މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ދަރަވަންދޫއިން މަސްތުވާތަކެއްޗާއެކު 25 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

ދަރަވަންދޫއިން މަސްތުވާތަކެއްޗާއެކު 25 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ.ދަރަވަންދޫ ޕޮލިސް ޑެސްކާއި އޭދަފުށީ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ދަރަވަންދޫން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި އަންހެނެކެވެ. އެއަންހެންމީހާ ހައްޔަރުކޮށްފައިވަނީ ދަރަވަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހި...

ޔުމްނާ ޢަލީ

އެމްޑަބްލިއުއެސްސީން ހެދި ޓޫރިސްޓް ޓާމިނަލް ސިޓީ ކައުންސިލާ ހަވާލުކޮށްފި

އެމްޑަބްލިއުއެސްސީން  މަސްވެރިންގެ ޕާކުގައި ޓޫރިސްޓުންނަށް ހާއްސަކޮށްގެން ހަދައިދިން ޓާމިނަލް މާލޭ ސިޓީ ކައުންސިލާ މިއަދު ހަވާލުކޮށްފި އެވެ. މަސްވެރިންގެ ޕާކު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޓާމިނަލް ސިޓީ ކައުންސިލާ ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. މިއީ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން އެމްޑަބްލިއުއެސްސީގެ ސީއެސްއާރު ދަށުން ހަދައިދިން ޓާމިނަލެކެވެ. MD @AdamAzim handing over the key to the Tourist Public Restrooms at Masveringe Park to Mal...

ޔުމްނާ ޢަލީ

އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް އައިޖީއެމްއެޗްގައި ފަށައިފި

އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް އައިޖީއެމްއެޗްގައި މިއަދު ފަށައިފިއެވެ. މިޚިދުމަތް ދޭން ފަށާފައިވަނީ އައިޖީއެމްއެޗްގެ ދަރުމަވަންތަ ކޮމްޕްލެކްސްގައެވެ. މިއީ ވާންވެފައިވާ ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސްފަށަލަތަކަށް ދޫޖެއްސުމަށް އެހީތެރިވެދޭ ފަރުވާއެކެވެ. އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް އައި.ޖީ.އެމް.އެޗްގެ ދަރުމަވަންތަ ކޮމްޕްލެކްސްގައިދޭން ފަށައިފި. މިއީ ވާންވެފައިވާ ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސްފަށަލަތަކަށް ދޫޖެއްސުމަށް އެހީތެރިވެދޭ ފަރުވާއެއް.#IGMH#aquaticphysiotherapy pic.twi...

ޔުމްނާ ޢަލީ
ހދ އަތޮޅާއި ބ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓް!

ހދ އަތޮޅާއި ބ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓް!

ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށް ލަފާކޮށް ހދ އަތޮޅުން ބ އަތޮޅާއި ދޭތެރޭ އަތޮޅު ތަކަށް ޔެލޯ އެލާޓު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދެންމެ ހާމަކުރެއްވި މައުލޫމާތުގައި ވާގޮތުން މިރޭ ދަންވަރު 01:30 އިން ފެށިގެން މިރޭ 03:00 އާއި ހަމަޔަށް މިސަރަޙައްދުގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވަނީ ޔެލޯ އެލާޓު ނެރެފައެވެ. މީގެ އިތުރުން މިރޭ ވަނީ ތ އަތޮޅުން ފެށިގެން ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށްވެސް ޔެލޯ އެލާޓް ނެރެފައެވެ. މިއެލާޓް […]

ހުސައިން ހަބީބް

ޤާސިމްގެ ޤާތިލުގެ ބަންދުގެ އަމުރު ލީކުކޮށްލައިފި

މިހިނގާ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ހުޅުމާލޭގައި، ވަޅިން ހަމަލާދީ އަނިޔާވެރިކޮށް ގަތުލުކޮށްލެވުނު އދ. މާމިނގިޔަށް އުފަން އުމުރުން 59 އަހަރުގެ ޤާސިމް ޙަސަންގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރިމީހާގެ ހައްޔަރުގެ އަމުރު ސޯސަލް މީޑިއާގައި ލީކު ކޮށްލައިފިއެވެ. ލީކުކޮށްލާފައިވާ ކޯޓު އަމުރުގައި ވާގޮތުން ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފު ވުމުން ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވަނީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ […]

ޔުމްނާ ޢަލީ
ހަރުކަށިފިކުރުގެ މީހުން ދެނެގަންނާނެގޮތް ނޭޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރުން އާންމުކޮށްފި

ހަރުކަށިފިކުރުގެ މީހުން ދެނެގަންނާނެގޮތް ނޭޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރުން އާންމުކޮށްފި

