ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ، ނަމަކީ "ބުލްބުލް"
ބޭ އޮފް ބެންގާލްގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު މިހާރު މިވަނީ ތޫފާނަކަށް ބަދަލުވެފައިވާކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “ބުލްބުލް” ގެ ނަން ދީފައިވާ މި ތޫފާން ކުރިޔަށް އޮތް 6 ގަޑިއިރު ތެރޭގައި އިތުރަށް ބާރުގަދަވެ، އުތުރު ހުޅަނގު އުތުރަށް، ރާއްޖެއާއި ދުރަށް ބަނގްލަދޭޝްއާއި އިންޑިޔާގެ ވެސްޓް ބެންގާލްގެ އައްސޭރިފަށާއި ދިމާލަށް ދަތުރުކުރަމުންދާނެ. މި ތޫފާނުގެ ސީދާ […]