މި އަހަރުގެ މިހާތަނަށް 74 މިލިއަން ރުފިޔާގެ ޑްރަގް އަތުލެވިފައިވޭ: އިހްސާން
މި އަހަރުގެ މިހާތަނަށް 89 ކިލޯގެ މަސްތުވާތަކެތި އަތުލެވިފައިވާއިރު، އެ ތަކެތީގެ މަގުމަތީގެ އަގު 74.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ހިންގި އެކި އޮޕަރޭޝަންތަކުގައި 89 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި މާޗު މަހުގެ 5 ވަނަ ދުވަހުން ފެށި...