ސީ.އައި.އޭ އިން ހިންގަމުންދިޔަ ހާއްސަ ކެމްޕޭނަކަށް ހުރަސް އެޅި، އެކަން އީރާނަށް ފަޅާއެރިކަަމަށް ޓްރަމްޕް...

ނާޒިމާ އަލީ
އެގްރޯނެޓްގެ އެމްޑީ އަށް ވެސް މަގާމު ގެއްލިއްޖެ

އެގްރޯނެޓްގެ އެމްޑީ އަށް ވެސް މަގާމު ގެއްލިއްޖެ

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިންދީދީ މިއަދު އެ މަގާމުން ވަކިކޮށްފިއެވެ. އެގްރޯގެ އެމްޑީ އަކަށް ހުންނެވި ހުސައިންދީދީ، ފޮޓޯ: އެގްރޯނެޓް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހުސައިންދީދީ މަގާމުން ވަކިކުރި ނަމަވެސް، އޭނާ މަގާމުން ވަކިކުރި ވަކި ސަބަބެއް އެ ބޯޑުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ހުސައިންދީދީ އެގްރޯ ނެޓްގެ އެމްޑީކަމަށް ޢައްޔަނުކުރީ 7 ޖެނ...

ޔުމްނާ ޢަލީ
ކުޅިވަރަކީ ޤައުމީ ވަންތަކަމުގެ މުހިންމު ތަނބެއް: ރައީސް

ކުޅިވަރަކީ ޤައުމީ ވަންތަކަމުގެ މުހިންމު ތަނބެއް: ރައީސް

ކުޅިވަރަކީ އިޖުތިމާޢީ ބަދަހިކަން ވަރުގަދަކޮށްދޭ ޤައުމީ ވަންތަކަމުގެ މުހިންމު ތަނބެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ތަރައްޤީއާއި ސުލްހައަށްޓަކައި ފާހަގަކުރާ ބައިނަލްއަޤްވާމީ ކުޅިވަރު ދުވަސް ނުވަތަ “އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯރޓްސް ފޯރ ޑިވެލޮޕްމަންޓް އެންޑް ޕީސް” ގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، މި ދުވަހުން ކަށަވަރުކޮށްދެނީ ކުޅިވަރަކީ އެއްވެސް ބޯޑަރެއް ނެތް، ސާދާ ނަމަވެސް ފުން މާނައ...

ޔުމްނާ ޢަލީ
ރިޝްވާން އެމްޕީއެލްގެ އެމްޑީކަމުން އިސްތިއުފާ ދެއްވައިފި

ރިޝްވާން އެމްޕީއެލްގެ އެމްޑީކަމުން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން މިރޭ އެ މަގާމުން ވަކިކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން ވަކިކުރީ، އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ ކަމަށެވެ. ރިޝްވާން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވީ 6 އެޕްރީލް 2026 ގައެވެ. އެމްޕީއެލްގެ...

ޔުމްނާ ޢަލީ
ޟަމްރަތު: އަމިއްލަ މެންބަރެއްގެ ގޮތުގައި ކައުންސިލަށް އިންތިޚާބުވެ ގައްދޫގެ ތާރީޚުގެ ތެރެއަށް

ޟަމްރަތު: އަމިއްލަ މެންބަރެއްގެ ގޮތުގައި ކައުންސިލަށް އިންތިޚާބުވެ ގައްދޫގެ ތާރީޚުގެ ތެރެއަށް

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ގދ. ގައްދޫ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި އަމިއްލަ ގޮތުން ވާދަކޮށް، ޟަމްރަތު ޖައުފަރު ވަނީ އެ ރަށުގެ ޒަމާންވީ ދިގު ތާރީޚުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް އިންތިޚާބު ކާމިޔާބުކުރި ފުރަތަމަ ކެންޑިޑޭޓުގެ ޝަރަފު ހޯދާފައެވެ. ސިޔާސީ ގޮތުން ހަލަބޮލި އަދި ޕާޓީ ފޯރިގަދަ ގައްދޫގައި ލަމްރަތު މި ގޮނޑި ކާމިޔާބުކުރީ ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތައް ކަމަށްވާ އެމްޑީޕީ އާއި ޕީއެންސީގެ ކެންޑިޑޭޓުންނާ ވާދަކޮށް ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ހުވަދު […]

