އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިޚާބު ވިޔަސް ވަޒީފާއެއް ނުގެއްލޭނެ: ސީއެސްސީ
އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު އޮންނަ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިޚާބު ވިޔަސް ސިވިލްސަރވިސް މުވައްޒަފުން ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ. އެ ކޮމިޝަނުން ބުނީ އެ އިންތިޚާބުގައި ވާދަ ކުރުމަކުން ސިވިލްސަރވިސް މުވައްޒަފުން ވަޒީފާ ސަސްޕެންޑް ނުވާނެ ކަމަށާއި، ތިޚާބުވުމުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން ވަކި ނުކުރެވޭނެކަމާއި އަދި އިސްތިޢުފާވެސް ދޭން ނުޖެހޭނެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވާކަމ...