މިހާތަނަށް އެއްވެސް އަސާސީ މުދަލެއް ހުސްވިޔަ ނުދީ ވަނީ މެނޭޖުކުރެވިފައި: ސައީދު
ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއެކުވެސް، މިހާތަނަށް ރާއްޖެއިން އެއްވެސް އަސާސީ ބާވަތެއްގެ މުދަލެއް ހުސްވިޔަ ނުދީ މެނޭޖުކުރެވިފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު މިފަދައިން ވިދާޅުވީ، މެދުއިރުމައްޗާއި ގަލްފުގައި އެމެރިކާ އާއި އިސްރާއީލް އިސްވެ އީރާނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލ...