މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޖަލާލުއްދީން ސުކޫލް ދަރިވަރަކު އޯލެވެލް އިމްތިހާނަށް ދަނިކޮން އެކްސިޑެންޓްވި މައްސަލަ ބަލަނީ

ޖަލާލުއްދީން ސުކޫލް ދަރިވަރަކު އޯލެވެލް އިމްތިހާނަށް ދަނިކޮން އެކްސިޑެންޓްވި މައްސަލަ ބަލަނީ

ޖަލާލުއްދީން ސުކޫލްގެ ދަރިވަރަކު އޯލެވެލް އިމްތިހާނަށް ދަނިކޮން އެކްސިޑެންޓްވި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ހާމަކޮށްފިއެވެ. ހދ ކުޅުދުއްފުށީގައި މިދިޔަމަހުގެ 21 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަހަރު ނުވާ ކުޑަކުއްޖަކަށެވެ. ފުލުހުން މަޢުލޫމާތުދިން ގޮތުގައި އެ އެކްސިޑެންޓް ވެފައިވަނީ އެދުވަހުގެ 13:20 ގައި ސްކޫލްއަށް ވަންނަން ދިޔަ ކުއްޖެކެވެ. މި އެކްސިޑޭންޓުވީއިރު ސައިކަލު ދުއްވަންއިނީ ފިރިހެނެކެވެ. އަނިޔާވި ކުއްޖާގެ އަތާއި ފައި މަށާއިގެންގޮސް ދަތެއް ބިނދިފައިވާކ...

ޔުމްނާ ޢަލީ
ހިތާނީ ކޭމްޕް މިއަހަރުވެސް ކުޅުދުއްފުށީ ހޮސްޕިޓަލުގައި

ހިތާނީ ކޭމްޕް މިއަހަރުވެސް ކުޅުދުއްފުށީ ހޮސްޕިޓަލުގައި

ކޮންމެ އަހަރަކުވެސް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ބޮޑު ޗުއްޓީ އާއި ދިމާކޮށް ބާއްވަމުން އަންނަ ހިތާނީ ކޭމްޕް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ކުރީ އަހަރުތަކެކޭ އެއްގޮތައް މިއަހަރުގެ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ފެށިގެން 30 ޑިސެމްބަރުގެ ނިޔަލަށެވެ. މި ކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ކޭމްޕާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ 6528864 ނަމްބަރާއި ގުޅުއްވުމަށް އެފަރާތުން އެދިފައި...

ފާތިމަތު ސިނާޒާ
މިއަހަރު ކޮރަޕްޝަނާގުޅޭ 03 މައްސަލައެއްގައި ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

މިއަހަރު ކޮރަޕްޝަނާގުޅޭ 03 މައްސަލައެއްގައި ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

މިއަހަރު ކޮރަޕްޝަނާގުޅޭ 03 މައްސަލައެއްގައި ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި އެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން، 2019ވަނަ އަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި،  03 މައްސަލައެއްގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި އޭސީސީން ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވާ 03 މައްސަލައިގެ ތެރެއިން، މިއަހަރުގެ 03ވަނަ ކުއާޓަރުގައި ދަޢުވާކުރުމަށް ފޮ...

ޔުމްނާ ޢަލީ
ފެނަކައިން އުލިގަމުގައި އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ފެނަކައިން އުލިގަމުގައި އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ފެނަކައިން އުލިގަމުގައި އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ހއ އުލިގަމް ގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭ މަސައްކަތް ހަވާލުކޮށްފައިވަނީ 2 އެލް ކޮންސްޓްރަކްޝަން ޕވޓ ލޓޑ އާއެވެ. ފެނަކަ އާ މިކުންފުންޔާއި ދެމެދު މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދުއެވެ. 2 އެލް ކޮންސްޓްރަކްޝަން އާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 5،599،454.10 ރުފިޔާއަށް 170 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. އެގޮތުން މިމަސައްކަތް ނިންމުމަށް އެެއްބަސްވުމުގައިވަނީ 1 މެއި 2020 ވަނަ ދުވަހުގެ ނު...

