މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:

ޤައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް "ޔެލޯ 2"އަށް މަތިކޮށްފި

ޤައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް “ޔެލޯ 2” އަށް މަތިކޮށް، ، މިރޭ 7:00 އިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުންދާނެ ކަމަށް ބަޔާންކޮށް ބަޔާނެއް އާންމު ކޮށްފިއެވެ. https://twitter.com/rivetment/status/1209472932369465344?s=20 އެބަޔާނުގައި ވަނީ އެފިޔަވަޅާއި ގުޅިގެން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދެވޭނެކަމަށާއި، މިކަމަކީ ޤައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއްކަމަށް ވުމާއި...

ޔުމްނާ ޢަލީ

މަޑިތަކަކާއެކު ހިތްއުފާކޮށްލާ މަންޒަރަށް ދުނިޔޭގެ ލޯތައް ހުއްޓިއްޖެ

ދިވެހި ހުދު ގޮނޑު ދޮށުގައި، ސާފު މޫދުގައި ފަތުރުވެރިއަކު މަޑިތަކަކާއެކު ހިތް އުފާކޮށްލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގެ ޓުވީޓާއަށް ދޫވުމުން އެތައްބައެއްގެ ލޯ އެ ވީޑިއޯއަށް ހުއްޓިއްޖެއެވެ. އެމެރިކަން ބްރޯޑްކާސްޓިން ކޮމްޕެނީ (އޭބީސީ) އިން މި ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހު ޓްވީޓް ކުރި މިވީޑިއޯއަށް ވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިފައެވެ. A man floats with stingrays off a beach in the Maldives. https://t.co/KnGYPOtkna pic.twitter.com/9HJ1AeBgCq — ABC News […]

ޙުސައިން ޝަހުދީ

ގާސިމަށް ހަމަލާދިނީ ފޭރުމުގެ ބޭނުމުގައި: ފުލުހުން

ޑިސެމްބަރ 4 ވަނަ ދުވަހުގެ ރޭ 21:06 ހާއިރު ހުޅުމާލެ ރީތިގަސްމަގުގައި ޓެކްސީ ޑްރައިވަރު، ޤާސިމް ޙަސަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލިކަމަށް އިއުތިރާފް ވެފައިވާ އަދުހަމް ކާރަށް އެރީ ހުޅުލެއިން ކަމަށާއި، ގާސިމް މަރާލީ ފޭރެން އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ. ގާސިމަށް ތޫނު އެއްޗަކުން ހަމަލާދިނީ މަރާލުމުގެ ގަސްތުގައި ނޫން ކަމަށް ގާސިމްގެ ގާތިލް، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު ބުނެފައިވާ […]

ޔުމްނާ ޢަލީ
ވީއައިއޭ އިން އެއާޓްރެފިކް ރެކޯޑު މުގުރާލައިފި

ވީއައިއޭ އިން އެއާޓްރެފިކް ރެކޯޑު މުގުރާލައިފި

މިދިޔަ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖެއްސި އަދި ފުރި ފްލައިޓުތަކުގެ އަދަދު 239 އަށް އަރައި، ވީއައިއޭ އިން އެއަރޕޯރޓްގެ އެއަރޓްރެފިކް ރެކޯޑް މުގުރާލައިފިއެވެ. އެމްއޭސީއެލް އިން ބުނީ އާދިއްތަ ދުވަހު 101 އިންޓަނޭޝަނަލް މޫމަންޓްސް އަދި 121 ޑޮމެސްޓިކް މޫމަންޓްސް ވީއައިއޭގައި ރެކޯޑު ކުރެވިފައިވާ ކަމަށެވެ. https://twitter.com/VelanaAirport/status/1209097999038574603?s=20 މިއީ މިގޮތަށް މިއަހަރުގެ ތެރޭ ރެކޯޑް އަދަދަކަށް ފްލައިޓްތައް ޖެއްސި ދެ ވަނަ ފަހަރެވެ. އެގޮތުން، މި...

