އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ވަގުތީ ރިޕޯޓު އާންމުކޮށްފައެވެ. އަދި އެ ރިޕޯޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މި ރިޕޯޓު ދިވެހި ސަރުކާރުގެ ގެޒެޓުގެ އިތުރުން ކޮމިޝަނުގެ ވެބްސައިޓ...