ޔުމްނާ ޢަލީ
ކާމިޔާބު މީހަކަށް ވުމުގެ ހުވަފެން ދެކެމު ހެއްޔެވެ؟

ކާމިޔާބު މީހަކަށް ވުމުގެ ހުވަފެން ދެކެމު ހެއްޔެވެ؟

ކާމިޔާބު މީހަކަށް ވުމުގެ ހުވަފެން ދެކެމު ހެއްޔެވެ؟ އެހުވަފެން ވުޖޫދުވީ ކޮންކަމަކާ ގުޅިގެން ކަން ހިތަށް ގެންނާށެވެ. ބައެއްފަހަރު އެއީ ތިމާގެ ހިތުގައި އުފެދުނު ލޯބީގެ ޝުއޫރެއްގެ ސަބަބުން ހަތަށްވެރިވި އިހްސާސަކަށް ވެދާނެއެވެ. ނޫނީ ކުރިމަތިވި ހިތްދަތި ތަޖުރިބާއަކުން އަރައިގަތުމަށް ކަނޑައެޅި އަޒުމަކަށް ވެދާނެއެވެ. ނޫނީ އަނެކާއަށްވުރެ ކުރިއަރާ ދިޔުމަށް އޮތް ޝައުގުވެރިކަމެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. މިއިން ކޮންމެ ސަބަބަކާހެދި ކަމުގައި ވިޔަސް، ތިމާދެކޭ ހުވަފެނެއް ހަގީގަތަކަށް ހެދޭނީ އެކަމާ އުޅ...

މުޙައްމަދު ޝިހާބް
އެކްސަސައިޒް "ޖައްރާފާ 2019" ފަށައިފި

އެކްސަސައިޒް "ޖައްރާފާ 2019" ފަށައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކޮންމެ އަހަރަކު ބާއްވަމުންދާ ފަޔަރ އެކްސަސައިޒްގެ މިއަހަރުގެ ސިލްސިލާކަމުގައިވާ “ޖައްރާފާ 2019” މިއަދު ފަށައިފިއެވެ. އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ހަވީރު ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް ކާނަލް ޢަބްދުﷲ އިބްރާހީމް އެވެ. MNDF Fire and Rescue Service ge Exercise "Jarrafa 2019" miadhu fashaifi. Mi Exercise kuriyah dhaanee mi mahuge 6 – 8 […]

އިބްރާހިމް އަސްވާޤް
2020 ވަނަ އަހަރުގެ ބަޖެޓުގައި ކުޑަކުދިންގެ ހިޔާ އައްޑޫ އާއި ބ އަތޮޅަށް

2020 ވަނަ އަހަރުގެ ބަޖެޓުގައި ކުޑަކުދިންގެ ހިޔާ އައްޑޫ އާއި ބ އަތޮޅަށް

އަންނަ 2020 ވަނަ އަހަރަށް ލަފާކޮށް ނެރުނު ބަޖެޓުގައި ޕްލޭން ކޮށްފައިވާ އިޖުތިމާއި ރައްކާތެރިކަމުގެ ޕްރޮގްރާމުތަކުގެ ތެރޭގައި އައްޑޫ ސިޓީ އަދި ބ. އޭދަފުށީގައި ކުޑަކުދިންގެ ހިޔާއެއް ގާއިމުކުރަން ބަޖެޓުގައި ހިމަނައިފި އެވެ. ބަޖެޓުގައި އިސްކަން ދީފައި ވާނީ ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް އެހީތައް ދިނުމުގައި ހަމަހަމަ އުސޫލެއް ގާއިމްކުރުމަށްކަމަށް މަޖިލީހުގައި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަ...

ފާތިމަތު ސިނާޒާ
ގިރިފުށީ ބޭރުގައި އޮތް ސަފާރީއެއްގަހުރި ފަތުރުވެރިއެއްގެ ކަރަށް ވަޒަނެއް އަރައިފި

ގިރިފުށީ ބޭރުގައި އޮތް ސަފާރީއެއްގަހުރި ފަތުރުވެރިއެއްގެ ކަރަށް ވަޒަނެއް އަރައިފި

ކ. ގިރިފުށީގައި ތަމްރީނު ހެދުމުގެ ގޮތުން ސިފައިން މިއަދު ބަޑި ޖަހަމުން ދަނިކޮށް، އެ ރަށު ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގައި ހުރި މީހެއްގެ ގަޔަށް އެ ރަށުން ޖެހި ވަޒަނެއް އަރައިފި އެވެ. އެމްއެންޑީއެފް އިން ބުނީ، ޓޫރިސްޓް މީހާގެ ގައިގާ ޖެހިފައި ވަނީ، ތަނެއްގައި ޖެހި ބާރު ކެނޑިފައިވާ ވަޒަނެއް ކަމަށެވެ. އަދި ވަޒަން ދިޔައީ އެމީހާގެ ކަރުގައި ކޭތިލާފައި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ. އެ ފަތުރުވެރިޔާ ސީއެމްބިއުލެންސްގައި ހުޅުމާލެ ގެނެސް ޓްރީ […]