ޔުމްނާ ޢަލީ

މާލޭގެ މިސްކިތެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ލޮނުޒިޔާރަތްމަގުގައި ހުންނަ ޝަހީދު އަލީ މިސްކިތުގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 11:12 އެހާކަންހާއިރު ޝަހީދު އަލީ މިސްކިތު ތެރެއަށް އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ވެއްޓިފައި އޮއްވާ އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އައިޖީއެމް ހޮސްޕިޓަލަށް އެ މީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އޭނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މަރުވެފައިވަނީ 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިކަމާ […]

ޔުމްނާ ޢަލީ
ހެލްމެޓް ނާޅާ ފުލުހުން ބްރިޖަށް އެރީ މީހަކު ސަލާމަތް ކުރަން

ހެލްމެޓް ނާޅާ ފުލުހުން ބްރިޖަށް އެރީ މީހަކު ސަލާމަތް ކުރަން

19 ޑިސެމްބަރު ވީ ބުރާސްފަތި ދުވަހުގެ ރޭ ދެ ފުލުހަކު ހެލްމެޓު ނާޅައި ސިނަމާލޭ ބްރިޖު މަައްޗަށް އެރީ ބްރިޖު މަތިން ފުންމާލަން އުޅުނު މީހަކު ސަލާމަތް ކުރަން ކަމަށް ފުލުހުން ބުނެފި އެވެ. ސައިކަލެއްގައި ހެލްމެޓް ނާޅާ  ދުއްވާފައި ދިޔަ ދެ ފުލުހެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާއެކު ފުލުހުންނަށް ފާޑުކިޔުން އަމާޒުވުމާއެކު ފުލުހުންވަނީ އެކަނުގެ ހަޤީޤަތް ހާމަކޮށްދީފައެވެ. ޓްވިޓާގައި ފުލުހުން ބުނެފައިވަނީ އެގޮތަށް އަމަލުކުރަންޖެހުނީ ނަފްސާނީ ބައްޔެއް ހުރި މީހަކު ބްރިޖުން ފުންމާލަން އުޅުނު […]

ޔުމްނާ ޢަލީ

ބެންކޮކްގައި ދިވެއްސަކު އެކްސިޑެންޓްވެ ސީރިއަސް ހާލަތެއްގައި

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ރޭ ފަތިހު ދިވެހިންތަކެއް ދަތުރުކުރަމުން ދިޔަ ޓެކްސީއެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މިނުރައްކާތެރި އެކްސިޑެންޓެއްގައި ޓެކްސީން ދަތުރުކުރި ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއްވެ، މިހާރުދަނީ ބެންކޮކްގެ ރަމަތިބޮޑި ހޮސްޕިޓަލު އައިސީޔޫގައި ފަރުވާދެމުންނެވެ. އެކްސިޑެންޓު ވެފައިވަނީ އެމީހުން ތައިލެންޑްގެ ސުވަރްނަބޫމީ އެއާޕޯޓުން އެމީހުން ތިބޭ ހޮޓަލަށް ދަތުރުކުރަމުން ދަނިކޮށެވެ. Officials of MDVinThailand are assisting the family of a Maldivian n...

ޔުމްނާ ޢަލީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އަހަރުގެ އެންމެ ރަނގަޅު ކުންފުނީގެ އެވޯރޑް ސްޓެލްކޯއަށް

މޯލްޑިވްސް ބިޒްނަސް އެވޯޑް 2019 ގެ މި އަހަރުގެ ޕަބްލިކް އެންޓަޕްރައިސް އަކަށް، ނުވަތަ ސަރުކާރުގެ ކުންފުނި ތަކުގެ ތެރެއިން 2019 ވަނަ އަހަރު އެންމެ ރަނގަޅު ކުންފުންޏަކަށް ސްޓެލްކޯ ހޮވިއްޖެއެވެ. އަހަރުގެ ޕަބްލިކް އެންޓަރޕްރައިސަސް އެވޯޑް ސްޓެލްކޯ ކާމިޔާބުކުރީ، މިހިނގާ ޑިސެމްބަރު 21 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019 ގެ ގާލާގަ އެވެ. We are the proud recipient of Public Entreprise of the […]

