މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކީރިތި ގުރުއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަށް ނިންމާފައެއް ނުވޭ: މިނިސްޓްރީ

ކީރިތި ގުރުއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަށް ނިންމާފައެއް ނުވޭ: މިނިސްޓްރީ

ކީރިތި ގުރުއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަކީ އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް އިރެއްގައި ވިސްނާފައިވާކަމެއް ނޫން ކަމަށް އެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އާ ގައުމީ މަންހަޖު އެކުލަވާލެވި ތަންފީޒުކުރަން ފެށިގެންދިއުމާއެކު ގްރޭޑް 1 އިން 10 އާއި ހަމައަށް މާއްދާއެއްގެ ގޮތުގައި ކީރިތި ގުރުއާން ކިޔަވާދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރު ގައުމީ މަންހަޖުގެ ކީ ސްޓޭޖް 4 މުޅިން އަލަށް ތަންފީޒުކުރެވިގެނ...

އިބްރާހިމް އަސްވާޤް
ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި ރައީސް ބައްދަލުކުރައްވައިފި

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި ރައީސް ބައްދަލުކުރައްވައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ “ނޮވެލް ކޮރޯނާވައިރަސް” އިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެ ފިޔަވަޅުތައް އެޅުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައެއް ވަޒީރުންނާއި ކަމާގުޅޭ އިދާރާތަކުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮރޯނާވައިރަ...

ޔުމްނާ ޢަލީ
މިރޭ 12 އިން ފެށިގެން ޗައިނާއިން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފި

މިރޭ 12 އިން ފެށިގެން ޗައިނާއިން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފި

މިރޭ 12 އިން ފެށިގެން ޗައިނާއިން ރާއްޖެ އަންނަ އެއްވެސް މީހަކު ރާއްޖެއަށް ވަނުމުގެ ހުއްދަ ނުދޭން ދިވެހި ސަރުކާރުން ނިންމައި، އެކަން ހާމަކޮށްފިއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސި ބަހުން އިއްވެވި ސްޓޭޓްމަންޓުގައި ވިދާޅުވީ، މިރޭ ދަންވަރު 12:00 އިން ފެށިގެން ޗައިނާގެ މެއިންލޭންޑުން އަންނަ އެއްވެސް ގައުމެއްގެ ރައްޔިތަކަށް ރާއްޖެ ވަނުމުގެ ހުއްދަ ނުދޭން ދިވެހި ސަރުކާރުން މިވަގުތަށް ނިންމާފައިވާ ކަމަށެވެ. އެނޫސްވެރިންގެ ބައްދަލުވުމުގައި [...

އަލީ އާދިލް
ހިޝާންގެ ޕާސްޕޯޓް ހިފަހައްޓައިފި

ހިޝާންގެ ޕާސްޕޯޓް ހިފަހައްޓައިފި

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، ރާއްޖޭގައި ނިކަމެތި ހާލުގައި ދިރިއުޅޭ އެތައް ބަޔަކަށް އެހީވުމުގައި މަޝްހޫރު އަހުމަދު ހިޝާންގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު ހިޝާންގެ ޕާސްޕޯޓު ހިފަހައްޓައިފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ރާއްޖޭން ބޭރަށް ފުރުމަށް ސްރީ ލަންކަން އެއަރލައިންސްގެ މަތިންދާބޯޓެއްގައި އިންދާ ފުލުހުންވަނީ މިމަހުގެ 31 ވަނަ ދުވަހު އޭނާ ހ...

އަލީ އާދިލް
ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑް އަދި ވުލްވްސް ގެ ކުރިމަތިލުން އެއްވަރު

ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑް އަދި ވުލްވްސް ގެ ކުރިމަތިލުން އެއްވަރު

ލިވަޕޫލް އަދި ސައުތްއެމްޓަން ބައްދަލުކުރި މެޗް 4-0 އިން ސައުތްއެމްޓަން ބަލިކޮށް ލިވަޕޫލްއިން ތާވަލްގެ ކުރީގައި 22 ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ. މިއީ މިހާތަނަށް އިނގްލިޝް ޕްރިމިއަރ ލީގު ސީޒަނެއްގައި 25 މެޗަށް ފަހު ޓީމެއް މިހާ ބޮޑު ލީޑެއް ނެގި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. ލިވަޕޫލްގެ ހަތަރު ގޯލްވެސް ފެނިގެންދިޔައީ މެޗްގެ ފަހުހާފަގައެވެ. ފުރަތަމަ ގޯލް މެޗްގެ 47 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނި އެލެކްސް އޮކްސްލޭޑް ޗެމްބަރލެންއެވެ. ދެވަނަ ގޯލް 60 ވަނަ މިނިޓަގައި ހެންޑަރސަން ކާމިޔާބުކޮށ...