އިބްރާހިމް އަސްވާޤް
ތައުލީމީ ދާއިރާއާ އަލަށް ގުޅޭ މީހުން މަދުވަނީ މުސާރަ ކުޑަވުމުން: އެޑިއުކޭޝަން މިނިސްޓަރ

ތައުލީމީ ދާއިރާއާ އަލަށް ގުޅޭ މީހުން މަދުވަނީ މުސާރަ ކުޑަވުމުން: އެޑިއުކޭޝަން މިނިސްޓަރ

ތައުލީމީ ދާއިރާއާ އަލަށް ގުޅޭ މީހުން މަދުވަނީ މުސާރަ އާއި އިނާޔަތްތައް ކުޑަވުމުގެ އިތުރުން، މަސައްކަތް ކުރަން ޖެހޭ މާހައުލަކީ އެންމެ ހިތްގައިމު މާހައުލަކަށް ނުވާތީ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ޓީޗަރުންގެ މުސާރައާ ގުޅޭ އޮނިގަނޑު ޕޭ ކޮމިޝަނާ ހިއްސާކޮށްފައިވާނެ ކަމަށާއި އޮނިގަނޑުގައި އެޑިއުކޭޝަން...

އަޙްމަދު މުޖުތަބާ
ސަމާލުވޭ! - އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ

ސަމާލުވޭ! - އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ

ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން(އެސްޓީއޯ) ގެ ނަމުގައި އާންމުންގެ ފޯން ނަމްބަރ ތަކަށް ގުޅައި ރުފިޔާ ހޯދަމުން ދަތީ އެކަމަށް ސަމާލުވާން އެސްޓީއޯ އިން އިލްތިމާސްކޮށްފި އެވެ. އެސްޓީއޯ އިން ބުނެފައިވަނީ އެފަރާތުން ރީލޯޑް ކޮށްގެން އިނާމް ލިބޭ ޕުރޮމޯޝަނެއް އެއްވެސް އިރެއްގައި ހިންގާފައި ނުވާ ކަމަށެވެ. Announcement! pic.twitter.com/L7hpCGxSXa — STO (@stoplc) November 6, 2019 އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލައެކެވެ. އެގޮތުން، ނުދަންނަ ނަންބަރުތަކުން، ގުޅ...

ފާތިމަތު ސިނާޒާ
ބަޖެޓު 2020: ދިއްދޫ ކައުންސިލަށް 12 މިލިއަން ރުފިޔާގެ ބަޖެޓެއް

ބަޖެޓު 2020: ދިއްދޫ ކައުންސިލަށް 12 މިލިއަން ރުފިޔާގެ ބަޖެޓެއް

ހއ ދިއްދޫ ކައުންސަލަށްވެސް 2020 ވަނަ އަހަރަށް މިއަހަރަށްވުރެ ދެގުނަ ބޮޑު ބަޖެޓެއް ވަނީ ހުށައަޅާފައެވެ. ދިއްދޫ ކައުންސިލަށް މިއަންނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓަކީ 12302462 ރުފިޔާ (ބާރަ މިލިއަން ތިން ލައްކަ ދެހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ދެރުފިޔާ) އެވެ. މިއީ މިއަހަރު އެކައުންސިލަށް ލިބިފައިވާ ބަޖެޓަށްވުރެ ދެގުނަ ބޮޑު ބަޖެޓެކެވެ. މިއަހަރު ދިއްދޫ ކައުންސިލަށް ލިބިފައިވަނީ 5705392 ރުފިޔާ (ފަސް މިލިއަން ހަތް ލައްކަ ފަސްހާސް ތިންސަތޭކަ ނުވަދިހަ ދެރުފިޔާ) ގެ ބަޖެޓެކެވެ. މިއަންނަ އަހަރަށް […]

