ރާއްޖެ ސަމާލުވޭ! 55 މޭލަށް ވައިގަދަވާނެ، ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ޔެލޯ އެލާޓް މޫސުން ގޯސްވެ، ހއ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުން ގޯސްވެ ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު 17:30 އިން ފެށިގެން މިރޭ 20:30 އާއި ހަމައަށެވެ. މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 […] ޖަލްވާން ޖާދުﷲ · 6 އަހަރު ކުރިން
ވިޔަފާރި ކޮންސްޓްރަކްޝަން ސާމާނުގެ ސްޓޮކް އެބަހުރި، ފަސޭހަ ކަމާއެކު ލިބޭނެ: އެސްޓީއޯ ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ސާމާނުގެ ރަނގަޅު ސްޓޮކެއް އެބަހުރި ކަމަށް ސްޓޭޓް ޑްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ. ދައުލަތުގެ މީޑިއާ، ބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ފިއުލް، ލޮޖިސްޓިކް އަދި ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރ އަބްދުލް ވާހިދު މޫސާ ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ތަކެތީގެ ރަނގަޅު ސްޓޮކެއް އެބަހުރި ކަމަށެވެ. ކޮންސްޓްރަކްޝަން ސާމާނު ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ އިންތި... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ އެލްޖީއޭ ބޭނުންކުރަނީ ސަރުކާރުތަކުގެ "ހަންމުށްޓެއް"ގެ ގޮތުގައި: ޒަރިޔަންދު މިހާރުވެސް ފެންނަމުން ދަނީ ޤާނޫނުގައި މޮނިޓަރިން ބޮޑީއެއްގެ ދައުރު އަދާކުރަން އޮންނަ ލޯކަލް ގަވަމެންޓް އޮތީރިޓީ (އެލްޖީއޭ) ގެ ތެރޭގައި ރަށްރަށުގެ ބަޖެޓުވެސް ތާށިވެފައިވާތަން ކަމަށާއި އެލްޖީއޭ ބޭނުންކުރަނީ ސަރުކާރުތަކުގެ “ހަންމުށްޓެއް”ގެ ގޮތުގައިކަމަށް އޮޑިޓިން ދާއިރާގެ ތަޖްރިބާކާރެއް ކަމުގައިވާ ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާ އިސްމާޢީލް ޒަރިޔަންދު ސިފަކުރައްވައިފިއެވެ. ޒަރިޔަންދު މިހެން ވިދާޅުވީ “އަލިރަންމުތް” ފޭސްބުކް ޕޭޖުން ލައިވްކުރި ދެމެހެއްޓެނިވި ލ... އަލީ އާދިލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ސިޓީއިން މަސްތުވާތަކެއްޗާއިއެކު 24 އަހަރުގެ މީހަކު ހައްޔަރުކޮށްފި ކުޅުދުއްފުށިން މަސްތުވާތަކެއްޗާއިއެކު 24 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަކަމަށް ފުލުހުން ބުނެފިއެވެ. ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 19:10 ހާއިރު ހިންގި މި އޮޕަ... ޖަލްވާން ޖާދުﷲ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މޫސުން ގޯސްވެ ހއ އަތޮޅުން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި މޫސުން ގޯސްވެ، ހއ އަތޮޅުން ފެށިގެން ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުން ގޯސްވެ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު 15:45 އިން ފެށިގެން މިރޭ 20:45 އާއި ހަމައަށެވެ. މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް […] އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ 11 އަހަރުގެ ކުއްޖާ ރޭޕްކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް އެދިއްޖެ 11 އަހަރުގެ ކުޑަ ކުއްޖެއް ގެސްޓު ހައުސަކަށް ގެންގޮސް ރޭޕްކުރި މައްސަލައިގައި ހައްޔަރު ކުރެވުނު 38 އަހަރުގެ ފިރިހެން މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ކޯޓުގައި އެދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ކިބައިން ފުލުހުން އެދިއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން މިމީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުމަށް ޕ... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ކޯވިޑް19އަށް ފަހު އަރަބި ގައުމުތަކުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ގައުމަކަަށް ރާއްޖެ! މި ހިނގާ 2020 ވަނަ އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އަރަބި ގައުމުތަކުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލުކަން ބޮޑުވެގެންދާނެ ގައުމަކަށް ރާއްޖެެ ވެދާނެ ކަމަށް ސާރވޭއަކުން ދައްކައިފިއެވެ. ބައިނަލްއަޤްވާމީ މާރކެޓިން އަދި ޕީއާރު އޭޖެންސީއެއް ކަމަށްވާ އޭވިއާރެޕްސްއިން ކުރިއަށްގެންދިޔަ ސަރވޭގައިވަނީ މެދުއިރުމަތީގެ އެންމެ ކުރިއަރާފައިވާ 94 ޓެރެވަލް އެޖެންސީއެއް ބައިވެރިވެފައެވެ. ފަތުރުވެރިންގެ މެދުގައި އެންމެ ޑިމާންޑު ބޮޑުވާނެ ކަމަށް ޓްރެވަލް އެޖެންޓުން ލަފާކުރާ 10 ޤައުމެއްގެ ލިސްޓެއް އެކުލަ... އަޙްމަދު ވަހީދު · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަރޮށީގެ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ޑަސްބިނެއް ހަދިޔާ ކޮށްފި ށ މަރޮށީގެ ކައުންސިލް ގެ ފަރާތުން މަރޮށީގައި މީހުން ދިރިއުޅޭ ކޮންމެ ގެެއަކަށް ޑަސްބިން ހަދިޔާ ކޮށްފިއެވެ. މިއީ ކައުންސިލްގެ ފަރާތުން ހިންގާ ވޭސްޓްމެނޭޖްމަންޓް ޕްރޮގުރާމުގެ ދަށުން އެރަށުގެ ކޮންމެ ގޭބީސީއަކަށް ހަވާލުކުރެވުނު ތަކެތި ކަމަށް މަރޮށި ކައުންސިލްގެ ފޭސްބުކް ޕޭޖްގައިވެއެވެ. މި ޑަސްބިންތައް ގެތަކުގެ ވެރިފަރާތާއި މިދިޔަ އާދީއްތަ ދުވަހު ވަނީ ހަވާލުކޮށް ނިންމާފައެވެ. މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ހަވާލުކުރެވުނު ޑަސްބިންތައް މަރޮއްޓަށް ގެނެސްފައިވަނީ މެއި މަހު 23 ވަނަ ދުވަހުއެވެ. މީގެ އިތުރު... އަލީ އިބްރާހިމް · 6 އަހަރު ކުރިން
ދީން އަނބި ދަރީންގެ މައްޗަށް ޚަރަދު ނުކުރެވޭ މީހާ، އެހެން ކައިވެންޏެއް ކުރުމަކަށް ކުފޫ ހަމައެއް ނުވޭ އަނބި ދަރީންގެ މައްޗަށް ޚަރަދު ނުކުރެވޭ މީހާ ޙަޤީޤަތުގައި އެހެން ކައިވެންޏެއް ކުރުމަކަށް ކުފޫ ހަމައެއް ނުވާކަމަށް ޝައިޙް މުޙައްމަދު ޝާފިޢު ވިދާޅުވެއްޖެއެވެ. ޝައިޙް މުޙައްމަދު ޝާފިޢު ފޭސްްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިތުރަށް ބުނެފައިވަނީ އަނބި ދަރީންގެ މައްޗަށް ޚަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށްވާ ވާޖިބެއްކަމަށެވެ. އަދި އަނބި ދަރީންގެ މައްޗަށް ޚަރަދު ނުކުރާ އެތައް ފިރީންނެއް އުޅޭއިރު، ވަރިވެފައިވާ ކައިވެނިތަކުން ލިބިފައިވާ އެތައް ދަރީންނެއް ބަފައިން ޚަރަދު ނުކުރުމުގެ ސަބަބުން ދަތި ޙާލުގ... ހުސައިން ހަބީބް · 6 އަހަރު ކުރިން
ރާއްޖެ ތަަޢުލީމުގެ ބިލާއި، މަތީ ތަޢުލީމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި ތަަޢުލީމުގެ ބިލާއި، މަތީ ތަޢުލީމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ތަަޢުލީމުގެ ބިލާއި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ދިރާސާކުރައްވަމުން ގެންދަވާ “ތަޢުލީމުގެ ބިލު” އާއި، “ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލު” އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެ... އިބްރާހިމް އަސްވާޤް · 6 އަހަރު ކުރިން