ޔުމްނާ ޢަލީ
ޑރ. އާދިލް ރަޝީދު ނިޔާވެއްޖެ

ޑރ. އާދިލް ރަޝީދު ނިޔާވެއްޖެ

ރާއްޖޭގައި ހަމުގެ ބަލިތަކަށް ހާއްސަވި އެންމެ ފުރަތަމަ އެއް ޑޮކްޓަރު ކަމުގައިވާ، ޑރ. މުހައްމަދު އާދިލް ރަޝީދު ނިޔާވެއްޖެ އެވެ. ޑރ. އާދިލް ރަޝީދުއަކީ ހދ ވައިކަރަދޫ ޖޭމުގޭ އަބްދުﷲ ހުސައިންގެ އިބްރާހިމް ރަޝީދު ގެ ދަރިކަލެކެވެ. އުމުރުން 52 އަހަރުގައި ޑރ. އާދިލް ނިޔާވެފައި ވަނީ ކޮލޮމްބޯގެ ލަންކާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮންނެވެ. ޑރ އާދިލް ރަޝީދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މާދަމާގެ ޢަޞުރު ނަމާދުގެ ފަހުގައި ކޮލަމްބޯގެ ޖާވައްތަ ޖުމްޢަ މަސްޖިދުގައެވެ. […]

ޔުމްނާ ޢަލީ

ކަރެކްޝަންސްގެ ޖަލުތައް ފުރިއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތައް ފުރި އިތުރު ކުށްވެރިންތައް ޖަލަށްލެވޭނެ ގޮތެއް ނެތް ކަމަށް އެ މުއައްސަސާއިން އަންގާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ. ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރަންޖެހޭ 58 ގައިދީއަކު މިވަގުތު ދޫނިދޫ ޖަލުގައި އެބަތިބި ކަމަށެވެ. އޭގެތެރެއިން 50 މީހުންނަކީ ހުކުމް ތަންފީޒުކުރަން ހަވާލުކުރަންޖެހޭ މީހުން ކަމަށާއި އަދި އަށް މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރުތަކާ ގުޅިގެން...

ޔުމްނާ ޢަލީ
ށ. ފޭދޫ ފަޅަށް ލޯންޗެއް ވަންނަން އުޅޭ ނުރައްކާތެރި ހާލަތު!

ށ. ފޭދޫ ފަޅަށް ލޯންޗެއް ވަންނަން އުޅޭ ނުރައްކާތެރި ހާލަތު!

ށ. ފޭދޫ ފަޅަށް ލޯންޗެއް ވަންނަން އުޅޭ ނުރައްކާތެރި ހާލަތު ދައްކުވައިދޭ ވީޑިއޯއެއް ފޭދޫ މީހަކު އާންމުކޮށްފިއެވެ. މިވީޑިއޯ އާންމުކޮށްފައިވާ ޒުވާނާ ބުނެފައިވަނީ އިރުވައި މޫސުމުގައި ފަޅަށް ވަދެ ނިކުމެ ހެދުމަކީ ނުރައްކާތެރިކަަމެއްކަމަށެވެ. އަދި ކަނޑިންމަ ތިލަވުމުގެ ސަބަބުން ބިޔަ ރާޅުތަކުގެ ސަބަބުން މާލެ ދަތުރުކުރާ ބޯއްޓާއި މަސްވެރިކަން ކުރާ ދޯނިތައް މަހަށް ނުފުރި ފަޅު ބަންދުވެފައިވާ ކަމަށެވެ. ލޯންޗު ފަޅަށް ވަންނަން ކުރި މަސައްކަތް ދައްކައިދިނުމުގެ ގޮތުން މިޒުވާނާ ވަނީ 2 ވީޑިއޯ ހިއްސާ ކޮށްފައެވެ. […]

ހުސައިން ހަބީބް

ކުޅުދުއްފުށީގައި ބައިނަލް އަގުވާމީ ފެންވަރުގެ ބެޑްމިންޓަން ހޯލެއް އެޅުމަށް އިއުލާންކޮށްފި