ހަރުކަށި ފިކުރަކީ ކޮބައިކަމާއި، ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ނޭޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރުން އާންމުކޮށްފިއެވެ. ހަރުކަށި ފިކުރު މާނަކުރުމާއި ގުޅޭގޮތުން އެންސީޓީސީން މިއަދު އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ހަރުކަށި ފިކުރަކީ ގާނޫނު އަސާސީގެ ރޫހާއި، ގާނޫނީ ހަމަތަކާއި، އާންމު އިޖްތިމާއީ އުސޫލުތަކަށް ބަހާއި އަމަލުން އިންކާރުކޮށް، އެކަންކަމާ ދެކޮޅަށް ވަކާލާތު ކުރުމުގައި ހަރުކަށިވެ، އަނިޔާވެރިވުމާއި، އިހާނެތިކޮށް ހިތުމުގެ ފިކުރު ކަމަށެވެ. މިގޮތުން ހަރުކަށި ފިކުރަކީ އެތ...

ހުސައިން ހަބީބް
ވީކޭ ޕީކާރސް: ޒުވާން ކުދިންނަށް ނަމޫނާއެއް

ވީކޭ ޕީކާރސް: ޒުވާން ކުދިންނަށް ނަމޫނާއެއް

“ވީކޭ ޕީކާރސް” އޭ ބުނެފިނަމަ އެއީ ކީއްކުރާ ކޮން ބައެއް ކަން އިނގޭނީ މަދު ބަޔަކަށެވެ. ވީކޭ ޕީކާރސް އަކީ ހދ. ވައިކަރަދޫ އަށް ނިސްބަތްވާ ޒުވާން ކުދިންތަކެއް ހިންގާ ޕޭޖް އެކެވެ. މިކުދިންނަކީ ރާއްޖޭގައި ވަރަށް މަދުން ކުޅޭ ކުޅިވަރެއް ކަމުގައިވާ ޕާކޯ އަދި ފްރީ ރަނިންގް ކުރާ ކުދިންތަކެކެވެ. މިކުދިން ކުރާ ހަމަ އެކަނި ކަމަކީ އެއީ އެއް ނޫނެވެ. މި ޒުވާން ކުދިންތައް އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައު އަށް ފައިދާ ކުރާނެ […]

Thiladhun

ބޮއްކުރާ ދުއްވާލަން ދާންވީ ތަކަންދޫއަށް

ހއ. ތަކަންދޫއަކީ ޤުދުރަތީ ރީތި ކުޅިއެއް އޮންނަ ހިތްގައިމު ރަށެކެވެ. އެރަށުގެ ހިތްގައިމުކަން މިފަހަރު މިދައްކާލީ ތަކަންދޫގެ ޒުވާނެއްކަމަށްވާ އަހުމަދު ސާލިމް ޓުވިޓާއަށް ދޫކޮށްލި ހިތް ދަމައި ގަންނަ ފޮޓޯ ތަކަކުންނެވެ. އެފޮޓޯތަކުން އެރަށުގެ ކުޅީގައި ޢާއިލާތަކުން ބޮއްކުރާ ދުއްވާ މަންޒަރު ދައްކުވައި ދެއެވެ. ކުޅީގެ ތެރެއަށް މުޑިޖަހައި، އެލުވާފައި ހުރި އުނދޯއްޔަކުން ހިތްތައް ދަމައިގަނެއެވެ. އުނދޯލީ އެލުވަން މަތީގައި އަޅާފައި އޮތް ދަނޑީގައި ” އަހަރެން ތަކަންދޫ ދެކެ ލޯބިވަން ” ލިޔެފައިވާވެއެވެ. https://twi...

ޙުސައިން ޝަހުދީ

އެކްސެލެންސް އިން ޔޫޓިލިޓީ އެވޯޑް ފެނަކަ އަށް

އެކްސެލެންސް އިން ޔޫޓިލިޓީ އެވޯޑް، ފެނަކަ ކޯޕަރޭޝަން ލިމިޑެޑް ކާމިޔާބު ކޮށްފިއެވެ. މިއެވޯރޑް ފެނަކައިން ކާމިޔާބު ކޮށްފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019 ގައެވެ. މާކެޓިންް، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ބްލޭޒަން އިންކޯޕަރޭޓަޑްއިން ބޭއްވި މިއެވޯޑް ހަފްލާގައި، މިއަހަރު ފަސް ދާއިރާއަކުން ޖުމްލަ 29 ކެޓަގަރީއަކުން އެކި ފަރާތްތަކަށް ވަނީ އެވޯޑް ދީފަ އެވެ. އަހަރެއްގެ މުއްދަތުގައި ވިޔަފާރިތަކުން ހޯދާ ކުރިއެރުންތައް ފާހަގަ ކު...

ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ ނ. ކެނދިކުޅުދޫ ކައުންސިލަރުންނާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ނ. ކެނދިކުޅުދޫ ކައުންސިލަރުންނާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި، ކެނދިކުޅުދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ކުރިޔަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި، ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށ...

ޔުމްނާ ޢަލީ

ބޭރު ގައުމެއްގައި ހުންނަވާ ފުރަތަމަ ދިވެހި ކޮންސުލް ޖެނެރަލްގެ މަގާމަށް ކަނބަލެއް

އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގެ، ކޮންސުލް ޖެނެރަލްގެ މަގާމަށް އާމިނަތު އަބްދުﷲ ދީދީ އައްޔަން ކުރައްވައިފި އެވެ. އެކަމަނާ ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލް ޖެނެރަލްއަކަށް އައްޔަންކުރެއްވުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މަގާމުގެ ލިޔުން ހަވާލުކުރައްވައިފަ އެވެ. މިއީ ރާއްޖެއިން ބޭރު ގައުމެއްގައި ގާއިމްކުރި ފުރަތަމަ ކޮންސިއުލޭޓް ޖެނެރަލްއަށް އައްޔަންކުރެއްވި ފުރަތަމަ ކޮންސުލް ޖެނެރަލް އެވެ. މިމަގާމަށް އައްޔަންކުރެއްވި އ...

ޔުމްނާ ޢަލީ

ނޮޅިވަރަމް ޖަމިއްޔަތުލް ރިސާލާއިން ދީނީ ހޭލުންތެރި ކުރުމުގެ ހަރަކާތްތަކެއް ހިންގައިފި

ހދ. ނޮޅިވަރަމްގެ ޖަމްއިއްޔާއެެއް ކަމަށްވާ، ޖަމިއްޔަތުލް ރިސާލާއިން ދީނީ ގޮތުން ހޭލުންތެރި ކުރުމުގެ ހަރަކާތްތަކެއް ހިންގައިފިއެވެ. މިޙަރަކާތްތަކުގައި 19 ޑިސެމްބަރ 2019 ވަނަ ދުވަހު ހދ. ކުރިނބީގައި ދީނީ ނަޞޭހަތް ދިނުމުގެ 2 ޕްރޮގްރާމް، 20، 21 ޑިސެމްބަރު 2019 ވަނަ ދުވަހު ނޮޅިވަރަމްގައި ދީނީ ދަރުސް ދިނުމުގެ 4 ޕްރޮގްރާމްވަނީ ހިންގާފައެވެ. މީގެ އިތުރުން ހިންގި ހަރަކާތްތަކުގެ ތެރޭގައި ހޭލުންތެރިކޮށް، މައުލޫމާތު ފޯރުކޮށް ދިނުމަށް ގޭގެޔަށް ޒިޔާރަތް ކުރުމާއި، ޢާއިލީ ނަޞޭހަތް ދިނުން ކުރިއަށް ގެންދިއުމާއި […]

ޙުސައިން ޝަހުދީ

މިއަދަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ޢިއުލާން ކުރި ދުވަސް

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ޢިއުލާން ކުރީ 1932 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ހިޖުރީ ގޮތުން އެދުވަހަކީ 23 ޝައުބާން 1351 އެވެ. މިޤާނޫނު އަސާސީ އެކުލަވާ ލެއްވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ކީރިތި މަހާރަދުންނެވެ. އެޤާނޫނު އަސާސީގައި ދިވެހި ރައްޔިތް ކަމަށް ބުނެފައިވަނީ “ދިވެހިރާއްޖެއަށް އުފަން ކޮންމެ ދިވެއްސަކާއި، ބޭރުރަށަކަށް އުފަންވިޔަސް ބަފައި ދިވެހި ރައްޔިތެއް ކަމުގައިވާ ކޮންމެ މީހަކާއި، ބޭރު މީހުންކުރެ ރާއްޖޭގައި 7 އަހަރު ވަންދެން […]

ޙުސައިން ޝަހުދީ
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޝުޖޫން ޢައްޔަން ކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޝުޖޫން ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، މާފަންނު ކޮކާހަނދުވަރުގެ، އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އެމަޤާމަށް މި ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސްޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިނ...

ޔުމްނާ ޢަލީ

ޕޮލިސް ކުލަބުން ޤައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި

ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި ކުލަބް ވެމްކޯ އަތުން މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއެކު ޕޮލިސް ކުލަބުން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ކުލަބް ވެމްކޯގެ މައްޗަށް ޕޮލިސް ކުލަބުން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މިމެޗުގެ ފުރަތަމަ ސެޓްގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މި ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 27-15 އިންނެވެ. މިސެޓަށްފަހު ޕޮލިސް ކުލަބުން ވަނީ ކުޅުން ރަނގަޅުކޮށް ފަހު […]

ހުސައިން ހަބީބް