ހޯރަފުށީގައި ފަސްޓްއެއިޑް ކޯހެއް ފަށަނީ
މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރޭނިންގ ސުކޫލާއި ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ފަސްޓްއެއިޑް ކޯހެއް ހޯރަފުށީގައި ފެށުމަށް ހަމަޖެހިއްޖެއެވެ. މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޯހުގައި 18 އަހަރުން މަތީ ދެޖިންސުގެ މީހުންނަށް މުޅިން ހިލޭ ބައިވެރި ވެވޭއިރު މި ކޯހަކީ ކޮންމެ ދަނޑިވަޅެއްގައި ވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރަން ޖެހިދާނެ ކަމަށް ވިސްނާ ކުރިޔަށް ގެންދާ ތަމްރީން ޕްރޮގުރާމެކެވެ. ކޮންމެ ދަނޑިވަޅެއްގައިވެސް މީހެއްގެ ފުރާނަ ސަލާމަތްކުރަންޖެހިދާނެ،...