ޝިއުނާ އާދަމް
ސިފައިން ހޯދުމުގެ ނަމުގައި އެމެރިކާއިން އަސްލު އުޅުނީ އީރާނުގެ ޔުރޭނިއަމްތައް ވަގަށް ނަގަން

ސިފައިން ހޯދުމުގެ ނަމުގައި އެމެރިކާއިން އަސްލު އުޅުނީ އީރާނުގެ ޔުރޭނިއަމްތައް ވަގަށް ނަގަން

އެމެރިކާގެ ޕައިލެޓަކު ސަލާމަތްކުރުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރޭގައި އެމެރިކާ އަސްކަރިއްޔާގެ 12 މަތިންދާބޯޓު ގެއްލިފައިވާކަމަށް ރިޕޯޓްތައް ބުނާއިރު، ގެއްލުނު ސިފައިންގެ މީހާ ހޯދުމުގެ ނަމުގައި އެމެރިކާއިން އަސްލު އުޅުނީ އީރާނުގެ ޔުރޭނިއަމްތައް ވަގަށް ނަގަންކަމަށް ތަޖުރިބާކާރުން ތުހުމަތުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ގެއްލުނު ސިފައިން ހޯދުމަށް ހިންގި ހަރަކާތެއް ކަމަށް ވައިޓް ހައުސްއިން ބުނަމުންދިޔަ ނަމަވެސް، މިއީ ހަގީގަތުގައި އީރާނުގެ މުއްސަނދިކޮށްފައިވާ ޔުރޭނިއަމްތައް އަތުލައިގަތުމަށް ހިންގި...

ނާޒިމާ އަލީ
މާލޭގެ މަގުމަތިން އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް ބިދޭސީއަކު ފެނިގެން ފަރުވާދެނީ

މާލޭގެ މަގުމަތިން އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް ބިދޭސީއަކު ފެނިގެން ފަރުވާދެނީ

މާލޭގެ މަގުމަތީގައި އަނގައިން ލޭ އައިސް، ހަބަރު ހުސްވެފައި އޮތް ބިދޭސީއަކު ފެނިގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތުގައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 އޭޕްރީލް 6 ވަނަ ދުވަހުގެ އިރުއޮއްސި 18:18 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ހަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެކެވެ. އެ މީހާ ފެނުމާއެކު، […]

ޔުމްނާ ޢަލީ
ސްވިޒަލޭންޑްގެ ސެއިންޓް ގަލެންގައި ޒަމާނީ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށައިފި

ސްވިޒަލޭންޑްގެ ސެއިންޓް ގަލެންގައި ޒަމާނީ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށައިފި

ސްވިޒަލޭންޑްގެ ސެއިންޓް ގަލެންގައި ދިރިއުޅޭ އަލްބޭނިއަން-އިސްލާމިކް މުޖުތަމަޢުގެ އިސްނެގުމާއެކު، އެ ސިޓީގައި ޒަމާނީ ފެންވަރުގެ އާ މަރުކަޒީ މިސްކިތެއް ބިނާކުރުމުގެ އުންމީދީ މަޝްރޫޢެއް ފަށައިފިއެވެ. އަލް-ހިދާޔާ އިސްލާމިކް ކޮމިއުނިޓީން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، މިހާރު އެކި ސަރަހައްދުތަކުގައި ހުރި ކުދި ނަމާދުކުރާ ކޮޓަރިތަކުގެ ބަދަލުގައި، ދީނީ އަދި ސަގާފީ ހަރަކާތްތައް ހިންގޭނެ ފާހަގަކޮށްލެވޭ ބޮޑު މަރުކަޒެއް ގާއިމުކުރުމެވެ. މި ބިޔަ މަޝްރޫޢަށް ގާތްގަނޑަކަށް 15 މިލިއަން ސްވިސް ފ...

ނާޒިމާ އަލީ