ހދ. ކުޅުދުއްފުށި ހިމެނޭހެން ހަ ރަށެއްގައި ބައިނަލްއަގުވާމީ ފެންވަރުގެ އިންޑޯ ބެޑްމިންޓަން ހޯލް ގާއިމު ކޮށްދޭނެ ފަރާތްތައް ހޯދުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ. ހދ. ކުޅުދުއްފުށީގެ އިތުރުން ދެން އިތުރަށް އިއުލާންގައިވާ ފަސް ރަށަކީ، ލ. ގަން، ދ. ކުޑަހުވަދޫ، ޅ. ނައިފަރު އަދި ގދ. ތިނަދޫ އަދި ފުވައްމުލައް ސިޓީއެވެ. މި ހަރަށުގައި އިންޑޯ ބެޑްމިންޓަން ހޯލް ގާއިމުކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާންކުރުމާއި ގުޅިގެން ކުޅިވަރާބެހޭ ވަޒީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ […]

ޔުމްނާ ޢަލީ

ފެނަކައިގެ މިހާރުގެ އެމްޑީ ސައީދާއެކު ކާމިޔާބު އެއް އަހަރު

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމާއި، އެކުންފުނީގެ މިހާރުގެ އެމްޑީ އަޙުމަދު ސައީދު މުޙައްމަދު ހަވާލުވިތާ އެއްއަހަރު ހަމަވިއިރު ކުންފުނި ފަހި ދުވެއްޔަކަށް އަޅުވައިދީފައެވެ. ނިމިދިޔަ ސަރުކާރުގައި މައްސަލަތަކުގެ ހާއްޔެއްގޮތަށް ބައެއްފަހަރު ކުންފުނި ސިފަވެފައި އޮތަސް އެމްޑީ ސައީދުގެ މާލިމީކަމުގެ ދަށުންވަނީ، ކުންފުނި ރައްޔިތުން ބަލައިގަންނަ ކުންފުންޏަކަށް ހަދާފައެވެ. މިއަދު ފެނަކަ ފެންނަންއޮތީ ނަޒާހަތްތެރި ފޭރާމަކުން ޒީނަތްތެރިވެ، ޚިދުމަތުގެ ގޮތުންނާއި، މަސައްކަތްތެރިކަމާއި،...

ޔުމްނާ ޢަލީ
ބުރާސްފަތި ދުވަހު ހިފާ އިރުކޭތަ 2 ގަޑިއެއްހާއިރަށް ރާއްޖެއަށް ފެންނާނެ

ބުރާސްފަތި ދުވަހު ހިފާ އިރުކޭތަ 2 ގަޑިއެއްހާއިރަށް ރާއްޖެއަށް ފެންނާނެ

އަންނަ ބުރާސްފަތި ދުވަހު ހިފާ އިރުކޭތަ ރާއްޖެއަށް ދެ ގަޑިއެއްހާއިރު ފެންނަން ހުންނާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މިބުރާސްފަތި ދުވަހު ހިފާ މިއިރުކޭތައަކީ އިރުގެ ވަށައިގެން ރިންގެއް އިންނަ ސޯލާ އިކްލިޕްސް އެނިޔުލާ ނަމަކަށް ކިޔާ އިރު ކޭތައެކެވެ. އަދި ފަލަކީ ގޮތުން ކިޔާއުޅެނީ “ރިންގ އޮފް ފަޔަރ” އެވެ. އިރުކޭތަ ރާއްޖެއަށް ފެންނާނީ އަންނަ ބުރާސްފަތި ދުވަހު ހެނދުނު 07:40 އިން 10:30 އާއި ދެމެދުއެވެ. https://c.tadst.com/gfx/eclipses2/20191226/anim2d-380.mp4 މިފަހަރުގެ އިރުކޭތަ ފުރިހަމ...

ޝިއުނާ އާދަމް
ފުށިދިއްގަރު ފަޅުގެ މައްސަލަ ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް

ފުށިދިއްގަރު ފަޅުގެ މައްސަލަ ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް

ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއި ދިވެހި ސަރުކާރާއި ދެމެދު ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމާ ގުޅޭގޮތުން ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމާ ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށައަޅައިފި ކަމަށް އޭޖީ އޮފީހުން ބުނެފިއެވެ. ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ދެމެދު ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމާ ގުޅޭގޮތ...

ޔުމްނާ ޢަލީ