އަޙްމަދު އަސްފާން
ހދ. އަތޮޅުގެ ތިން ރަށެއްގައި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި

ހދ. އަތޮޅުގެ ތިން ރަށެއްގައި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން މާހައުލެއް ޤާއިމު ކުރުމަށް ސްކޫލު ދަރިވަރުންނާއި، މުދައްރިސުން އަދި ބެލެނިވެރިން ހޭލުންތެރިކުރުމަށް ފުުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ހަނިމާދޫ ސްކޫލު، ހދ. ނެއްލައިދޫ ސްކޫލު އަދި ހދ. ނޮޅިވަރަންފަރު ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ހދ. އަތޮޅު ޕޮލިސް ސްޓޭޝަންތަކާއި އެރަށްރަށުގެ ސްކޫލުތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް...

އިބްރާހިމް އަސްވާޤް
އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދަން ސަރުކާރުން ނިންމައިފި

އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދަން ސަރުކާރުން ނިންމައިފި

އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދަން ސަރުކާރުން ނިންމައިފި އެވެ.   މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ޕްރެސްކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް، ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމިއްލަފުޅަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އާރަށް ހުރީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ވަރުގައި ކަމަށެވެ. އާރަށަކީ ރައީސުލްޖުމްހޫރިއްޔާގެ ރީޓްރީޓެއްގެ...

އިބްރާހިމް އަސްވާޤް
މާސްކުތައް މަގުތައްމައްޗަށްތޯ؟

މާސްކުތައް މަގުތައްމައްޗަށްތޯ؟

ނޭވާލާ ނިޒާމުގެ ތެރެއިން ފަސޭހައިން ގައިންގަޔަށް އަރާ ބަލިތައް ފެތުރުން މަދުކުރުމަށާއި އެފަދަ ބަލިތަކުގެ އައުޓްބްރޭކް ތަކުގައި މާސްކް ބޭނުންކުރުމަކީ ރަނގަޅު ކަމެކެވެ. ރަނގަޅު ކަމަކަށް ނުވަތަ ނާތަހުޒީބު ކަމަކަށް ވަނީ ބޭނުންކޮށްފައި މާސްކުތައް މަގުމައްޗަށް އުކުމެވެ. އަޅުގަނޑުމެން ދިވެހިންނަކީ ގާތްގަޑަކަށް 100 އިންސައްތަ ލިޔަންކިޔަދަންނަ، އަދި ނިސްބަތުން ތަޢުލީމީ ހޭލުންތެރި އަދި ދުނިޔެއަށް ލޯހުޅުވޭ ތަހުޒީބު ރައްޔިތެކެވެ. މިދެންނެވި ތަހުޒީބުކަން ޓެސްޓްކުރެވޭ އެކިއެކި ހާލަތްތައް މި ޤައުމު އަންނަނީ ތަ...

ޢަބްދުﷲ ސަޢީދު
ބީއެމްއެލްގެ ޑިރެކްޓާ އޮފް ކަސްޓަމާ ސާވިސް އަށް ގުލްނާޒް މާހިރު

ބީއެމްއެލްގެ ޑިރެކްޓާ އޮފް ކަސްޓަމާ ސާވިސް އަށް ގުލްނާޒް މާހިރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމާ ސާވިސް ޑައިރެކްޓަރުގެ މަގާމަށް ގުލްނާޒް މާހިރު ހަމަޖައްސައިފި އެވެ. ގައުމީ ބޭންކުން ބުނީ ގުލްނާޒް އެ ބޭންކާއި ގުޅި ވަަޑައިގަތީ 13 އަހަރު ދުވަހު ކަސްޓަމާ އެކްސްޕީރިއަންސް މެނޭޖުމަންޓުގެ ދާއިރާގައި މަސައްކަތް ކުރެއްވުމަށް ފަހު ކަމަށެވެ. އޭގެ އިތުރުން ވެސް ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި ރެވެނިއުގެ ދާއިރާގައި ވެސް ޖުލްނާޒް މަސައްކަތް ކުރައްވާފައިވެއެވެ. ގުލްނާޒް ވަނީ އިކޮނޮމިކްސް އެންޑް ފައިނޭންސް ގެ ދާއިރާއިން ޔުނިވާސިޓީ އޮފް ބްރިސްޓަލް އިން […]