އަޙްމަދު މުޖުތަބާ
ބަޖެޓު 2020: ކުޅުދުއްފުށީ ކައުންސިލަށް ތިންގުނަ ބޮޑު ބަޖެޓެއް

ބަޖެޓު 2020: ކުޅުދުއްފުށީ ކައުންސިލަށް ތިންގުނަ ބޮޑު ބަޖެޓެއް

2020 ވަނަ އަހަރަށް ތައްޔާރުކޮށް ހުށައަޅާފައިވާ ބަޖެޓުގައި ކުޅުދުއްފުށީ ކައުންސިލަށް މިއަންނަ އަހަރު ތިންގުނަ ބޮޑު ބަޖެޓެއް ވަނީ ހުށައަޅާފައެވެ. 2020 ވަނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓުގައި ކުޅުދުއްފުށީ ކައުންސިލަށް ކަނޑައަޅާފައިވަނީ 33032113 ރުފިޔާ (ތިރީސް ތިން މިލިއަން ތިރީސް ދެހާސް އެއްސަތޭކަ ތޭރަ ރުފިޔާ) އެވެ. މިއީ މިއަހަރު ކުޅުދުއްފުށީ ކައުންސިލަށް ލިބުނު ބަޖެޓަށްވުރެ ތިން ގުނަ ބޮޑު ބަޖެޓެކެވެ. މިއަހަރު ކުޅުދުއްފުށީ ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓުގައި ހިމެނެނީ 10275591 ރުފިޔާ (ދިހަ މިލިއ...

އަޙްމަދު މުޖުތަބާ
ހަލުވިކަމާއި އެކު ގައިން ގަޔަށް އަރާ ޖަރާސީމެއް ހުރި ރާސްބެރީ ރާއްޖޭގައި، ސަމާލުވޭ!

ހަލުވިކަމާއި އެކު ގައިން ގަޔަށް އަރާ ޖަރާސީމެއް ހުރި ރާސްބެރީ ރާއްޖޭގައި، ސަމާލުވޭ!

ހަލުވިކަމާއި އެކު ގައިން ގަޔަށް އަރާ ޖަރާސީމަކުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ރާސްބެރީ ރާއްޖެއަށް އެތެރެވެފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިލްތިމާސްކުރައްވައިފިއެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީ ނެރުނު ބަޔާނެއްގައި ވަނީ “ނޯރޯވައިރަސް” ކިޔާ ޖަރާސީމުން ތަޣައްޔަރުވެފައިވާ “ހިލްބީގަންޒް” މަރުކާގެ ގަނޑުކުރި ރާސްބެރީ ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް އިން އަންގާފައިވާކަމަށެވެ. އަދި މި މައުލޫމާތު ލ...

ޔުމްނާ ޢަލީ
ދައުރު ނިމެންދެން ހުންނާނީ މިނިވަން މެމްބަރެއް ގޮތުގަ: މޮސްޓާ

ދައުރު ނިމެންދެން ހުންނާނީ މިނިވަން މެމްބަރެއް ގޮތުގަ: މޮސްޓާ

މަޖިލިސް ދައުރު ނިމެންދެންވެސް ހުންނަވާނީ މިނިވަން މެމްބަރެއްގެ ގޮތުގައިކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ބައިވެރިވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަޢުވަތަކަށް ކަމަށެވެ، އަދި މަޖިލިސް އަށް ހޮވުނީ އަމިއްލަ ގޮތުން ކަމަށާއި ދައުރު ނިމެންދެންވެސް މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނަވާނެ ކަމުގެ ޔަގީންކަން ނޮޅިވަރަންފަރާއި ނޮޅިވަރަމް...

އަޙްމަދު މުޖުތަބާ
އިސްލާމްދީނަކީ އެއްބައިވަންތަކަމުގެ ދީނެވެ.

އިސްލާމްދީނަކީ އެއްބައިވަންތަކަމުގެ ދީނެވެ.

އިސްލާމްދީނަކީ އެއްބައިވަންތަކަމަށް ގޮވާލާދީނެވެ. އެކަކު އަނެކަކަށް، އެއްބަޔަކު އަނެއްބަޔަކަށް އޯގާވެރިވެ ރަހުމް ކުރުމަށް ގޮވައިލާދީނެވެ. އެކަކަށް ދަތި އުނދަގޫކަމެއް ނުވަތަ ހިތާމައެއް ކުރިމަތިވެއްޖެނަމަ އެމީހަކަށް އެހީތެރިވުމަށް އަމުރުކުރާ ދީނެވެ. އެކަކު އަނެއްކެއްގެ މުދަލާއި އަބުރަށް ރައްކާތެރިވުމަށް އަމުރުކުރާދީނެވެ. އިސްލާމީ އުންމަތުގެ ކޮންމެ ފަރުދަކުވެސް އޭނާގެ ދުލާއި، އަތް އެހެން މީހުންނަށް އުނދަގޫވާފަދަ ކަންކަމުން ރައްކާތެރިކުރުމަށް ގޮވާލާ ދީނެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ސުބްހާނަހޫވަތައ...

Thiladhun