ހޮރްމުޒް ކަނޑުއޮޅީގައި ގަވާއިދާ ޚިލާފްވި އިޒްރޭލާ ގުޅުން އޮންނަ ދެ އުޅަނދެއް އީރާނުން ހިފަހައްޓައިފި
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުދަ ދުވަހު ހޮރްމުޒް ކަނޑުއޮޅިން އިޒްރޭލާ ގުޅުން އޮތް ދެ އުޅަނދެއް ހިފަހައްޓައިފިއެވެ. އައި.އާރް.ޖީ.ސީ ނޭވީން ބުނި ގޮތުގައި މި އުޅަނދުތައް ހިފެހެއްޓީ ގަވާއިދާ ހިލާފު އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައެވެ. އީރާނުން ހިފަހައްޓާފައިވަނީ ‘އެމް.އެސް.ސީ ފްރެންޗެސްކާ’ އާއި ‘އެޕަމިނޯޑްސް’ ނަމަކަށް ކިޔާ ދެ އުޅަނދެވެ. މި އުޅަނދުތަކުގެ މައްޗަށް ތަކުރާރުކޮށް ގަވާއިދާ ހިލާފުވުމާއި، ހުއްދަނެތި ދަތުރުކުރުމުގެ އިތުރުން، ނެވިގޭޝަން ސިސްޓަމް...