އިބްރާހިމް އަސްވާޤް
މެޑްރިޑް ޑާބީ ރިއަލް މެޑްރިޑް ކާމިޔާބުކޮށްފި

މެޑްރިޑް ޑާބީ ރިއަލް މެޑްރިޑް ކާމިޔާބުކޮށްފި

ސްޕެނިޝް ލަލީގާގައި މެޑްރިޑަށް ނިސްބަތްވާ ވާދަވެރި ދެޓީމް ކަމަށްވާ ލަލީގާގެ އެންމެ ކާމިޔާބު ޓީމް ރިއަލް މެޑްރިޑް އަދި އެތްލެޓީކޯ މެޑްރިޑް ބައްދަލުކުރި މެޗް ރިއަލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ. ރިއަލްގެ ސްޓޭޑިއަމް ކަމުގައިވާ ސެންޓިއާގޯ ބާނަބެއުގައި ރޭ ކުޅުނު މެޗް ރިއަލް މެޑްރިޑުއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ހަމައެކަނި ގޯލް މެޗްގެ 56 ވަނަ މިނިޓްގައި ކާމިޔާބުކޮށް ދިނީ މެންޑީ ތަނަވަސްކޮށްދިން ފުރުސަތަކުން ކަރިމް ބެންޒެމާއެވެ. މިއީ ބެންޒެމާ މިސީޒަން...

އަޙްމަދު އަސްފާން
މިހަފްތާގައި "ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ތުރާކުނު، އުލިގަމު އަދި ހޯރަފުއްޓަށް

މިހަފްތާގައި "ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ތުރާކުނު، އުލިގަމު އަދި ހޯރަފުއްޓަށް

މިހަފްތާގައި “ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ގެ ވީޑިއޯ ނެގުމަށް ހަމަޖެހިފައިވަނީ ތުރާކުނު، އުލިގަމު އަދި ހޯރަފުށީގައެވެ. އެޓީމުގެ ފަރާތުން މަޢުލޫމާރުދެއްވަމުން ބުނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތުރާކުނުގައި އިއްޔެ ކާމިޔާބުކަމާއިއެކު ސޫޓިން ނިންމާލާފައިވާކަމަށެވެ. ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަޤްސަދުގައި ގެނެސްދޭ ޑޮކިއުމަންޓްރީގެ ސޫޓިންގްތައް މިއަދު ނެ ގުމަށް ހަމަޖެހިފައިވަނީ އުލިގަމުގައެވެ. އުލިގަމުން އެޓީމު ދެން ދަތުރުކުރާނީ އެއަތޮޅު ހޯރަފުއްޓަށެވެ. މިދަތުރު އިނ...

އިބްރާހިމް އަސްވާޤް
ޗައިނާގައި ތިބި ދިވެހިން ކަރަންޓީނު ކުރާނީ އިންޑިއާގައި

ޗައިނާގައި ތިބި ދިވެހިން ކަރަންޓީނު ކުރާނީ އިންޑިއާގައި

ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިން ކަރަންޓީން ކުރާނީ އިންޑިއާގައި ކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ. ވޫހާން ސިޓީއަކީ ކޮރޯނާވައިރަސް ފެތުރެންފެށި ސިޓީއެވެ. އެސިޓީގައި މިހާރުވެސް ދަނީ ހަލުވިކަމާއެކު ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންނެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮރޯނާވައިރަސްގެ ނުރައްކަލުގެ ސަބަބުން ޗައިނާގެ ވޫހާން ސިޓީގައި ތާށިވެފައި ތިބި ހަތް ދިވެހިން މިހާރު ތިބީ އިންޑިއާއަށް ގެންދިއުމުގެ މަގުމަތީގައި ކަމަށެވެ. ވޫހާންގައި ތިބި 7 ދިވެހިން ގެންދާނީ އިންޑިއާގެ ވެރިރަށް ނިއު ދިއް...