ރާއްޖެ ލުތުފީ ފިލި މައްސަލައިގެ ޝަރީއަތް މާދަަމާ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަދުވަހު ރާއްޖެއަށް ދިން ރަހުމު ކުޑަ އުދުވާނީ ހަމަލާގެ މުގުލުގައި ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރައިމިނަލް ކޯޓުން މާދަމާއަށް ތާވަލު ކޮށްފިއެވެ. ލުތުފީގެ މައްޗަށްކޮށްފައިވާ ” މީހުން ބަނދުކުރާ މަރުކަޒަކުން ފިލުމުގެ” ދައުވާގެ އަޑު އެހުން ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 އަށެވެ. މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ ޕްރޮސިކިއުޓާ […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ ސްޕެއިންގެ ކަރަންޓީނު އަމުރާ ހިލާފުވެގެން ބެލްޖިއަމްގެ ޕްރިންސްއަށް 10،400 ޔޫރޯގެ ޖުރިމަނާއެއް ހުސްވި މޭ މަހުގެ 24 ވަނަ ދުވަހު ސްޕެއިންއަށް ދަތުރުކުރި ބެލްޖިއަމްގެ ޕްރިންސް ޔޯޗިމް، ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމަށް ފަހު އެ ގައުމުގެ ކަރަންޓީނުގެ އަމުރާ ހިލާފުވި މައްސަލާގައި 10،400 ޔޫރޯއިން (11،800 ޑޮލަރު) ޖުރިމަނާ ކޮށްފި ކަމަށް ސްޕެއިންގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސް ބުނެފިއެވެ. ޕްރިންސް ޖުރިމަނާ ކޮށްފައި ވަނީ ސްޕެއިން އަށް އެތެރެވުމަށް ފަހު 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވެފައި ނުވާތީއެވެ. އަދި ޕްރިންސް ޔޯޗިމް ވަނީ ކަރަންޓީނުގެ އުސޫލާއި ހިލާފުވި […] ޝިއުނާ އާދަމް · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޯވިޑް-19: އެންމެ ގިނައިން ބަލި ޖެހުނު 4 ވަނަ ޤައުމަކަށް އިންޑިއާ، އިހުމާލެގެ އަޑުތަކެއް! ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އެންމެ ގިނައިން ޖެހުނު މީހުން ނިސްބަތްވާ ޤައުމުތަކުގެ ލިސްޓުގެ 4 ވަނަ އަށް އަވަށްޓެރި އިންޑިއާ އަރައިފިއެވެ. އިއްޔެވެސް އަލަށް 11320 މީހުން ޕޮޒިޓިވް ވެފައިވާ އިންޑިއާގައި އެބަލި ޖެހޭމީހުންނާއިމެދު އަމަލު ކުރަމުންދާ ގޮތާއިމެދު ނުރުހުންވެ އެ ޤައުމުގެ ސްޕްރީމް ކޯޓުން ވަނީ އިންޑިއާގެ ސަރަހައްދީ ސަރުކާރުތަކަށާއި، މައި ސަރުކާރަށް އިންޒާރުގެ ނޯޓިސް ފޮނުވާފައެވެ. އެއް ހާދިސާއެއްގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނުނީ ކުނިލޮރީއެއްގެ ތެރެއިން ކަމަށާއި، ބަލިމީހުންތައް... ހުސައިން ހަބީބް · 6 އަހަރު ކުރިން
ރިޕޯޓް މިކުދިންނަށްޓަކައި އިންސާނިއްޔަތުކަން އިސްކޮށްދޭށެވެ! ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ބިކަ ހާލުގައި އުޅޭ ކުދިން ނުހަނު ގިނައެވެ. ޢާއިލާ ތަކާއި ދުރުގައި، އަދި އާއިލާއެއް ނެތި ބިކަވެ އެކަނިވެރިކަންމަތީ އުޅޭ ކުދިންވެސް އެހާމެ ގިނައެވެ. މި ހިނގާ ޖޫން މަހުގެ 12 ވަނަ ދުވަހަކީ އާއިލާތަކަށް ޓަކައި ނުވަތަ ކާންބޯން ބޭނުންވާތީވެ މަސައްކަތް ކުރަން މަޖުބޫރުވެފައިވާ ކުޑަކުދިންގެ ހައްގުގައި ފާހަގަކުމުންދާ ދުވެހެވެ. ” ވޯރލްޑް އެގެއިންސްޓް ޗައިލްޑް ލޭބަރ ޑޭ” އެވެ. އަހަރެމެން އުފަލާއި އަރާމުގައި ދުވަސްތައް ގުނަމުން ދާއިރު އެކުދިން […] އަޙްމަދު ވަހީދު · 6 އަހަރު ކުރިން
ރާއްޖެ 11 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި 38 އަހަރުގެ ފިރިހެނެއް މިރޭ ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަނިޔާ ލިބުނު ކުއްޖާ އަށް އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އެހެން އިދާރާތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެ މައްސަލަ ތަހުގީގު... ޔުމްނާ ޢަލީ · 6 އަހަރު ކުރިން