އަލީ އާދިލް
ދުނިޔެ ސިއްސުވާލި 4 ބަލިމަޑުކަން!

ދުނިޔެ ސިއްސުވާލި 4 ބަލިމަޑުކަން!

ސްވައިން ފްލޫ 2009 ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރުނު އެޗްވަން އެންވަން ވައިރަސްގެ ސަބަބުން ދެލައްކައަށްވުރެ ގިނަމީހުން ވަނީ މަރުވެފައެވެ. މިބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށް މިވައިރަސްއަށް ޚާއްސަކޮށް ވެކްސިންއެއްވެސް ވަނީ ތައްޔާރުކޮށްފައެވެ. ޕޯލިއޯ 2014  2012 ވަނަ އަހަރާއި ހަމައަށް މިބައްޔަކީ އެއްކޮށް ނައްތާލެވިފައިވާ ބައްޔަކަށްވީނަމަވެސް 2013 ވަނަ އަހަރު މިބަލި ފެންނަ ޢަދަދު އިތުރުވެގެންދިޔައެވެ. ޕޯލިއޯ އެއްކޮށް ނައްތާލުމަށް ދުނިޔޭގެ ހުރިހާ ގަ...

އައިމިނަތު ޔުމްނާ
ޗައިނާއަށް ގޮސްފައިވާ މީހަކަށް އޮސްޓްރޭލިއާ ނުވަދެވޭ ގޮތަށް ކަނޑައަޅައިފި

ޗައިނާއަށް ގޮސްފައިވާ މީހަކަށް އޮސްޓްރޭލިއާ ނުވަދެވޭ ގޮތަށް ކަނޑައަޅައިފި

ޗައިނާއަށް ގޮސްފައިވާ އެއްވެސް މީހަކު އޮސްޓްރޭލިއާއަށް ނުވަދެވޭގޮތަށް އެގައުމުގެ ސަރުކާރުން ކަނޑައަޅައިފި އެވެ. މިފަޔަވަޅު މިއެޅީ އޮސްޓްރޭލިޔާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ. އެހެން ކަމުން ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއަށް ރައްކާތެރި ވުމުގެ ގޮތުން ފާއިތުވި ދުވަސްތަކުގައި ޗައިނާއަށް ގޮސްފައިވާ އެއްވެސް މީހަކަށް އޮސްޓްރޭލިޔާއަށް ނުވަދެވޭނެކަމަށް އެގައުމުން ބުނެއެވެ. އޮސްޓްރޭލިއާއިން އެގޮތަށް ނިންމި އިރު ފާއިތުވި ދެ ހަފްތާގެ ތެރޭގ...

އަލީ އާދިލް
ކޮރޯނާ ވައިރަސް: 259 މަރު، 12025 މީހުން ޕޮޒިޓިވް، 256 މީހުން ރަނގަޅުވެއްޖެ

ކޮރޯނާ ވައިރަސް: 259 މަރު، 12025 މީހުން ޕޮޒިޓިވް، 256 މީހުން ރަނގަޅުވެއްޖެ

ޗައިނާގެ ވޫހާން ސިޓީއިން ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ އަސަރުކޮށްގެން ޗައިނާއިން މަރުވި މީހުންގެ އަދަދު މިހާރު 259 އަށް އަރާފައިވާކަމަށް މީޑިޔާ ތަކުން ބުނެފިއެވެ. މިވައިރަހުގެ ސަބަބުން މިހާތަނަށް މަރުވެފައިވަނީ ހަމައެކަނި ޗައިނާއިންނެވެ. ޗައިނާއިން އާންމުކުރި ތަފާސްހިސާބުތައް ބުނާ ގޮތުގައި، ކޮރޯނާ ވައިރަހުގެ އަސަރުކޮށްގެން މިހާތަނަށް ޖުމްލަ 259 މީހުން މަރުވެފައިވާ ކަމަށާއި، އަދި ޗައިނާއިން އެކަނިވެސް މި ވައިރަހަށް 11860 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މީގެ އިތުރ...

ޔުމްނާ ޢަލީ